އިސްލާމްދީނަކީ ނޫޙު, އާދަމް، އިބްރާޙީމް އަދި އިސްރާޢީލްގެ ދީން އަދި މުސްލިމުންނަކީ އެންމެ ފުރިހަމަ ތަވްޙީދުގެ އަހުލުވެރިން: ޔަހޫދީ ޢިލްމުވެރި ރާހިބުން

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، رَبِّ آدَمَ، وَنُوحٍ، وَإِبْرَاهِيمَ، وَإِسْمَاعِيلَ، وَإِسْحَاقَ، وَيَعْقُوبَ (إِسْرَائِيلَ – أَيْ عَبْدِ اللَّهِ)، وَيُوسُفَ، وَمُوسَى، وَعِيسَى عَلَيْهِمُ الصَّلَاةُ وَالسَّلَامُ، وَرَبِّ مُحَمَّدٍ ﷺ.

وَنَشْهَدُ أَنَّ دِينَ جَمِيعِ هَؤُلَاءِ الْأَنْبِيَاءِ وَالرُّسُلِ هُوَ الْإِسْلَامُ، وَإِنَّ مَا عَلَيْهِ الْيَهُودُ وَالنَّصَارَى الْيَوْمَ مِنْ مُعْتَقَدَاتٍ وَأَعْمَالٍ لَيُؤَكِّدُ بِمَا لَا يَدَعُ مَجَالًا لِلشَّكِّ -وَبِشَهَادَةِ الْبَشَرِيَّةِ جَمْعَاءَ مُتَوَاتِرًا- صِدْقَ مَا جَاءَ بِهِ هَؤُلَاءِ الرُّسُلُ الْكِرَامُ. إِنَّ رِسَالَةَ الْإِسْلَامِ هِيَ الْحَقُّ الَّذِي أَبَانَهُ اللَّهُ تَعَالَى عَنْ طَرِيقِ الْكَافِرِينَ وَالْمُسْلِمِينَ وَالرُّسُلِ وَالْأَنْبِيَاءِ جَمِيعًا، تَصْدِيقًا لِقَوْلِهِ سُبْحَانَهُ: “سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنْفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ ۗ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ“.

وَإِنَّ مَا يَحْدُثُ الْيَوْمَ مِنَ النَّوَازِلِ لَيَسْتَوْجِبُ عَلَى الْمُسْلِمِينَ تَعْزِيزَ إِيمَانِهِمْ، وَالِاغْتِبَاطَ بِمَا هُمْ عَلَيْهِ مِنْ حَقِّ التَّوْحِيدِ، وَالثَّبَاتَ عَلَى هَذَا الْمَنْهَجِ دُونَ تَرَاجُعٍ وَلَوْ لِقَيْدِ أُنْمُلَةٍ، وَالدَّعْوَةَ إِلَيْهِ بِكُلِّ صِدْقٍ وَعَزِيمَةٍ.

أَمَّا بَعْدُ:

އެންމެހާ ޙަމްދު ހުރީ މުޅި ޢާލަމްތަކުގެ ވެރި ރަސްކަލާނގެ އަށެވެ. އެކަލާނގެއީ އާދަމުގެފާނާއި، ނޫޙުގެފާނާއި، އިބްރާހީމުގެފާނާއި، އިސްމާޢީލުގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު (އިސްރާއީލް – އެބަހީ ﷲ ގެ އަޅާ) އާއި، ޔޫސުފުގެފާނާއި، މޫސާގެފާނާއި، ޢީސާގެފާނުގެ (عَلَيْهِمُ الصَّلَاةُ وَالسَّلَامُ) އެ ބޭކަލުންގެ މައްޗަށް ޞަލަވާތާއި ސަލާމް ހުރި ބޭކަލުންގެ) ވެރި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ މުޙައްމަދު ﷺ ގެވެސް ވެރި ރަސްކަލާނގެއެވެ.

އަދި މި ހުރިހާ ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ދީނަކީ އިސްލާމްދީން ކަމަށް އަޅަމެން ހެކިވަމެވެ. އަދި މިއަދު ޔަހޫދީންނާއި ނަޞާރާއިންގެ މެދުގައި ހުރި އިޢުތިޤާދުތަކާއި އެބައިމީހުން ކުރާ ޢަމަލުތަކަކީ، އެ މާތް ރަސޫލުބޭކަލުން ގެނެސްދެއްވި ތެދުކަން – މުޅި އިންސާނިއްޔަތުގެ މެދުގައި މުތަވާތިރުކޮށް ހުރި ހެކިބަހާއެކު – އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރުކޮށްދޭ ކަންކަމެވެ. ހަމަކަށަވަރުން، އިސްލާމްދީނުގެ ރިސާލަތަކީ ﷲ ތަޢާލާ، ކާފިރުންނާއި، މުސްލިމުންނާއި، ހުރިހާ ރަސޫލުބޭކަލުންނާއި ނަބީބޭކަލުން މެދުވެރިކުރައްވައި ބަޔާންކޮށްދެއްވި ޙައްޤެވެ. އެއީ އެކަލާނގެ ވަޙީކުރައްވާފައިވާ މި ބަސްފުޅުގެ ތެދުކަން ހާމަކޮށްދެނިވި ގޮތުގައެވެ: “އެއީ ޙައްޤުކަން އެއުރެންނަށް ބަޔާންވެ އެނގިއްޖައުމަށް ދާންދެން، އުދަރެސްތަކުގެ އެކި ސަރަޙައްދުތަކުންނާއި، އެއުރެންގެ އަމިއްލަ ނަފްސުތަކުން ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް އެއުރެންނަށް ދައްކަވާހުށީމެވެ. ކޮންމެ ކަމެއްގެ މައްޗަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހެކިވެވޮޑިގެންވާކަން އެއީ ފުދޭކަމެއް ކަމުގައި ނުވޭހެއްޔެވެ؟

