“ދިރިހުރުމުހެ ބޮޑު ސުވާލު : ما أول ما يجب على العباد ؟ “އަޅުތަކުންގެ މައްޗަށް އެންމެ ފުރަތަމަ ވާޖިބުވެގެންވަނީ ކޮން ކަމެއް ހެއްޔެވެ؟
الشيخ حافظ بن أحمد حكمي رحمه الله ޖަވާބު: أول ما يجب على العباد معرفة الأمر الذي خلقهم الله له “އަޅުތަކުންގެ މައްޗަށް އެންމެ ފުރަތަމަ ވާޖިބުވެގެންވަނީ ﷲ އެބައިމީހުން ޚަލްޤުކުރެއްވި ކަންތައް ދެނެގަތުމެވެ.” އެއީ:
- وأخذ عليهم الميثاق به “އަދި އެކަމުގެ މައްޗަށް އެބައިމީހުންގެ ކިބައިން ﷲ ޢަހުދު ހިއްޕެވިއެވެ.”
- وأرسل به رسله إليهم “އަދި އެކަމާއިގެން އެކަލާނގެ ރަސޫލުން އެބައިމީހުންގެ ގާތަށް ފޮނުއްވިއެވެ.”
- وأنزل به كتبه عليهم “އަދި އެކަމާ ގުޅިގެން އެކަލާނގެ ފޮތްތައް އެބައިމީހުންގެ މައްޗަށް ބާވައިލެއްވިއެވެ.”
- ولأجله خلقت الدنيا والآخرة والجنة والنار “އަދި އެކަމަށްޓަކައި ދުނިޔެއާއި އާޚިރަތް، ސުވަރުގެއާއި ނަރަކަ ޚަލްޤުކުރެވުނެވެ.”
- وبه حقت الحاقة ووقعت الواقعة “އަދި އެކަމުގެ ސަބަބުން ޙައްޤުވެގެންވާ ކަންތައް (ޤިޔާމަތް) ޙައްޤުވެ، ހިނގާނެ ކަންތައް (ޤިޔާމަތް) ހިނގައެވެ.”
- وفي شأنه تنصب الموازين وتتطاير الصحف “އެކަމާ ގުޅިގެން މީޒާންތައް ބެހެއްޓޭނެއެވެ. އަދި ފޮތްތައް ބެހެވޭނެ އެވެ.”
- وفيه تكون الشقاوة والسعادة. “އެކަމާ ގުޅިގެން އަބާއްޖަވެރިކަމާއި ބާއްޖަވެރިކަން ވާނެއެވެ.” (أعلام السنة المنشورة لاعتقاد الطائفة الناجية المنصورة – ص: 4)
ކޮންމެ އިންސާނަކުމެ އަމިއްލަ ނަފްސާ ކުރިމަތިލާންޖެހޭ އެންމެ މުހިންމު އެއް ސުވާލު އޮވެއެވެ. މި ސުވާލު ގިނަ މީހުންގެ ހިތަށް ވެރިވެގަންނަނީ މުޞީބާތެއް ނުވަތަ ދަތި ޙާލަތެއް ދިމާވުމުން، ނުވަތަ މި ވަގުތީ ދުނިޔޭގެ ކަންކަމުން ވަކިވެ، އަމިއްލަ ނަފްސާ އެކަހެރިވެ ވިސްނާލެވޭ ހިނދުގައެވެ. މި ސުވާލަކީ އިންސާނުންގެ ތެރެއިން ބަޔަކަށް އެބައިމީހުންގެ ކުފުރާއި އަނިޔާވެރިކަން އިތުރުކޮށްދޭ ސަބަބަކަށް ވާއިރު، އަނެއްބަޔަކަށް އެއީ ފަލާޙާއި ކާމިޔާބީގެ އަސާސް ކަމުގައި ވެގެންދާ ސުވާލެކެވެ. އަދި އެއްބަޔަކު މި ސުވާލާއެކު ދުނިޔެއިން ވަކިވެގެންދާއިރު، އަނެއްބަޔަކަށް އެއީ ދުނިޔޭގައި ދެމިހުރުމުގެ އުންމީދުގެ ސަބަބަކަށް ވެގެންދާތަން ތިބާއަށް ފެންނާނެ ތެވެ. މިއީ ހަމަކަށަވަރުންވެސް އަޖައިބުވެ ޙައިރާންވާންޖެހޭފަދަ މުހިންމު ސުވާލެކެވެ.
މިއީ އަޖައިބުވެރިކަމުން ފުރިގެންވާ އެންމެ މުހިންމު ސުވާލެވެ. ތިބާ މިހާތަނަށް މި ސުވާލު އަމިއްލަ ނަފްސާ ކުރިންތޯއެވެ؟ މިހާރު މިވަނީ ތިބާގެ ޟަމީރު މި ސުވާލު ކުރަމުންދާ ވަގުތެވެ. އިންސާނާ ވުޖޫދަށް ގެނެވުނު ސަބަބާއި ޙިކުމަތާ ބެހޭގޮތުން ސުވާލު އުފެދެއެވެ. ތިބާގެ ޟަމީރު ސުވާލުކުރެއެވެ. އަހަރެން މި ދުނިޔެއަށް އައީ ކީއްވެގެން ތޯއެވެ؟ ބޭކާރު ގޮތެއްގައި ހޭދަކުރުމަށް ތޯއެވެ؟ އަނިޔާ ލިބުމަށް ނުވަތަ އަނިޔާކުރުމަށް ތޯއެވެ؟ އަޅުވެތިވުމަށް ނުވަތަ އަޅުވެތިކުރުމަށް ތޯއެވެ؟ ނުވަތަ ހަމައެކަނި ތަކުރާރުވަމުންދާ ފޫހި ދިރިއުޅުމެއްގައި އުޅެ، މުސްކުޅިވެ، ބާރު ދެރަވެ، އަޅާލާނެ ޔާރެއް ނެތި، ނިކަމެތި ޙާލުގައި މަރުވުމަށްތޯއެވެ؟ އަހަރެން ޚަލްޤުކުރެވުނީ ހަމައެކަނި ކެއުމަށް، ބުއިމަށް، ނިދުމަށް، މަސައްކަތްކުރުމަށް އަދި މުސްކުޅިވެ މަރުވުމަށްތޯއެވެ؟ ފަހެ، އަހަރެން ވުޖޫދަށް ގެނައީ ކާކުތޯއެވެ؟ ކީއްވެގެންތޯއެވެ؟ ކޮން ޙިކުމަތަކާ ހެދިތޯއެވެ؟
މިއަދުގެ ދުނިޔޭގެ ޙާލަތަށް ބަލާއިރު، ޣައިރު މުސްލިމުންގެ ވާހަކަ ދޫކޮށްލިޔަސް، ގިނަ މުސްލިމުންވެސް އިންސާނާ ޚަލްޤުކުރެވުނު މާތް މަޤްޞަދު (ތައުޙީދު) ދެނެގަތުމުން މަޙްރޫމްވެފައިވާ ތަން ތިބާއަށް ފެންނާނެތެވެ. އެހެންކަމުން، އިންސާނާއަށް އެންމެ ފުރަތަމަ ވާޖިބުވެގެންވަނީ ކޮންކަމެއްތޯ ސުވާލުކޮށްލުމަކީ މުހިންމު ކަމެކެވެ.
‘ما أول ما يجب على العباد؟’ (އަޅުތަކުންގެ މައްޗަށް އެންމެ ފުރަތަމަ ވާޖިބުވެގެންވަނީ ކޮންކަމެއްތޯ؟) މި ސުވާލުގެ ޖަވާބަކީ: އިންސާނާއަށް އެންމެ ފުރަތަމަ ވާޖިބުވެގެންވަނީ އޭނާ ޚަލްޤުކުރެވުނު މަޤްޞަދު ދެނެގަތުމެވެ. އެއީ ﷲ އެއްކައުވަންތަ ކުރުމާއި، ތައުޙީދުގެ މަތީގައި އަޅާގެ ޢަމަލުތައް ޤާއިމްކުރުމެވެ. ނަމަވެސް، ގިނަ މީސްތަކުން ވަނީ މި މަޤްޞަދު ޙައްޤު ގޮތުގައި މަޢުރިފާވުމުން އެއްކިބާވެފައެވެ. މިކަމުގެ ދަލީލަކީ މާތްﷲ ވަޙީކުރައްވާފައިވާ މި އާޔަތެވެ.
قول الله تعالى: ﴿مَا خَلَقْنَاهُمَا إِلَّا بِالْحَقِّ وَلَكِنَّ أَكْثَرَهُمْ لَا يَعْلَمُونَ﴾ މާނައީ: ‘މާތް ﷲ މި ދުނިޔެއާއި އޭގައިވާހާ އެއްޗެއް ޚަލްޤުކުރެއްވީ ހަމައެކަނި ޙައްޤު ގޮތުގައެވެ. އެހެނަސް، ގިނަ މީސްތަކުންނަށް އެކަން ނޭނގެއެވެ.”
އެހެންކަމުން، އިންސާނާގެ އެންމެ މުހިންމު ވާޖިބަކީ އޭނާ ޚަލްޤުކުރެވުނު މަޤްޞަދު ދެނެގަނެ، އެއާ އެއްގޮތަށް ޢަމަލުކުރުމެވެ.
_________
މި ދުނިޔޭގެ މާލިކު އެތަން އުފެއްދެވިއެވެ. އަދި އެއަށްފަހު އެތަނަށް މީސްތަކުން އެއްކުރެއްވިއެވެ. ދެން އެއަށްފަހު، އެތަނަށް އެއްކުރެވުނު މީސްތަކުންގެ ހިތުގައި އެންމެ ފުރަތަމަ އުފެދޭނެ ސުވާލަކީ ހަމަ ބަޔާންވެދިޔަ ފަދަ ސުވާލެއްކަން ޔަޤީނެވެ. އެއީ އެބައިމީހުން އެތަނަށް އެއްކުރެވުނީ ކޮން ކަމަކާ ގުޅިގެންތޯއެވެ؟ ކޮން ކަމެއް ކުރަން ހެއްޔެވެ؟
އެ މީސްތަކުންވެސް އެތަނަށް ވަނުމާއެކު ވާޖިބުވެގެންވަނީ އެކަމަކަށްޓަކައި އެބައިމީހުން އެތަނަށް އެއްކުރެވުނު މަޤްޞަދު އެނގުމެވެ. މަޤްޞަދު އެނގޭނީ އޭގެ މާލިކު އެބައިމީހުންނަށް ބަޔާންކޮށްދިނުމުންކަން ކަށަވަރެވެ. އެހެންވެ އެތަނަށް އެމީހުން ގެނައި މަޤްޞަދު ބަޔާންކުރެއްވިއެވެ. އެބައިމީހުންނަށް ލިޔުމަކުން ފޮތެއްގެ ސިފައިގައި އިރުޝާދު ފޮތެއް ދެއްވައިގެންނެވެ. އެ ފޮތްތަކަކީ މޫސާ عليه السلام އަށް ތައުރާތުންނެވެ. ދާވޫދު عليه السلام އަށް ޒަބޫރު އެވެ. ޢީސާ عليه السلام އިންޖީލު އެވެ. މުޙައްމަދު ﷺ އަށް ޤުރުއާން އެވެ.
އެމީހުންގެ ތެރެއިން އެ މާލިކު އެދިވޮޑިގަންނަވާ ބޭކަލުން އެ އިރުޝާދު ފޮތް ބަޔާންކުރެއްވުމަށް އައްޔަންކުރެއްވައި ފޮނުއްވި އެވެ. އެއީ އިރުޝާދު ފޮތުގައިވާ މެސެޖު ފޯރުކޮށްދީ އެ ތަންފީޒުކުރައްވާ ބޭކަލުންގެ ގޮތުގައެވެ. ނުވަތަ މަގުދައްކަވާ ބޭކަލުންގެ ގޮތުގައެވެ. އަދި އެ މާލިކު އެތަނުގައި މަސައްކަތް ހިނގާގޮތް ބެއްލެވުމަށް ބަލަހައްޓަވާނެ ފަރާތްތައް ލެއްވިއެވެ. ޢަމަލުތައް ލިޔުއްވާނެ ފޮތްތަކާއި މަލާއިކަތް ބޭކަލުންނެވެ. މަސައްކަތް ރަނގަޅަށް ކުރާ މީހުންނާއި ނުކުރާ މީހުންގެ ހިސާބު ބެލެހެއްޓެވުމަށްޓަކައެވެ.
އަދި މާލުކު އައްޔަންކުރައްވާފައިވާ ބޭކަލުން އެ ބަޔާންކޮށްދެއްވި ބަސްފުޅުތައް ބައެއް މީސްތަކުން ޤަބޫލުކުރެއްވި އެވެ. އިރުޝާދު ފޮތުގައިވާ ގޮތަށް ކަންތައްތައް ކުރެއްވިއެވެ. ނަތީޖާއަކަށްވީ އެތަން ރަނގަޅަށް ހިނގައިގެން ދިޔުމެވެ. އަދި އެންމެފަހުން އެބައިމީހުންނަށް ފުރިހަމަ ދަރުމަވެސް ލިބުމެވެ. ނިޢުމަތުން ފުރިގެންވާ އެތާނގެ (ސުވަރުގޭގެ) ދާއިމީ އަޅުތަކުންގެ ގޮތުގައި ހަމަޖައްސަވައި ދެއްވުނެވެ.
އެކަމަކު، ހަމަ އެ މާލިކު އެތަނަށް މީސްތަކުން އެބައިމީހުން އެތަނަށް އެއްކުރެއްވި މަޤްޞަދެއް ނުވަތަ އެބައިމީހުން ކުރަންވީ ކަމެއް ވިދާޅު ނުވާނަމަ، އެތަނަށް އަންނަ މީހުން ކަންތައް ކުރާނީ ކިހިނެއްތޯއެވެ؟ ތިބާ އަމިއްލަ ނަފްސާ މި ސުވާލު ކޮށްބަލާށެވެ! އެބަޔަކު ހިތަށްއެރި ގޮތަކަށް ނޫން ގޮތަކަށް އެބައެއްގެ ޢަމަލު ބަހައްޓާނެތޯއެވެ؟ ނަތީޖާއަކަށް ވާނީ މުޅި ތަން އެފުށް މިފުށަށް ޖެހި، ބަނގުރޫޓުވެ، އެތަނަށް ‘ظَهَرَ الْفَسَادُ’ (ފަސާދަ ފާޅުވުން) އައުމެވެ.