އަދި ހަމަކަށަވަރުން، މިއަދު ކުރިމަތިވަމުންދާ ނުތަނަވަސްކަމާއި މުޞީބާތްތަކަކީ، މުސްލިމުން އެބައިމީހުންގެ އީމާންތެރިކަން ވަރުގަދަކޮށް، ތައުޙީދުގެ ޙައްޤު މަގުގައި ތިބިކަމަށްޓަކައި އުފާކޮށް، އަދި އިނގިލީގެ ކުރިއެއްގެ މިންވަރުވެސް ފަސްޖެހުމެއްނެތި މި މަންހަޖުގެ މަތީގައި ސާބިތުވެތިބެ، ފުރިހަމަ ތެދުވެރިކަމާއި ޢަޒުމަކާއެކު އެ މަގަށް ދަޢުވަތު ދިނުން ވާޖިބުކުރާ ކަންކަމެވެ. އެއަށްފަހު:

މާތްވެގެންވާ އިސްލާމް ދީނަކީ عِيسَى(ޢީސާ عَلَيْهِمُ الصَّلَاةُ وَالسَّلَامُ) އުފަންވުމަށްފަހު، 7  ޤަރުނު ނުވަތަ 700 އަހަރު ފަހުން އަލަށް ބަޔަކު އުފެއްދި ދީނެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ އާދަމްގެފާނާއި، ނޫޙުގެފާނާއި، އިބްރާހީމްގެފާނާއި،  އިސްމާޢީލްގެފާނާއި، އިސްހާޤުގެފާނާއި، ޔައުޤޫބުގެފާނާއި، ޔޫސުފްގެފާނާއި، މޫސާގެފާނާއި، ޢީސާގެފާނާއި، އަދި އެންމެހައި ނަބީބޭކަލުން عَلَيْهِمُ الصَّلَاةُ وَالسَّلَامُ ގެނެސްދެއްވި އަސްލު ދީނެވެ.

ކީރިތި ޤުރުއާނުގައި ތަކުރާރުކޮށް ބަޔާންކުރައްވާފައިވަނީ ހުރިހާ ނަބީބޭކަލުންގެ ދީނަކީ އެއް ދީނެއް ކަމެވެ. އެއީ ﷲ އެއްކައުވަންތަކުރުމާއި (ތައުޙީދު)، އެކަލާނގެއަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންގަތުމެވެ. އިސްލާމްވުމެވެ.

﴿ مَا كَانَ إِبْرَاهِيمُ يَهُودِيًّا وَلَا نَصْرَانِيًّا وَلَٰكِن كَانَ حَنِيفًا مُّسْلِمًا وَمَا كَانَ مِنَ الْمُشْرِكِينَ﴾

[ آل عمران: 67]  މާނައީ: “ޔަހޫދީއެއް ކަމުގައިވެސް އަދި ނަސްރާނީއެއް ކަމުގައިވެސް އިބްރާހީމްގެފާނު ނުވެއެވެ. އަދި ކިއެއް! އެކަލޭގެފާނު ވަނީ ބާތިލު މަގުން އެއްކިބާވެ، ހައްގު ދީނަށް ތަބާ ވެގެންވާ މުސްލިމަކު ކަމުގައެވެ. އަދި ޝަރީކުކުރާ މީހުންގެ ތެރެއަކުންވެސް އެކަލޭގެފާނު ނުވެއެވެ.”

ބަނީ އިސްރާއީލުންގެ އަޞްލާއި އެބައިމީހުންގެ ޙަޤީޤަތް

ޔަހޫދީންނާއި މުޙައްމަދު ﷺ އަދި އޭރު މައްކާގައިތިބި ގިނަ ޤަބީލާތަކަކީ އިބްރާހީމް (عَلَيْهِمُ الصَّلَاةُ وَالسَّلَامُ) ގެ ދަރިފަސްކޮޅެވެ. އިބްރާހީމްގެފާނަށް ދެ ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ އިސްމާޢީލްގެފާނާއި އިސްޙާޤުގެފާނެވެ. (عَلَيْهِمُ الصَّلَاةُ وَالسَّلَامُ) މުޙައްމަދު ﷺ އަކީ އިސްމާޢީލްގެފާނުގެ ދަރިފަސްކޮޅެވެ. އަދި ޔަހޫދީންނަކީ އިސްޙާޤުގެފާނުގެ ދަރިކަލުން ޔަޢުޤޫބު (عَلَيْهِمُ الصَّلَاةُ وَالسَّلَامُ) ގެ ދަރިފަސްކޮޅެވެ. ޔަޢުޤޫބުގެފާނަށް 12 ފިރިހެން ބޭފުޅުން ލިބިވަޑައިގަތެވެ. “ޔަހޫދީ” މި ނަން ނިސްބަތްވަނީ ޔަޢުޤޫބުގެފާނުގެ ހަތަރުވަނަ ފިރިހެން ދަރިކަލުން ކަމަށްވާ “ޔަހޫޛާ” (Judah) އަށެވެ. ފަހުން މި ނަން މުޅި ދަރިފަސްކޮޅަށް އާންމުވެ، “ޔަހޫދީން” “ޖިއު” ގެ ނަމުން މަޝްހޫރުވީއެވެ.

“އިސްރާއީލް” އަކީ ޔަޢުޤޫބުގެފާނަށް ދެވިފައިވާ ނަމެކެވެ. އޭގެ މާނައަކީ “ﷲ ގެ އަޅާ” އެވެ. ކީރިތި ޤުރުއާނުގައި بَنِي إِسْرَائِيلَ “އިސްރާޢީލް ނުވަތަ ޔައުޤޫބްގެ ދަރިފަސްކޮޅު” ނުވަތަ މިހާރުގެ ޔަހޫދީންގެ ވާހަކަ އެތައް ތަނެއްގައި ޒިކުރުކުރައްވާފައިވަނީ މުހިންމު މަޤްޞަދެއްގައެވެ. އެއީ އެބައިމީހުންނަކީ ޙަޤީޤަތް އެނގިތިބެ، ހަސަދަވެރިކަމާއި ކުފުރުގެ ސަބަބުން ޙައްޤަށް ފުރަގަސްދޭ، ރަފްޟުކުރާ ބައެއްކަން މުސްލިމުންނަށް އަންގައިދީ، އެބައިމީހުންގެ މަކަރުވެރިކަމަށް މުސްލިމުން ތަރުބިއްޔަތުކޮށް ތައްޔާރުކުރުމަށެވެ.

ޔަހޫދީންގެ އަނިޔާވެރިކަމާއި ހަސަދަވެރިކަން، އެބައިމީހުންގެ ބައްޕަ އިސްރާޢީލް ފަރާތު ބޭބެއިން، އެއްބަޑު އެއްބަފާ ކޮއްކޮ ޔޫސުފް (عَلَيْهِمُ الصَّلَاةُ وَالسَّلَامُ) ވަޅުގަނޑަކަށް އެއްލައިލި ހިސާބުން ފެނިގެންދެއެވެ. އެބައިމީހުންނަކީ އަމިއްލަ ލެޔަށްވެސް ބަލާ ބައެއް ނޫންކަން އެ ހާދިސާއިން ސާބިތުވެއެވެ. ޔަޢުޤޫބުގެފާނުގެ ހަގު ދަރިކަލުންނަކީ ބުންޔާމީން އެވެ. މިއަދު ޔަހޫދީން “ބިންޖަމިން” ކިޔައިގެން އެ ނިސްބަތްކުރަނީ އެހެންވެގެންނެވެ.

ޔަހޫދީންނަކީ ﷲ ފޮނުއްވި ރަސޫލުންނާއި ނަބިއްޔުންނަށް ޤައްދާރުވެ، އެބޭކަލުން ޤަތުލުކުރި ބައެކެވެ. ﷲ ވަޙީކުރެއްވިއެވެ: “فَبِمَا نَقْضِهِم مِّيثَاقَهُمْ وَكُفْرِهِم بِآيَاتِ اللَّهِ وَقَتْلِهِمُ الْأَنبِيَاءَ بِغَيْرِ حَقٍّ” (النساء: 155) މާނައީ: “ފަހެ، އެބައިމީހުންގެ ޢަހްދު އުވާލުމާއި، ﷲ ގެ އާޔަތްތަކަށް ކާފަރުވުމާއި، އަދި ޙައްޤަކާ ނުލައި ނަބިއްޔުން ޤަތުލުކުރުމުގެ ސަބަބުން (ތިމަންރަސްކަލާނގެ އެބައިމީހުންނަށް ލަޢުނަތް ލެއްވީމެވެ.)”

މީގެ އިތުރުން، އެބައިމީހުންގެ މަކަރުވެރިކަމުގެ ތެރެއިން، ﷲ ގެ ރަސޫލާ ޢީސާ (عَلَيْهِمُ الصَّلَاةُ وَالسَّلَامُ)  ސަލީބަށް އަރުވައި މަރާލަން މަސައްކަތްކުރިއެވެ. ނަމަވެސް ﷲ ވަނީ އެކަލޭގެފާނު އުޑަށް އުފުއްލަވައި ސަލާމަތްކުރައްވާފައެވެ. ޤުރުއާނުގައި ﷲ ވާހަކަފުޅުދައްކަވާ ވަޙީކުރައްވާފައިވެއެވެ. ﴿ قَوْلِهِمْ إِنَّا قَتَلْنَا الْمَسِيحَ عِيسَى ابْنَ مَرْيَمَ رَسُولَ اللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَـٰكِن شُبِّهَ لَهُمْ ۚ وَإِنَّ الَّذِينَ اخْتَلَفُوا فِيهِ لَفِي شَكٍّ مِّنْهُ ۚ مَا لَهُم بِهِ مِنْ عِلْمٍ إِلَّا اتِّبَاعَ الظَّنِّ ۚ وَمَا قَتَلُوهُ يَقِينًا ﴾ [ النساء: 157] މާނައީ: ” އަދި ހަމަކަށަވަރުން ތިމަންމެން ﷲ ގެ ރަސޫލު، މަރިޔަމްގެފާނުގެ ދަރިކަލުން އަލްމަސީޙު ޢީސާގެފާނު، ގަތުލުކޮށްފީމުއޭ އެ މީހުން ބުނުމުގެ ސަބަބުންމެއެވެ. އެ މީހުން އެކަލޭގެފާނު ގަތުލެއް ނުކުރެއެވެ. އަދި އެ މީހުން އެކަލޭގެފާނު ސަލީބަކަށް ވެސް ނާރުވައެވެ. އެހެނެއްކަމަކު (އެ މީހުން ގަތުލުކޮށްސަލީބަށް އެރުވީ އެހެންމީހެކެވެ.) އެ މީހާ، އެކަލޭގެފާނާ އެއްސިފަ ޖައްސަވާފައިވާތީ، އެ މީހުންނަށް ފެނުނީއެވެ. ހަމަކަށަވަރުން އެކަލޭގެފާނާމެދު ޚިލާފުވީ މީހުންވަނީ، އެކަމާމެދު ޝައްކެއްގައިކަން ކަށަވަރެވެ. ހީޔަކަށް ތަބާ ވުން މެނުވީ، އެކަމާމެދު އެ މީހުންނަކަށް އެނގުމެއްނެތެވެ. އަދި ހަމަ ޔަގީނުން، އެ މީހުން އެކަލޭގެފާނު ގަތުލެއް ނުކުރެއެވެ.”