އެފަދައިން ކުންފުންޏެއް ހަދައި މީހުންނަށް އެބައިމީހުން ކުރަންވީ ކަމެއް ބުނެ ނުދީ ދޫކޮށްފައިދާ ވެރިޔަކާ ދޭތެރޭގައި ތިބާ ބުނާނީ ކީކޭ ހެއްޔެވެ؟ ނުވަތަ އެތަނަށް މަސައްކަތްކުރުމަށް އައްޔަންކުރި މުވައްޒަފުން ބުނާނީ ކީކޭތޯ ތިބާ ވިސްނިން ހެއްޔެވެ؟
ހަމަ ޔަޤީނުންވެސް އެމީހުން ބުނާނީ އެ ވެރިޔާއަކީ މޮޔައެކެވެ. ނުވަތަ ބުއްދި ސަލާމަތުން ނެތް، އެއްވެސް ޙިކުމަތްތެރިކަމެއް، ރޭވުންތެރިކަމެއް ނެތް މީހެކެވެ. އެހެންނޫންތޯއެވެ؟ އާއެކެވެ. އެހެންނެވެ. އަހަރެމެން އެ ކުންފުންޏާ ދޭތެރޭ ބުނާނީ އެއީ އެ ވެރިޔަކު ބޭކާރު ގޮތުގައި، ތާކުންތާކުނުޖެހޭ ގޮތަށް ހަދާފައިވާ ކުންފުންޏެކެވެ.
އަހަރެމެންނަށް އިންސާނުންގެ ތެރެއިން ބަޔަކު މިފަދައިން ކުންފުންޏެއް ހަދާފައި މީހުން ލާފައި ކުރަންވީ ކަމެއް ނާންގާ ހިނގައިދާ ތަނެއް އެބަ ފެނޭހެއްޔެވެ؟ ދެން އެބައިމީހުން ޅަ ސިކުނޑިތަކާއި ބުއްދިޔާއި ޙިކުމަތާ، އެބައިމީހުންގެ ވުޖޫދު ނެތުމުގެ ތެރެއިން ވުޖޫދަށް ގެނައި ޙިކުމަތްތެރި ފަރާތް، އެބައިމީހުން މި ދުނިޔޭގައި (ނުވަތަ މި ހިންގާ ތަނުގައި) ލެއްވި މަޤްޞަދު ބަޔާންކުރުން މާ ޢައުލާވެގެންވޭ ނޫންތޯއެވެ؟ އާއެކެވެ. މާ ޢައުލާވެގެންވެއެވެ. އަދި އަހަރެމެން މި ދުނިޔޭގައި ލެއްވި މަޤްޞަދު ބަޔާންކުރުމުގެ ޙައްޤު ހަމައެކަނި ލިބިގެންވަނީ މި ދުނިޔެއަށް އަހަރެމެން ފޮނުއްވި ފަރާތަށް އެކަންޏެވެ. އަހަރެންގެ އަމިއްލަ ހަވާ ނަފްސެއް ނޫނެވެ.
އެކަމަކު ހިތާމައަކީ އިންސާނުން އެބައިމީހުންގެ އަމިއްލަ ނަފްސުތަކަށްވުރެ ނިކަމެތިކޮށް އެބައިމީހުންގެ ރައްބާ ދޭތެރޭ ދެކުމެވެ. އެހެންވެއްޖިއްޔާ އެއީ ފަހެ ހާދަހާ ނުބައި ދެކުމެކެވެ. މިއީ މައްކާގެ މުޝްރިކުން މާތްﷲ އަށް އަންހެން ދަރިން ނިސްބަތްކޮށްފައި އެބައިމީހުންނަށް ފިރިހެނުން ނިސްބަތްކުރި ފަދައިން މިއަދު ކާފިރުން ކުރާ ނިސްބަތެކެވެ.
އެހެންވީމާ، ބަޔާންވެދިޔަ މިސާލުން ﷲ ތަޢާލާ މި ދުނިޔޭގައި (އެކަލާނގެ ތަދްބީރު ކުރައްވާ ތަނުގައި) އިންސާނުން ލައްވާފައިވަނީ ބޭކާރު ގޮތުގައި ނޫންކަމަށް ވަރަށް ފުރިހަމައަށް ދަލީލުކޮށްދެއެވެ. އެކަލާނގެ އެކަން ސާބިތުކުރާ ޙާލުގައި ވަޙީކުރެއްވިއެވެ. وَمَا خَلَقْنَا السَّمَاءَ وَالْأَرْضَ وَمَا بَيْنَهُمَا بَاطِلًا ۚ ذَٰلِكَ ظَنُّ الَّذِينَ كَفَرُوا ۚމާނައީ: “އ ތިމަންރަސްކަލާނގެ އުޑާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތި ބާޠިލު ގޮތެއްގައި ނަހައްދަވަމެވެ. އެއީ ކާފިރުވި މީހުން ހީކުރާގޮތެވެ. ފަހެ، ކާފިރުވި މީހުންނަށް، ނަރަކައިގެ ޢަޛާބުން ހަލާކުހުށްޓެވެ.” (ޞޯދު 27)
އަދިވެސް ވަޙީކުރެއްވިއެެވެ. أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ ﴿١١٥﴾ فَتَعَالَى اللَّهُ الْمَلِكُ الْحَقُّ ۖ لَا إِلَـٰهَ إِلَّا هُوَ رَبُّ الْعَرْشِ الْكَرِيمِ ﴿١١٦﴾ މާނައީ: ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ބޭކާރުގޮތުގައި، ކުޅިވަރަށްކަމަށާއި، ހަމަކަށަވަރުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ޙަޟްރަތަށް ރުޖޫޢަ ނުކުރައްވާނޭކަމަށް، ތިޔަބައިމީހުން ފަހެ، ހީކުޅައީ ހެއްޔެވެ؟ ފަހެ، ރަސްވަންތަ، ޙައްޤުވަންތަ ﷲ، މަތިވެރިވެވޮޑިގެންފިއެވެ. އެކަލާނގެ މެނުވީ، އިލާހަކު ނެތެވެ. އެއީ މާތްވެގެންވާ ޢަރްޝުގެ ވެރިރަސްކަލާނގެއެވެ.” (އަލްމުއްމިނޫން 115-116)
އަދިވެސް މާތްﷲ ވަޙީކުރެއްވިއެވެ: وَمَا خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا لَاعِبِينَ މާނައީ: “ތިމަންރަސްކަލާނގެ އުޑާއި، ބިމާއި، އެ ދެމެދުގައި ވާހާތަކެތި، ކުޅިވަރެއްގެ ގޮތުގައެއް ނަހައްދަވަމެވެ.” (އަލް-އަންބިޔާ 16)
މި އާޔަތްތަކުން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގިގެންދަނީ މާތްﷲ އިންސާނުން ޚަލްޤުކުރެއްވީ ވަކި މަޤްޞަދަކާ އެކުގައިކަމެވެ. އަދި އެ މަޤްޞަދު ދެނެގަތުމަކީ ކޮންމެ އިންސާނެއްގެ މައްޗަށްވެސް ވާޖިބުވެގެންވާ ކަމެކެވެ.