ފަހުޒަމާނުގައި ޢީސާގެފާނު ބިމަށް ފާޅުކުރައްވާނެއެވެ. އަދި ޔަހޫދީން އިންތިޒާރުކުރާ ދައްޖާލު، “ބާބު ލުއްދު”ގެ ކައިރީގައި އެކަލޭގެފާނު ދައްޖާލު ކަތިލައްވާނެއެވެ.

މިއަދުގެ ޔަހޫދީންނަކީ ﷲ އަށް އެކި ގޮތްގޮތުން ކާފަރުވެ، ސުލައިމާން އަލައިހިއްސަލާމްގެ މައްޗަށް ދޮގު އިލްޒާމްތައް އަޅުވައި، ﷲ އާއި އެކު ޝަރީކުކޮށް، އިބިލީހަށް އަޅުކަންކުރާ ބައެކެވެ. އެބައިމީހުން އިންތިޒާރުކުރަމުންދަނީ ދެލޯ އަވަރު ކާފަރު “މަސީޙު” އައް-ދައްޖާލަށެވެ.

ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. «يَتْبَعُ الدَّجَّالَ مِنْ يَهُودِ أَصْبَهَانَ . سَبْعُونَ ألْفًا عَلَيْهِم الطَّيَالِسَةُ»  “(އިރާނުގެ) އަޞްބަހާނުގެ ޔަހޫދީންގެ ތެރެއިން ހަތްދިހަ ހާސް މީހުން ދައްޖާލަށް ތަބަޢަވާނެއެވެ. އެބައިމީހުން ތިބޭނީ ޠަޔާލިސާ (ކޮނޑުމަތީގައި އަޅާ ފޭރާމެއް) އަޅައިގެންނެވެ.” (ޞަޙީޙު މުސްލިމް)

ޔަހޫދީ ޢިލްމުވެރިންގެ އިޢުތިރާފާއި އިސްލާމްދީނުގެ ޙަޤީޤަތް

ޔަޙޫދީންގެ ތެރެއިން ޢިލްމުހުރި ރާހިބުންނާއި އެބައިމީހުންގެ ޢިލްމުވެރިންނަށް އިސްލާމްދީނަކީ އެންމެހާ ރަސޫލުން އެދީނަކާއިގެން އައި ދީންކަން އެބައިމީހުންގެ ދަރިންނާއި ޔަހޫދީ ނަޞްލު އެނގިގެންވާ ފަދައިން އެބައިމީހުންނަށް އެނގިގެންވެވެ.

﴿ الَّذِينَ آتَيْنَاهُمُ الْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمْ ۖ وَإِنَّ فَرِيقًا مِّنْهُمْ لَيَكْتُمُونَ الْحَقَّ وَهُمْ يَعْلَمُونَ﴾ [ البقرة: 146] “ތިމަން އިލާހު އެ މީހުންނަށް ފޮތް ދެއްވި މީހުން (ޔަހޫދީންގެ އަޙްބާރު ރާހިބުންނާއި ނަޞޯރާއިންގެ ޢިލްމުވެރިންނަށް) އެ މީހުންގެ އުފަންދަރިން ދަންނަ ފަދައިން އެކަލޭގެފާނު (އެބަހީ: މުޙައްމަދު ﷺ އައީ ހައްޤު ތަޥްޙީދުގެ ދީނާއިގެންކަން) ދަންނާނެއެވެ. އަދި އޭގެ ތެރެއިން ބަޔަކު ދެނެތިބެގެންމެ، ހައްގު ވަންހަނާކުރާކަން ކަށަވަރެވެ.”

ޝަރީޢަތުގެ ހައްޤު ވަންހަނާކުރުމަކީ ޔަހޫދީންގެ ތެރެއިން ﷲ އަށްކާފަރުވި ރާހިބުންނާއި ނަޞޯރާޢިންގެ ތެރެއިން ﷲ ކާފަރުވި ޢިލްމުވެރިންގެ ސިފައެކެވެ. މިއަދު އިސްލާމް ދީނުގެ ހައްޤު ސުންނަތުގެ އިއުތިޤާދު ހިމާޔަތްކުރަން ޢިރާނުގެ ރަވާފިޟުންގެ ކުފުރުގެ އިއުތިޤާދުގެ ވާހަތައް ބަޔާންކުރާ އިރަށް މިއީ އަޤީދާ އެއްފަރާތްކޮށް އެއްބައިވަންތަވާންވީ ކަމުގައި ބުނާ ޔަހޫދީންނަށް އަދި ނަޞޯރާއިންނަށް ތަބަޢަވާ ބަޔަކު ދީނީ ފޭރާން ލައިގެން ފާޅުވެއްޖެއެވެ.

އިސްލާމްދީނާއި ސާފު ތައުޙީދާ ބެހޭގޮތުން ޔަހޫދީ ޢިލްމުވެރިއެއްގެ ބަސް

މިފަދަ ހަސަދަވެރި ތާރީޚެއް އޮތް ބައެއްގެ ތެރެއިންވެސް، ޙައްޤު އެނގޭ ޢިލްމުވެރިން ވަނީ އިސްލާމްދީނަކީ ނަބީބޭކަލުންގެ އަސްލު ދީންކަމަށް އިޢުތިރާފުވެފައެވެ.

އިސްލާމްދީނަކީ އާދަމުގެފާނާއި، ނޫހުގެފާނާއި، އިބްރާހީމްގެފާނާއި، މޫސާގެފާނުގެ އިތުރުން ހުރިހާ ނަބީބޭކަލުން ގެނެސްދެއްވި އަޞްލު ތައުހީދުގެ މެސެޖު، އެއްވެސް މެދުކެނޑުމެއްނެތި އެންމެ ފުރިހަމަ އަދި އެންމެ ގާތް ގޮތުގައި ކުރިއަށްދާ ކުރިއަށްދިޔުން ކަމަށް ބައެއް ޔަހޫދީ އިލްމުވެރިން އަމިއްލައަށް އިއުތިރާފުވެވަޑައިގަންނަވައެވެ.

ޔަހޫދީންގެ ޢަޤީދާގެ ތާރީޚީ ފޮތްތަކުގައި، މުޅި އިންސާނިއްޔަތަށް އޮތް އާލަމީ ދީނެއްގެ ނުވަތަ މުޅި އިންސާނިއްޔަތުގެ މައްޗަށް ލާޒިމުވެގެންވާ އަސާސީ އީމާންތެރިކަމެއްގެ ތަސައްވުރު އޮވެއެވެ.

ޔަހޫދީ ރާހިބު އިލްމުވެރިއަކު މި ތަސައްވުރު ތަފްސީލުކޮށްދެއްވަމުން ވިދާޅުވެފައިވެއެވެ. (އޭނާގެ އޯޑިއޯ ތިރީގައި މިވަނީއެވެ.)

” ޔަހޫދީ އިލްމީ ދިރާސާތަކުގައި އިންސާނިއްޔަތުގެ އަސާސީ ދީން ސިފަކުރުމަށްޓަކައި ‘ޔިރޭ ޝަމައިމް’ Yirei Shamayim (יִרְאֵי שָׁמַיִם) (އުޑަށް ނުވަތަ މަތީގައި ވޮޑިގަންނަވާ މާތްﷲ އަށް ބިރުވެތިވާ މީހުން المتَّقُونَ)، ‘ގޭރް ތޯޝާވް’ (المتَّقُونَ ކަލާނގެއަށް ބިރުވެތިވާ، ޔަހޫދީ ނޫން ވަޒަންވެރިން) އަދި ‘ބްނޭ ނޯއާ’ ’nei Noach (בְּנֵי נֹחַ )  (ذُرِّيَّةَ نُوحٍ ނޫހުގެފާނުގެ ދަރިކޮޅު) ފަދަ ލަފުޒުތައް ބޭނުންކޮށްފައިވެއެވެ.

އެހެންކަމުން، އެންމެންގެ މެދުގައި (އިސްލާމުންނާއި ޔަހޫދީންނާއި ދެމެދު) އޮތް ގާތް ތަރިކައަކާ ބެހޭގޮތުން ވާހަކަދައްކާއިރު، ޔަހޫދީންގެ ޢަޤީދާގެ ތާރީޚީ ފޮތްތަކުން އަޅުގަނޑުމެންނަށް އުނގަންނައިދެނީ ހުރިހާ އިންސާނުން އޭގެ މައްޗަށް އުފަންވާ، ފިޠުރަތުގެ އަދި ހުރިހާ އިންސާނުންގެ މައްޗަށް ލާޒިމުވެގެންވާ ވާޖިބު އަސާސީ އީމާންތެރިކަމެއް ނުވަތަ ބިންގަލެއް އޮންނަކަމެވެ. މާޒީގައި އަޅުގަނޑުމެން މިއަށް ތަފާތު ނަންނަން ކިޔާފައިވެއެވެ. އެއީ ‘ޔިރޭ ޝަމައިމް'(יִרְאֵי שָׁמַיִם)  (މާނައަކީ އުޑަށް ނުވަތަ މާތްﷲ އަށް ބިރުވެތިވާ މީހުން، ނުވަތަ އަލް-މުއްތަޤޫން)، ‘ގޭރް ތޯޝާވް’ ނުވަތަ (בְּנֵי נֹחַ)   ‘ބްނޭ ނޯއާ’ (ނޫހުގެފާނުގެ ދަރިކޮޅު ذُرِّيَّةَ نُوحٍ) އެވެ.

ހެލެނިސްޓިކް ޒަމާނުގައި ޔޫނާނީ ބަހުން މީގެ މާނައަކީ ‘ތިއޯސެބެއާ’ (ކަލާނގެއަށް ބިރުވެތިވާ މީހުން ނުވަތަ އަލް-މުއްތަޤޫން) އެވެ. އަދި ރާހިބު ބެނަމޯޒެގްގެ ފިކުރީ މަދަރުސާއަށް ބަލާއިރު، މި އަސާސީ އީމާންތެރިކަމަށް ކިޔާ ނަމަކީ އިސްލާމްދީނެވެ.

ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، މި ނަން ނިސްބަތްވަނީ ގުދުސްގައި ޔަހޫދީންނާއެކު ‘ޤުރުބާން ޝްލޯމީމް’ (ސަލާމަތާއި އަމާންކަމުގެ ގުރުބާނީ) ކަތިލުމަށް އައި ޔަހޫދީ ނޫން ގިނަ އަދަދެއްގެ މުއުމިނުންނަށެވެ. އެއީ ސަލާމައި، މުސްލާމައި ނުވަތަ މުސްލިމީ އެވެ.

މިއީ އިސްލާމްދީނަކީ ‘ސެކަންޑް ޓެމްޕަލް’ ގެ ޒަމާނަށް ނުވަތަ އޭގެ ކުރިއަށްވެސް ނިސްބަތްވާ ގަދީމީ ދީނެއްކަން އަޅުގަނޑުމެންގެ ލިޔުންތަކުން އެނގެން އޮތް ސާފު ހެއްކެކެވެ. އިސްލާމްދީނުގެ އަސްލަކީ ‘ބްނޭ ނޯއާ’ (ނޫހުގެފާނުގެ ދަރިކޮޅު) ކަމުގައިވާނަމަ، އަޅުގަނޑުމެންގެ ނަޒަރުގައި އެއީ މާ ކުރީގެ ދީނެކެވެ.