އަދި އެހެންކަމުން އެބައިމީހުންނަށް އެބައިމީހުން ހެއްދެވި މަޤްޞަދު ރަސޫލުން މެދުވެރިކޮށް ފޮތްތައް ބާވައިލައްވައި (އިރުޝާދު ފޮތްތައް ދީ) ބަޔާންކޮށްދޭނެކަންވެސް ކަށަވަރެވެ. އެއީ އިންސާނުންނަށް ކުންފުންޏެއްގައި ކުރެވިފައި ﷲ އަށް ނުވާންވީވަރު ކަމެއް ނޫނެވެ. އަޖައިބުވާ ބަޔަކު އަޖައިބުވިޔަސްމެއެވެ. އެކަން ބަޔާންކޮށް ﷲ ތަޢާލާ ވަޙީކުރެއްވިއެްވިއެވެ:
أَكَانَ لِلنَّاسِ عَجَبًا أَنْ أَوْحَيْنَا إِلَىٰ رَجُلٍ مِّنْهُمْ أَنْ أَنذِرِ النَّاسَ وَبَشِّرِ الَّذِينَ آمَنُوا أَنَّ لَهُمْ قَدَمَ صِدْقٍ عِندَ رَبِّهِمْ ۗ قَالَ الْكَافِرُونَ إِنَّ هَٰذَا لَسَاحِرٌ مُّبِينٌ މާނައީ: “ތިމަން ރަސްކަލާނގެ އެބައިމީހުންގެ ތެރެއިންވާ ފިރިހެނަކަށް ވަޙީކުރެއްވީ މީސްތަކުންނަށް އިންޒާރު ދެއްވުމަށާއި، އީމާންވީ މީހުންނަށް އެބައިމީހުންނަށް އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ތެދުވެރިކަމުގެ މަޤާމެއްވާކަމުގެ އުފާވެރި ޚަބަރު ދެއްވުމަށް ކަމުގައިވީތީ، އެކަން މީސްތަކުންނަށް އަޖައިބުވާ ކަމެއްކަމުގައި ވީހެއްޔެވެ؟” (ޔޫނުސް 2)
މީސްތަކުންނަށް އިންޛާރު ކުރެއްވުމަށާއި، އީމާން ވެއްޖެ މީސްތަކުންނަށް އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އިސްކަމާއި، މަތިވެރި މަޤާމް ހުރިކަމުގެ އުފާވެރި ޚަބަރު ދެއްވުމަށް، ތިމަންރަސްކަލާނގެ އެއުރެންގެ ތެރެއިން ފިރިހެނަކަށް، ވަޙީ އިއްވެވިކަން މީސްތަކުންނަށް ޢަޖާއިބަކަށްވީހެއްޔެވެ؟ ކާފިރުވި މީހުން ބުނެފޫއެވެ. ހަމަކަށަވަރުން، މިއީ (އެބަހީ: މުޙައްމަދުގެފާނީ) ފާޅުވެ ބަޔާން ވެގެންވާ ޖާދޫގަރެކެވެ.
ޖިންނީންވެސް އިންސާނުންފަދައިން އެފަދަ ނުބައި ހީތައް ﷲ ތަޢާލާއާމެދު ކުރިކަމުގައިވިއެވެ. އެކަލާނގެ ޖިންނީން ވިދާޅުވި ބަސް ޤުރްއާނުގައި ނަޤުލުކޮށް ބަޔާންކުރެއްވިއެވެ. وَأَنَّهُمْ ظَنُّوا كَمَا ظَنَنْتُمْ أَنْ لَنْ يَبْعَثَ اللَّهُ أَحَدًا މާނައީ: “އަދި އެއިންސާނުންވެސް ހީކުރީ ކަލޭމެން ޖިންނިންވެސް ހަމަތިޔަހީކުރި ގޮތަށެވެ. އެއީ الله تَعَالَى އެއްވެސް އާދަމުގެދަރިއަކު ރަސޫލުކަމާއިގެން ނުފޮނުއްވާކަމަށެވެ.” (އަލް-ޖިން 72)
އެހެންވެ މާތްﷲ ކޮންމެ އުއްމަތަކަށް ރަސޫލަކު ފޮނުއްވިއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ މާނައީ: ” އަދި ހަމަކަށަވަރުން ކޮންމެ أمّة އަކަށް ތިމަންރަސްކަލާނގެ رسول ބޭކަލަކު ފޮނުއްވީމެވެ. (އެއީ އެބޭކަލުން އެ أمّة ތަކަށް އަންގަވާ أمر ކުރެއްވުމަށެވެ.) ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އަދި ކަލޭމެން طاغوت އާ ދުރުވެ އެއްފަރާތްވާށެވެ!” (އައް-ނަޙްލު 16)
އަދި އެކަލާނގެ ފޮތްތައް ބާވައިލެއްވިއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ ۖ فَاحْكُم بَيْنَهُم بِمَا أَنزَلَ اللَّهُ ۖ وَلَا تَتَّبِعْ أَهْوَاءَهُمْ عَمَّا جَاءَكَ مِنَ الْحَقِّ ۚ لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا ۚ وَلَوْ شَاءَ اللَّهُ لَجَعَلَكُمْ أُمَّةً وَاحِدَةً وَلَـٰكِن لِّيَبْلُوَكُمْ فِي مَا آتَاكُمْ ۖ ﴾ “ތިމަންރަސްކަލާނގެ ކަލޭގެފާނަށް ހަމަ حقّ ގޮތުގައި ފޮތް ބާވައިލެއްވީމެވެ. ކީރިތި قرآن ބާވައިލެއްވީމެވެ. (އެއީ ﷲ ބާވައިލެއްވި) ހުރިހާ ފޮތެއްވެސް ތެދުކުރާ حال ގައި އެފޮތްތަކުގެ މައްޗަށް ރައްކާތެރިވެ ހެކިވާ އަމާނާތްތެރި ފޮތެއްކަމުގައެވެ. (އެހެންހުރިހާ ފޮތެއްވެސް އެފޮތަށް ތާއީދުކޮށް އެހެން ފޮތްތަކަށް حكم ކުރާ ފޮތެއްގެ ގޮތުގައެވެ.) އަދި އެމީހުންގެމެދުގައި ﷲ ބާވައިލެއްވި حكم ން حكم ކުރައްވާށެވެ! އަދި އެމީހުންގެ އަމިއްލައެދުމާއި ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! حقّ ގެތެރެއިން ކަލޭގެފާނުންގެ އަރިހަށް އައިތަކެތި އައުމަށްފަހުގައި އެތަކެތި ދޫކުރައްވައި (އެމީހުންގެ هواى نفس އާއި تبع ވެވަޑައިނުގަންނަވާށެވެ!) ކަލޭމެންކުރެ ކޮންމެ ބަޔަކަށް / ކޮންމެ أمّة އަކަށް ތިމަންރަސްކަލާނގެ شريعة އަކާއި ބަޔާންވެގެންވާ މަގެއްލެއްވީމެވެ. އަދި ﷲ އެދިވޮޑިގެންނެވިނަމަ ކަލޭމެން އެންމެން އެއް أمّة އަކަށް ލައްވައިފީހެވެ. އަދި އެހެންނަމަވެސް (އެކަލާނގެ ކަލޭމެން ތަފާތު أمّة ތަކަކަށް ލެއްވީ) އެކަލާނގެ ކަލޭމެންނަށް ދެއްވިތަކެތީން (ފޮތްތަކުގައި އެންގެވި އެންގެވުންތަކުން) ކަލޭމެން إمتحان ކުރެއްވުމަށެވެ.” (ސޫރަތުލް މާއިދާ: 48)
މި އުޞޫލުން، ކުންފުންޏެއް ހަދައި އޭގެ ވެރިޔާ އެތަނުގެ މުވައްޒަފުންނަށް މަސައްކަތްކުރަންވީ ގޮތް ބަޔާންކުރުމަށްފަހު، މުވައްޒަފުން ތިން ބަޔަކަށް ބެހިގެންދާނެއެވެ.