މިއީ (އިސްލާމް ދީނަކީ) ނޫހުގެފާނުގެ ދީނެވެ. މިއީ އާދަމުގެފާނުގެ ދީނެވެ. އިސްލާމްދީނާއި ޔަހޫދީދީނާ ދެމެދު އޮތް ގާތްކަމަކީ، ފަހުގެ ތާރީޚާ ޖެހެންދެން ބައިބަލްގެ އިލްމުވެރިން ގަބޫލުކުރަމުން އައި ކަމެކެވެ.

ޔަހޫދީންނާއި، ގެއްލިފައިވާ ދިހަ ގަބީލާއާއި، އަރަބީންނާއި، ރެކަބައިޓުންނާ ދެމެދު އޮތް ގާތް ގުޅުމަކީ ހަގީގަތެއްގެ ގޮތުގައި އޮތީ ބެލެވިފައެވެ. ނަމަވެސް މިކަން ބަދަލުވާން ފެށީ ވެލްހައުސަން އާއި ބިއުކްލާ ފަދަ ޖަރުމަނުގެ ރިވިޝަނިސްޓުންގެ ފިކުރުތައް އައުމާ ހިސާބުންނެވެ.

އެބޭފުޅުން ވަނީ އިސްލާމްދީނަކީ ހަނދަށް ނުވަތަ ހިލައަށް ނުވަތަ އުޑުން ވެއްޓުނު ގަލަކަށް އަޅުކަންކުރުމާ ގުޅިފައިވާ ދީނެއްކަމުގެ ފިކުރުތައް ފަތުރާފައެވެ. ނަމަވެސް ދީންވެރި ޔަހޫދީންނަށް އެއީ ދޮގެއްކަން އެނގެއެވެ. މުސްލިމުންނަކީ ފުރިހަމަ މުވައްހިދުން (އެއްކައުންވަންތަކަން ގަބޫލުކުރާ ބަޔަކު) ކަމަށް ގަބޫލުކުރުމަކީ ޔަހޫދީ ގާނޫނުގައި އޮތް ހަގީގަތެކެވެ. އެބޭފުޅުން އަޅުކަން ކުރައްވަނީ އަޅުގަނޑުމެންވެސް އަޅުކަންކުރާ އިލާހަށެވެ. (އެބަހީ ﷲ އަށެވެ).” (ރާހިބު ކަލޭނގެ ބަސްކޮޅު ނިމުނީއެވެ.)

ބައިބަލްގެ ޒަމާނަށްފަހު ފާހަގަކޮށްލެވޭ އެންމެ މަޝްހޫރު އެއް ޔަހޫދީ އިލްމުވެރިޔަކީ ރާހިބު މޫސާ މައިމޮނިޑީސް (ރަމްބަމް) އެވެ. އޭނާގެ ފަތުވާ ނަންބަރު 448 (#448) ގައި ބަޔާންކުރައްވާފައިވެއެވެ.

އިސްމާޢީލީންނަކީ (އިބްރާހީމްގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނުގެ ދަރިކޮޅު ނުވަތަ މުސްލިމުންނަކީ) އެއްވެސް ހާލެއްގައި ބުދަށް އަޅުކަންކުރާ ބައެއް ނޫނެވެ. ބުދަށް އަޅުކަންކުރުމުގެ ފިކުރު އެބައިމީހުންގެ ދޫތަކާއި ހިތްތަކުން ވަކިވެފައިވާތާ ކިތަންމެ ދުވަހެކެވެ. އަދި އެބައިމީހުން މާތްﷲ އަށް ނިސްބަތްކުރަނީ އެއްވެސް ޝައްކެއްނެތް، ފުރިހަމަ ތައުހީދެކެވެ. އެބައިމީހުން އަޅުގަނޑުމެންނާ ބެހޭގޮތުން ދޮގުހަދައި، މާތްﷲ އަށް ދަރިކަލަކު ވާކަމަށް އަޅުގަނޑުމެން ބުނާކަމަށް ދޮގު އިލްޒާމު އެޅުވިކަމުގައިވިޔަސް، (ނޯޓް: މިއީ ދޮގެކެވެ. ޔަހޫދީންގެ ތެރޭގައި އުޒައިރުއަކީ ﷲ ދަރިއެއް ކަމުގައި ބުނިބަޔަކުވެއެވެ. އަދި އެބައިމީހުން ގެ ބަޔަކު އެބައިމީހުންނަކީ ﷲ ގެ ދަރިސްފަސްކޮޅު ކަމަށް ލޭ ކަމަށްވެސް ދެކެއެވެ.) އެއީ އެބައިމީހުންނާ ބެހޭގޮތުން އަޅުގަނޑުމެން ދޮގުހަދައި އެއީ ބުދަށް އަޅުކަންކުރާ ބައެކޭ ބުނަންޖެހޭ ސަބަބެއް ނޫނެވެ.