1. ފުރިހަމައަށް ކިޔަމަންތެރިވާ މުވައްޒަފުން: މިއީ ހީވާގިކަމާއެކު މަސައްކަތްކޮށް، ކުންފުނީގެ ވެރިޔާއަށް އިޙްތިރާމްކުރާ މީހުންނެވެ.
2. މެދުމިނުގައި ތިބޭ މުވައްޒަފުން: މިއީ މަސައްކަތުގައި އިހުމާލުވާ، އެއްފަހަރު މަސައްކަތްކޮށް އަނެއްފަހަރު ދޫކޮށްލާ މީހުންނެވެ.
3. އުރެދޭ މުވައްޒަފުން: މިއީ މަސައްކަތް އެއްގޮތަކަށްވެސް ނުކުރާ، އަމިއްލަ ބޭނުންތަކުގައި އުޅޭ، ކުންފުނީގެ މުދާ ފޭރިގަންނަ، ވެރިޔާގެ ޙައްޤުތަކަށް އަރައިގަންނަ، އަދި ކުންފުނީގެ ވެރިކަމަށް ދަޢުވާ މީހުންނެވެ.
މިފަދަ ޙާލަތެއްގައި ސުވާލު އުފެދެނީ: ކުންފުނީގެ ވެރިޔާ މި ތިން ބާވަތުގެ މުވައްޒަފުންނާމެދު ކަންތައް ކުރާނީ އެއްގޮތަކަށްތޯއެވެ؟ މި ތިން ބާވަތުގެ މީހުންނަށް ކުންފުނީގެ ވެރިޔާ ދޭނީ އެއް އުޖޫރައެއްތޯއެވެ؟ ހަމަ ޔަޤީނުންވެސް، އެހެނެއް ނުވާނެއެވެ. އެއް އުޖޫރައެއް ނުދޭނެއެވެ. ޢަދުލުވެރި ވެރިއެއްގެ ހައިސިއްޔަތުން، އޭނާ ކޮންމެ މުވައްޒަފަކަށްވެސް ދޭނީ އެ މުވައްޒަފެއްގެ މަސައްކަތާ އެކަށީގެންވާ އުޖޫރައެކެވެ.
މިއާ އެއްގޮތަށް، ﷲ ތަޢާލާގެ ވެރިކަމުގައި، އެކަލާނގެ ފޮނުއްވި ރަސޫލުންގެ މަގު ޚިޔާރުނުކޮށް އުޅޭ ކާފިރުންނާއި، އެ މަގު ޚިޔާރުކުރި މުއުމިނުންނާ ދޭތެރޭ އެއްފަދައިން، އެއް ހަމައަކުން ކަންތައް ނުކުރެވޭނެއެވެ. އެހެނީ އެކަލާނގެއަށް ދަރިން ނިސްބަތްކޮށް، އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކަށް ދުޢާކޮށް، ޝަރީކުކޮށް، އަދި އޭގެ އިތުރަށް އެކަލާނގެ ވޮޑިގެންވާކަން ނަފީކުރާ މީހުންނާއި ހެޔޮލަފާ ޞާލިޙު އަޅުންނާމެދު ﷲ އެއްގޮތަކަށް ކަންތައް ނުކުރައްވާނެއެވެ.
ﷲ ތަޢާލާ ވަޙީ ކުރެއްވި އެވެ. وَمَا خَلَقْنَا السَّمَاءَ وَالْأَرْضَ وَمَا بَيْنَهُمَا بَاطِلًا ۚ ذَٰلِكَ ظَنُّ الَّذِينَ كَفَرُوا ۚ فَوَيْلٌ لِّلَّذِينَ كَفَرُوا مِنَ النَّارِ ﴿٢٧﴾ أَمْ نَجْعَلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَالْمُفْسِدِينَ فِي الْأَرْضِ أَمْ نَجْعَلُ الْمُتَّقِينَ كَالْفُجَّارِ ” އަދި ތިމަން ރަސްކަލާނގެ އުޑާއި ބިމާއި އެ ދެމެދުގައިވާ ތަކެތި ހެއްދެވީ ބާޠިލު ގޮތުގައެއް ނޫނެވެ. އެއީ ކާފިރުވީ މީހުންގެ ހީކުރުމެވެ. ފަހެ، ނަރަކައިގެ ޢަޛާބުން ކާފިރުވީ މީހުންނަށް ހުރި ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ނުވަތަ ބިމުގައި ފަސާދައުފައްދާ މީހުންނެކޭ އެއްފަދައިން، ތިމަންރަސްކަލާނގެ، އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުން ލައްވާނެހެއްޔެވެ؟ ނުވަތަ ކާފިރުވި މީހުންނެކޭ އެއްފަދައިން، ތިމަންރަސްކަލާނގެ ތަޤްވާވެރިން ލައްވާނެހެއްޔެވެ؟” (ޞޯދު 27)
ހަމަ ޔަޤީނުންވެސް، އެހެނެއް ނުވާނެއެވެ. އެއް އުޖޫރައެއް ނުދް ނުދޭނެއެވެ. މިއިން ސާބިތުވާ ކަމަކީ އަހަރެމެން މަރުވުމުން އެހާހިސާބުން ނުނިމޭނެކަމެވެ. އެހެނީ މަރުވުމުން ނިމުނީ ކަމުގައިވާނަމަ، ރަނގަޅަށް އުޅުނު މީހާވެސް ވީ މަރެވެ. ނުބައިކޮށް އުޅުނު މީހާވެސް ވީ މަރެވެ. ދެމީހުންގެ އުޖޫރަ (ނިމުން) އެއް ޖަޒާއަކަށް ވީހެވެ.
މާތްﷲ ވަޙީކުރައްވާފައިވެއެވެ: هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ މާނައީ: “ހެޔޮކަމުގެ ޖަޒާއަކީ ހެޔޮކަން ނޫން އެހެން އެއްޗެއްތޯއެވެ؟” (އަރްރަޙްމާން: 60)
މިސާލުގައިވާ ފަދައިން، ކުންފުނީގެ ވެރިޔާ އެ ކުންފުނީގެ މުވައްޒަފުންކުރެ މަސައްކަތްކުރި މުވައްޒަފުންނާއި މަސައްކަތް ނުކުރާ މުވައްޒަފުންނަށް އެއް މުސާރައެއް ދީފިނަމަ، އޭނާ މަސައްކަތްކުރި މީހާގެ ޙައްޤުގައި ވީ ބޭއިންސާފެކެވެ. އަނިޔާއެކެވެ. އެހެނީ މަސައްކަތްކުރި މީހާ މަސައްކަތްކުރުމުންވެސް ހަމަ އެއް އުޖޫރައެކެވެ. އަދި މަސައްކަތް ނުކުރުމުންވެސް އެއް އުޖޫރައެކެވެ. އެހެންވެއްޖެނަމަ، މަސައްކަތްކުރުމުގެ މާނައެއް ނެތް ނޫންތޯއެވެ؟ ހަމައެފަދައިން، މަރުވީމާ އެހާހިސާބުން ނިމުނީކަމުގައިވާނަމަ ހެޔޮކޮށް އުޅުމުގެ މާނައެއް ނެތް ނޫންތޯއެވެ؟ އެހެނީ މީހުން ނުބައިކޮށް އުޅެ މީހުންގެ މުދާ ފޭރިގަތުމުން ދުނިޔޭގައި ފައިދާތައް ލިބެއެވެ. ހެޔޮކޮށް އުޅޭ މީހުން ގިނަފަހަރަށް ދުނިޔޭގައި އެކަހެރިކޮށްލެވެއެވެ.