އަދި އެބައިމީހުން މާތްކޮށް ހިތާ ގެފުޅަކީ ބުދަށް އަޅުކަންކުރާ ތަނެއް ކަމަށާއި، އެތަނުގެ ތެރޭގައި އެބައިމީހުންގެ ކާބަފައިން އަޅުކަންކުރި ބުދެއް ފޮރުވިފައިވާ ކަމަށް އެއްވެސް މީހަކު ބުނާނަމަ، އެއީ ކޮން ފަދަ ކަމެއް ހެއްޔެވެ؟ މިއަދު އެ ބިނާއަށް (ކަޢުބާއަށް) ކުރިމަތިލައިގެން ސަޖިދަޖަހާ މީހުންގެ ހިތްތައް އަމާޒުވެފައިވަނީ ހަމައެކަނި އުޑަށް (މާތްﷲ އަށެވެ). މިއަދު ތިބި އިސްމާޢީލީންނަށް ބަލާއިރު، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެ އެންމެންގެ ދޫތަކުން ބުދަށް އަޅުކަންކުރުމުގެ ވާހަކަ ވަނީ ނެތިގޮސްފައެވެ. އެބައިމީހުންގެ ކުށްތަކާއި މޮޔަކަން އޮތީ އިސްރާއީލުގެ ތެރޭގައި ތިބި ނުލަފާ މީހުންނާއި ދީނުން ބޭރުވި މީހުންގެ ސަބަބުން ލިޔުމަށް ނުގެނެވޭނެ އެހެން ކަންތައްތަކުގައެވެ. ނަމަވެސް މާތްﷲ އެއްކައުންވަންތަކުރުމުގެ (ތައުހީދުގެ) މައްސަލައިގައި އެބައިމީހުންގެ އެއްވެސް ކުށެއް ނެތެވެ.

ރަމްބަމްގެ މި ލިޔުމާ ގުޅޭގޮތުން ރައްބީ ހައިމް ބެނެވިސްޓޭ ފާހަގަކުރައްވާ ގޮތުގައި، އިސްލާމްދީނަކީ ތައުހީދުގެ ދީނެއްކަމަށް މައިމޮނިޑީސް ދެކެވަޑައިގަތުމަކީ، މިޞްރުގައި އޭނާ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ ސަބަބު އޮޅުންފިލައިދޭ ކަމެކެވެ. އިސްލާމްދީނަކީ ބުދަށް އަޅުކަންކުރާ ދީނެއް ކަމުގައިވީނަމަ، އޭނާއަށް އެކަން ނުކުރެވުނީހެވެ. އެހެނީ ޔަހޫދީ ޝަރީއަތުގައި “ބުދަށް އަޅުކަންކުރާ މީހަކަށް، އުޖޫރައަކަށް ވިޔަސް، ބޭސްފަރުވާގެ އެހީތެރިކަން ދިނުމަކީ މަނާކަމެއް” ކަމުގައި އޭނާ އަމިއްލައަށް ކަނޑައަޅުއްވާފައިވާތީއެވެ.

އިންސާނިއްޔަތުގެ ބާކީއަކީ ނޫހުގެފާނު އަދި އެކަނލޭގެފާނު ނައުކޮޅުގައިވީ ދަރިފަސްކޮޅު – ބްނޭ ނޯއާ (ذُرِّيَّةَ نُوحٍ):

މާތް މަތިވެރި ޞަޙާބީ ޢަބްދުﷲ އިބްނު ޢަބާސް (3هـ -68 هـ) رضي الله عنه ﷲ ތަޢާލާގެ މި ބަސްފުޅުގެ މާނައިގައި: وَمَا كَانَ النَّاسُ إِلَّا أُمَّةً وَاحِدَةً فَاخْتَلَفُوا ‘އަދި މީސްތަކުން ވީ ހަމައެކަނި އެއް އުއްމަތެއްގެ ގޮތުގައެވެ. ދެން އެއުރެން ދެބަސްވެއްޖައެވެ.’ (ޔޫނުސް: 19) ގެ މާނައިގައި ވިދާޅުވިއެވެ. كان بين آدم ونوح عشرة قرون كلهم على التّوحيد  “އާދަމްގެފާނާއި ނޫޙްގެފާނާ ދެމެދު ދިހަ ޤަރުނު ވޭތުވިއެވެ. އެ ހުރިހާ ބަޔަކުވެސް ތިބީ ތައުޙީދުގެ މަތީގައެވެ.”

މާޠޫފާނަށްފަހު، އިންސާނިއްޔަތު ދެމިއޮތީ ނޫހުގެފާނުގެ ދަރިފަސްކޮޅުގެ މެދުވެރިކޮށްކަން ކީރިތި ޤުރުއާނުގައި ބަޔާންކޮށްދެއްވާފައިވެއެވެ. މުޅި އިންސާނިއްޔަތަކީ ނޫހުގެފާނާއެކު ސަލާމަތްކުރެއްވި ދަރިފަސްކޮޅެވެ.

މާތްﷲ ވާހަކަދައްކަވާ ވަޙީކުރައްވާފައިވެއެވެ: ﴿ وَجَعَلۡنَا ذُرِّيَّتَهُۥ هُمُ ٱلۡبَاقِينَ  ﴾ [الصافات: 77]
” އަދި ދެން ތިބި ބަޔަކީ، އެކަލޭގެފާނުގެ ދަރިކޮޅުކަމުގައި ތިމަން އިލާހު ލެއްވީމެވެ.”

އަދި މާތްﷲ އިންސާނުންނަށް މުޚާޠަބުކުރައްވައި ވާހަކަދައްކަވާ ވަޙީކުރައްވާފައިވެއެވެ:
﴿ ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوحٍ ۚ إِنَّهُ كَانَ عَبْدًا شَكُورًا﴾ [ الإسراء: 3]  “ތިމަން އިލާހު ނޫޙުގެފާނާ އެކުގައި އުފުއްލެވި ދަރިފަސްކޮޅުގެ މީހުންނެވެ. ހަމަކަށަވަރުން ޝުކުރުވެރިވާ އަޅަކު ކަމުގައި އެކަލޭގެފާނުވިއެވެ.”

ތަޤުވާވެރިން – ޔިރޭ ޝަމައިމް (יִרְאֵי שָׁמַيִם): ޙަޤީޤީ ދީނުގެ ބިންގާ

ނަބީބޭކަލުންގެ މަގަށް ތަބާވާ މީހުންނަކީ ތަޤުވާވެރިން (المتقون) ކަމުގައި ކީރިތި ޤުރުއާނުގައި ސިފަކުރައްވާފައިވެއެވެ.