އެހެންވީމާ، ﷲ އެފަދައިން ހެޔޮކޮށް އުޅުނު މީހުންނަށް ހެޔޮ ޖަޒާ ނުދީ ދޫކޮށްލުމަކީ ﷲ ތަޢާލާ ނުކުރައްވާނެ ކަމެއްކަން ބަޔާންކުރާންކުރައްވައި ވަޙީކުރައްވާފައިވެއެވެ. وَخَلَقَ اللَّهُ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ وَلِتُجْزَى كُلُّ نَفْسٍ بِمَا كَسَبَتْ وَهُمْ لَا يُظْلَمُونَ މާނައީ: ” އަދި ﷲ تعالى އުޑުތަކާއި، ބިން ހެއްދެވީ ހަމަ عدل ވެރި حقّ ގޮތުގައެވެ. އަދި ހަމަ އެފަދައިން ކޮންމެ نفس އަކަށްވެސް އެ نفس އެއް ހޯދައިގަތް އެއްޗެއްގެ جزاء ދެއްވުމަށެވެ. އަދި (އެދުވަހުން، އެބަހީ آخرة ދުވަހުން) އެމީހުންނަށް އަނިޔާ ނުވެވޭނެއެވެ.” (އަލް ޖާޡިޔަ 22)
އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ މާނައީ: “އެކަލާނގެއީ މަރާއި ދިރުން ހެއްދެވި ކަލާނގެއެވެ. (އެއީ) ތިޔަބައިމީހުންކުރެ ކާކުތޯ އެންމެ ރަނގަޅު ޢަމަލުކުރަނީ ތިޔަބައިމީހުން އިމްތިޙާނު ކުރެއްވުމަށެވެ. އަދި އެކަލާނގެއީ ޢިއްޒަތްތެރިވަންތަ، ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ.” (މުލްކު 2)
އެހެންވެ ﷲ ތަޢާލާ ނުބައިކޮށް އުޅޭ މީހުންނަށް އުޖޫރައެއްގެ ގޮތުގައި ނަރަކަ ލެއްވިއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ: فَوَيْلٌ لِّلَّذِينَ كَفَرُوا مِنَ النَّارِ މާނައީ: “ފަހެ، ކާފިރުވި މީހުންނަށް، ނަރަކައިގެ ޢަޛާބުން ހަލާކުހުށްޓެވެ.” (ޞޯދު 28)
އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِلَّا مَنْ رَحِمَ رَبُّكَ وَلِذَلِكَ خَلَقَهُمْ وَتَمَّتْ كَلِمَةُ رَبِّكَ لَأَمْلَأَنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ أَجِ أَجْمَعِينَ މާނައީ: “ކަލޭގެފާނުންގެ ربّ رحمة ލެއްވި އަޅަކު މެނުވީއެވެ. އެމީހުން ހެއްދެވުނީ އެގޮތުގެމަތީގައެވެ. (އެބަހީ: رحمة އަށްޓަކައެވެ. ނުވަތަ إختلاف ވާގޮތަށެވެ.) އަދި ކަލޭގެފާނުންގެ ربّ ގެ كلمة ފުޅު ފުރިހަމަވެގެންވެއެވެ. އެއީ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ނަރަކަ ފުރައިލާހުރީ ޖިންނީންގެތެރެއިންނާއި މީސްތަކުންގެތެރެއިން އަޅައިގެންނެވެ.(ހޫދު: 119)
އަޅުތަކުންގެ މައްޗަށް އެންމެ ފުރަތަމަ ވާޖިބުވެގެންވަނީ ﷲ އެބައިމީހުން ޚަލްޤުކުރެއްވި ކަންތައް ދެނެގަތުމެވެ. އެއީ ތައުޙީދެވެ. މިއީ އިންސާނާގެ ވުޖޫދުގެ އަސްލެވެ. މިކަމުގެ މައްޗަށް ﷲ އިންސާނުންގެ ކިބައިން ޢަހުދު ހިއްޕެވިއެވެ. މި މަޤްޞަދާއެކު އެކަލާނގެ ރަސޫލުން ފޮނުއްވައި، ފޮތްތައް ބާވައިލެއްވިއެވެ. މި ޙަޤީޤަތަށްޓަކައި ދުނިޔެއާއި އާޚިރަތް، ސުވަރުގެއާއި ނަރަކަ ޚަލްޤުކުރެވުނެވެ. މި އަޞްލުގެ މައްޗަށް ޤިޔާމަތް ޤާއިމުވެ، ޢަމަލުތައް ވަޒަންކުރެވި، ފޮތްތައް ބެހެވޭނެއެވެ. އަދި މިކަމުގެ މައްޗަށް އަބާއްޖަވެރިކަމާއި ބާއްޖަވެރިކަން ކަނޑައެޅިގެންދާނެއެވެ.
އެހެންކަމުން، އަޅުގަނޑު އެންމެހާ އިންސާނުންނާއި ޖިންނީންނަށް، މުސްލިމުންނާއި ޣައިރު މުސްލިމުންނަށް، އަދި އަމިއްލަ ނަފްސަށް ވަޞިއްޔަތްކުރަމެވެ: ތައުޙީދަކީ އެންމެ ފުރަތަމަ ވާޖިބުކަން ދަނެގަންނާށެވެ. އެއީ ތިޔަބައިމީހުން ޚަލްޤުކުރެވުނު މަޤްޞަދެވެ. އެކަމަށް ގޮވާލުމަށް ރަސޫލުން ފޮނުވުނެވެ. އެކަމުގެ މައްޗަށް ފޮތްތައް ބާވައިލެވުނެވެ. އެކަމަށްޓަކައި ދުނިޔެއާއި އާޚިރަތް އުފެއްދެވުނެވެ. އެކަމުގެ މައްޗަށް ތިޔަބައިމީހުން ޙިސާބު ބެއްލެވޭނެއެވެ. އެކަމުގެ މައްޗަށް ތިޔަބައިމީހުންގެ ފަލާޙާއި ނަޖާތް ބިނާވެގެންވެއެވެ. އޭ ﷲ! އަޅަމެން ތައުޙީދުގެ މަތީގައި ސާބިތުކޮށް ދެއްވާނދޭވެ. އަޅަމެންގެ ހިތްތައް ތައުޙީދުގެ ނޫރުން އަލިކޮށްދެއްވާނދޭވެ. އަޅަމެން ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރި ކޮށްދެއްވާނދޭވެ. އާމީީން.
الشيخ حافظ بن أحمد حكمي رحمه الله ބަޔާންކުރެއްވި ހަތް ކަމުގެ ދަލީލުތައް:
ފުރަތަމަ ކަމުގެ ދަލީލު: ﴿وَإِذْ أَخَذَ رَبُّكَ مِن بَنِي آدَمَ مِن ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَىٰ أَنفُسِهِمْ أَلَسْتُ بِرَبِّكُمْ ۖ قَالُوا بَلَىٰ ۛ شَهِدْنَا ۛ أَن تَقُولُوا يَوْمَ الْقِيَامَةِ إِنَّا كُنَّا عَنْ هَـٰذَا غَافِلِينَ ١٧٢﴾ – الأعراف – الآية 172 “ކަލޭގެފާނުންގެ رَبّ آدم ގެދަރިން އެމީހުންގެ ބަފައިންގެ ބުރިކަށިތަކުގައިތިބި حال (އެމީހުން ނެރުއްވައި) އެމީހުން ލައްވައި ހެކިކުރުވިހިނދު (ހަނދުމަފަޅު ކުރައްވާށެވެ!) އެ އެންމެންނަށް وحي ކުރެއްވިއެވެ. ކަލޭމެންގެ رَبّ ކަމުގައި ތިމަންރަސްކަލާނގެ ނުވޭހެއްޔެވެ؟ އެމީހުން ދެންނެވިއެވެ. ނޫނެކޭ ތިޔައީ އަހުރެމެންގެ رَبّ އެވެ. (ދެންފަހެ އޭގެ އެއްބަޔަކު އަނެއްބަޔަކަށް ބުންޏެވެ.) އަހުރެމެން ހެކިވެއްޖައީމެވެ. އެގޮތަށް އެކަލާނގެ އެމީހުން ހެކިވެރިކުރުވީ އަހުރެމެންވަނީ ތިޔަކަންތަކުން غافل ވެގެންނޭ قيامة ދުވަހުން ނުބުނުމަށްޓަކައެވެ.”
ދެވަނަ ކަމުގެ ދަލީލު: ﴿وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ ۖ فَمِنْهُم مَّنْ هَدَى اللَّهُ وَمِنْهُم مَّنْ حَقَّتْ عَلَيْهِ الضَّلَالَةُ ۚ فَسِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ ٣٦﴾
“އަދި ހަމަކަށަވަރުން ކޮންމެ أمّة އަކަށް ތިމަންރަސްކަލާނގެ رسول ބޭކަލަކު ފޮނުއްވީމެވެ. (އެއީ އެބޭކަލުން އެ أمّة ތަކަށް އަންގަވާ أمر ކުރެއްވުމަށެވެ.) ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އަދި ކަލޭމެން طاغوت އާ ދުރުވެ އެއްފަރާތްވާށެވެ! ދެންފަހެ އެމީހުންގެތެރޭގައި އެމީހުނަށް ﷲ ތެދުމަގު ދެއްކެވި މީހުންވެއެވެ. އަދި އެމީހުންގެ މައްޗަށް މަގުފުރެދުން حقّ ވީމީހުންވެއެވެ. ފަހެ ކަލޭމެން ބިމުގައި ހިނގާބިނގާ ދަތުރުފަތުރުކޮށް ހަދައިބަލާށެވެ! އަދި ދޮގުވެރިންގެ ފަހުކޮޅު އެމީހުންގެ ނިމުންވީ ކޮންފަދައަކުންކަން ދެކިބަލާށެވެ!” – (ސޫރަތުއް ނަޙްލު: 36)
ތިންވަނަ ކަމުގެ ދަލީލު: ﴿وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ ۖ فَاحْكُم بَيْنَهُم بِمَا أَنزَلَ اللَّهُ ۖ وَلَا تَتَّبِعْ أَهْوَاءَهُمْ عَمَّا جَاءَكَ مِنَ الْحَقِّ ۚ لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا ۚ وَلَوْ شَاءَ اللَّهُ لَجَعَلَكُمْ أُمَّةً وَاحِدَةً وَلَـٰكِن لِّيَبْلُوَكُمْ فِي مَا آتَاكُمْ ۖ فَاسْتَبِقُوا الْخَيْرَاتِ ۚ إِلَى اللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ ٤٨﴾ “ތިމަންރަސްކަލާނގެ ކަލޭގެފާނަށް ހަމަ حقّ ގޮތުގައި ފޮތް ބާވައިލެއްވީމެވެ. ކީރިތި قرآن ބާވައިލެއްވީމެވެ. (އެއީ ﷲ ބާވައިލެއްވި) ހުރިހާ ފޮތެއްވެސް ތެދުކުރާ حال ގައި އެފޮތްތަކުގެ މައްޗަށް ރައްކާތެރިވެ ހެކިވާ އަމާނާތްތެރި ފޮތެއްކަމުގައެވެ. (އެހެންހުރިހާ ފޮތެއްވެސް އެފޮތަށް ތާއީދުކޮށް އެހެން ފޮތްތަކަށް حكم ކުރާ ފޮތެއްގެ ގޮތުގައެވެ.) އަދި އެމީހުންގެމެދުގައި ﷲ ބާވައިލެއްވި حكم ން حكم ކުރައްވާށެވެ! އަދި އެމީހުންގެ އަމިއްލައެދުމާއި ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! حقّ ގެތެރެއިން ކަލޭގެފާނުންގެ އަރިހަށް އައިތަކެތި އައުމަށްފަހުގައި އެތަކެތި ދޫކުރައްވައި (އެމީހުންގެ هواى نفس އާއި تبع ވެވަޑައިނުގަންނަވާށެވެ!) ކަލޭމެންކުރެ ކޮންމެ ބަޔަކަށް / ކޮންމެ أمّة އަކަށް ތިމަންރަސްކަލާނގެ شريعة އަކާއި ބަޔާންވެގެންވާ މަގެއްލެއްވީމެވެ. އަދި ﷲ އެދިވޮޑިގެންނެވިނަމަ ކަލޭމެން އެންމެން އެއް أمّة އަކަށް ލައްވައިފީހެވެ. އަދި އެހެންނަމަވެސް (އެކަލާނގެ ކަލޭމެން ތަފާތު أمّة ތަކަކަށް ލެއްވީ) އެކަލާ ނގެ ކަލޭމެންނަށް ދެއްވިތަކެތީން (ފޮތްތަކުގައި އެންގެވި އެންގެވުންތަކުން) ކަލޭމެން إمتحان ކުރެއްވުމަށެވެ. ފަހެ ކަލޭމެން ހެޔޮކަންތައްތައް ކުރުމުގައި އަވަސްވެ ވާދަކުރާށެވެ! ކަލޭމެން އެންމެން އެނބުރި رجوع ވުންވަނީ ހަމަ ﷲ ގެ حضرة އަށެވެ. ދެން އެކަމަކާމެދު ކަލޭމެން ދެބަސްވެ إختلاف ވާކަމުގައި ވީކަންތަކުގެ خبر އެކަލާނގެ ކަލޭމެނަށް ދެއްވާނެއެވެ.” (ސޫރަތުލް މާއިދާ: 48)
ހަތަރުވަނަ ކަމުގެ ދަލީލު: ﴿الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ ٢﴾
“އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ ގަދަފަދަ ވަންތަ އަދި ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ.” ﴿۞ وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ ١٣٣﴾ ” އަދި ކަލޭމެން ކަލޭމެންގެ ربّ ގެ حضرة ން ފާފަފުއްސެވުމަށް އަވަސްވެގަންނާށެވެ! އަދި އެތާނގެ ފުޅާމިން (ނުވަތަ ތަނަވަސްކަން) އުޑުތަކާއި ބިންތަކުގެ ތަނަވަސްކަމާއި އެއްފަދަވެގެންވާ ސުވަރުގެއަށް (އަވަސް ވެގަންނާށެވެ!) އެތަން ތައްޔާރުކުރެވިގެންވަނީ تقوى ވެރިންނަށްޓަކައެވެ.” ﴿وَمَا خَلَقْنَا السَّمَاءَ وَالْأَرْضَ وَمَا بَيْنَهُمَا بَاطِلًا ۚ ذَٰلِكَ ظَنُّ الَّذِينَ كَفَرُوا ۚ فَوَيْلٌ لِّلَّذِينَ كَفَرُوا مِنَ النَّارِ ٢٧﴾ ” އަދި އުޑާއިބިން ތިމަންރަސްކަލާނގެ بَاطِلُ ގޮތެއްގައި ނުހައްދަވަމެވެ. އެއީ ކާފަރުން ހީކުރާގޮތެވެ (އެބަހީ އުޑާއިބިން ހައްދަވާފައިވަނީ بَاطِلُ ގޮތެއްގައި ކަމުގައިހީކުރާނީ ކާފަރުންނެވެ.) ފަހެ ކާފަރުންނަށް ނަރަކައިގެ ގަދަޢަޒާބު ހުއްޓެވެ.”
ފަސްވަނަ ކަމުގެ ދަލީލު: ﴿الْحَاقَّةُ ١﴾ ﴿مَا الْحَاقَّةُ ٢﴾ ﴿وَمَا أَدْرَاكَ مَا الْحَاقَّةُ ٣﴾ ” އައުން ޙައްޤު ވެގެންވާ قِيَامَة ދުވަސް الْحَاقَّةُ އެވެ. އައުން ކަށަވަރުވެގެންވާ ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟ ނަންކިއުނު قِيَامَة ދުވަސް އެއީ ކޮން އެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟” (ސޫރަތުލް ޙާއްޤާ: 1-3) ﴿إِذَا وَقَعَتِ الْوَاقِعَةُ ١﴾ ﴿لَيْسَ لِوَقْعَتِهَا كَاذِبَةٌ ٢﴾ “އަލްވާޤިޢަތު ހިނގައިފި ހިނދު، އޭގެ ހިނގުމަކަށް ދޮގުވެރިއަކު ނުވެއެވެ.” قِيَامَة ޤާއިމު ވެއްޖެއްޔާ (ދެންއޭރުން) އެ قِيَامَة ޤާއިމުވުން ދޮގުކުރާނެ އެއްވެސް ނަފުސެއް ނުވެއެވެ.
ހަވަނަ ކަމުގެ ދަލީލު: ﴿وَنَضَعُ الْمَوَازِينَ الْقِسْطَ لِيَوْمِ الْقِيَامَةِ فَلَا تُظْلَمُ نَفْسٌ شَيْئًا ۖ وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا ۗ وَكَفَىٰ بِنَا حَاسِبِينَ ٤٧﴾ ” އަދި قيامة ދުވަހުން ތިމަންރަސްކަލާނގެ عدل ވެރިކަމުގެ مِيْزَان ބަހައްޓަވާ ހުށީމެވެ. ފަހެ އެއްވެސް نفس އަކަށް އެއްވެސް މިންވަރެއްގެ އަނިޔާއެއް ނުލިބޭނެއެވެ. (އަދި ކޮށްފައިވާ عمل އަކީ) ރެވިއޮއްޓަރެއްގެ ބަރުދަނުގެ މިންވަރެއްކަމުގައިވިޔަސް (ހެވަސް ނުބަޔަސް) ތިމަންރަސްކަލާނގެ އެއެއްޗެއް ގެންނަވާ ހިސާބުކުރައްވާހުށީމެވެ. އަދި ހިސާބުކުރައްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ފުދިވޮޑިގެންވެއެވެ.” – (ސޫރަތުލް އަންބިޔާ: 47) ﴿فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ ٧﴾ ﴿فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا ٨﴾ ﴿وَيَنقَلِبُ إِلَىٰ أَهْلِهِ مَسْرُورًا ٩﴾ ﴿وَأَمَّا مَنْ أُوتِيَ كِتَابَهُ وَرَاءَ ظَهْرِهِ ١٠﴾ ﴿وَيَصْلَىٰ سَعِيرًا ١٢﴾” ދެންފަހެ އެމީހާގެ ޢަމަލުގެ ފަތް އެމީހާގެ ކަނާތަށް ދެވިއްޖެ މީހާ ދަންނާށެވެ. ފަހެ އޭނާޔާމެދު ދާދި ފަސޭހަ ލުއި ގޮތަކަށް ހިސާބު ބެއްލެވޭނެވެ. އަދި (ސުވަރުގޭގައި ތިބި) އޭނާގެ އަހުލުވެރިންގެ ގާތަށް އޭނާ އެނބުރި ދާނީ އުފާ ފާގަތިވެގެންނެވެ. އަދި އެމީހެއްގެ ފަތް އެމީހެއްގެ ބުރަކަށި ފަރާތުން ދެވިއްޖެމީހާ ދަންނައެވެ. ފަހެ ނިކަންހުރެ އޭނާގޮވާނެއެވެ. އޭހުރި ހަލާކެއްގެ ބޮޑުކަމާއެވެ. އަދި އޭނާ ނަރަކަޔަށް ލެވޭނެއެވެ. އަދި އެތާގެ ގަދަ ޢަޒާބުގެ ރަހަ ލިބިގަންނާނެއެވެ.”
ހަތްވަނަ ކަމުގެ ދަލީލު: ﴿يَوْمَ يَأْتِ لَا تَكَلَّمُ نَفْسٌ إِلَّا بِإِذْنِهِ ۚ فَمِنْهُمْ شَقِيٌّ وَسَعِيدٌ ١٠٥﴾ އަދި އެދުވަސް އައުމުން އެކަލާނގެ އިޒުނަފުޅަށްމެނުވީ ހަމައެއްވެސް نفس އެއް ވާހަކަ ނުދައްކާނެއެވެ. ފަހެ އެމީހުންގެތެރޭގައި ވަނީ އަބާއްޖަވެރިންނާއި ބާއްޖަވެރިންނެވެ. ﴿فَأَمَّا الَّذِينَ شَقُوا فَفِي النَّارِ لَهُمْ فِيهَا زَفِيرٌ وَشَهِيقٌ ١٠٦﴾ “ފަހެ އަބާއްޖަވެރިން ދަންނައެވެ! އެމީހުން (އެދުވަހުން) ނަރަކައިގައެވެ. އެމީހުންނަށް އެތާނގައި އިވޭނީ އެނަރަކަ ބޭރަށް ނޭވައިލާ އަޑާއި އަދި އޭތި އެތެރެއަށް ނޭވައި ހިފަހައްޓާ އަޑެވެ.” ﴿خَالِدِينَ فِيهَا مَا دَامَتِ السَّمَاوَاتُ وَالْأَرْضُ إِلَّا مَا شَاءَ رَبُّكَ ۚ إِنَّ رَبَّكَ فَعَّالٌ لِّمَا يُرِيدُ ١٠٧﴾ އަދި ކަލޭގެފާނުންގެ ربّ އިރާދަކުރެއްވި މިންވަރެއްމެނުވީ އަބަދާއަބަދު އެމީހުން އެތާ ދެމިތިބޭނެއެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެއީ އެކަލާނގެ އެދިވޮޑިގަންނަވާކަމެއްވިއްޔާ ހަމަ ކޮންމެހެން ކުރައްވާ ކަލާނގެއެވެ.” (ސޫރަތު ހޫދު: 106-107-108)
هذا وصلى الله وسلم وبارك على نبيه المصطفى محمد وعلى آله وصحبه أجمعين ، ووفقنا الله واياكم لما يحب ويرضى .