މާތްﷲ ވާހަކަދައްކަވާ ވަޙީކުރައްވާފައިވެއެވެ: ﴿ ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ﴾ [ سورة البقرة: 2] “މިއީ އެފޮތެވެ. އޭގައި އެއްވެސް ޝައްކެއް ނެތެވެ. (އެއީ) ތަޤުވާވެރިންނަށް ހުރި ތެދުމަގެކެވެ.”

އަދިވެސް ވާހަކަދައްކަވާ ވަޙީކުރައްވާފައިވެއެވެ: ﴿ لَهُم مِّن فَوْقِهِمْ ظُلَلٌ مِّنَ النَّارِ وَمِن تَحْتِهِمْ ظُلَلٌ ۚ ذَٰلِكَ يُخَوِّفُ اللَّهُ بِهِ عِبَادَهُ ۚ يَا عِبَادِ فَاتَّقُونِ﴾ [ الزمر: 16] “(ނަރަކައިގައި) އެ މީހުންނަށް އެ މީހުންގެ މަތީގައި އަލިފާނުގެ ފަށަލަތަކެއްވެއެވެ. އަދި އެ މީހުންގެ ދަށުގައިވެސް (އަލިފާނުގެ) ފަށަލަތަކެއްވެއެވެ. ﷲ އެ ތަކެތިން އެ އިލާހުގެ އަޅުތަކުން ބިރުގަންނަވައެވެ. އޭ ތިމަން އިލާހުގެ އަޅުތަކުންނޭވެ. ފަހެ ތިޔަބައިމީހުން، ތިމަން އިލާހަށް ތަގުވާވެރިވާށެވެ.”

މިއީ އެބައިމީހުންގެ ޚާލިޤުވަންތަ އިލާހު ދެނެގަނެ، ހަމައެކަނި އެކަލާނގެއަށް އަޅުކަންކޮށް، އެކަލާނގެއާ އެއްވެސް އެއްޗަކާ ޝަރީކުކުރުމުން ދުރުހެލިވާ މީހުންނެވެ.

އިސްލާމްދީނުގެ މައިގަނޑު މެސެޖަކީ ތައުހީދެވެ.އެއްވެސް ބައިވެރިއަކާ ނުލައި ހަމައެކަނި މާތްﷲ އަށް އަޅުކަންކުރުމެވެ.

މާތްﷲ ވާހަކަދައްކަވާ ވަޙީކުރައްވާފައިވެއެވެ. ﴿ وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ ۖ فَمِنْهُم مَّنْ هَدَى اللَّهُ وَمِنْهُم مَّنْ حَقَّتْ عَلَيْهِ الضَّلَالَةُ ۚ فَسِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ﴾ [ سورة النحل: 36] ” އަދި ހަމަކަށަވަރުން ތިމަން އިލާހު ކޮންމެ އުއްމަތެއްގައި ރަސޫލަކު ފޮނުއްވީމެވެ. އެއީ ﷲ އަށް އަޅުކަންކުރުމަށާއި، ޠާޣޫތުންގެ ކިބައިން ދުރުވެގަތުމަށް އެންގެވުމަށެވެ. ފަހެ އެ މީހުންގެ ތެރެއިން ﷲ ތެދުމަގު ދެއްކެވި މީހުން ވެއެވެ. އަދި މަގުފުރެދުން އެބަޔެއްގެ މައްޗަށް ހައްގު ވެގެންވީ މީހުންވެސް، އެ މީހުންގެ ތެރެއިން ވެއެވެ. ފަހެ ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ. ފަހެ ދޮގުކުޅަމީހުންގެ ނަތީޖާ އޮތީ ކޮންފަދައަކުންކަން ތިޔަބައިމީހުން ދެކޭށެވެ.”

އަދިވެސް ވާހަކަދައްކަވައި ވަޙީކުރައްވާފައިވެއެވެ. ﴿ وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ﴾ [ الأنبياء: 25] “ހަމަކަށަވަރުން ތިމަން އިލާހު މެނުވީ (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނުވާކަމަށް އެ ބޭކަލަކަށް ވަހީ ނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަން އިލާހު ނުފޮނުއްވަމެވެ. ފަހެ ތިޔަބައިމީހުން (ހަމައެކަނި) ތިމަން އިލާހަށް އަޅުކަން ކުރާށެވެ!”

އަދި އުޑުތަކުގެ މަތީގައިވާ އިލާހާ ބެހޭގޮތުން ވާހަކަދައްކަވާ ވަޙީކުރައްވާފައިވެއެވެ.


﴿ أَأَمِنتُم مَّن فِي السَّمَاءِ أَن يَخْسِفَ بِكُمُ الْأَرْضَ فَإِذَا هِيَ تَمُورُ﴾ [ الملك: 16]  “އުޑުގެ މަތީގައި ވޮޑިގެންވާ ފަރާތް (ﷲ)، ތިޔަބައިމީހުންނާއިގެން ބިން ގަންބަވައިގެންފާނެ ކަމާމެދު ތިޔަބައިމީހުން ވަނީ (ބިރެއްނެތި) އަމާންވެގެންހެއްޔެވެ؟ ފަހެ އެހާރުން ބިންގަނޑު ތެޅިފޮޅިގަންނާނެއެވެ.”

﴿ أَمْ أَمِنتُم مَّن فِي السَّمَاءِ أَن يُرْسِلَ عَلَيْكُمْ حَاصِبًا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ﴾ [ الملك: 17]

“ނުވަތަ އުޑުގެ މަތީގައި ވޮޑިގެންވާ ފަރާތް (ﷲ)، ތިޔަބައިމީހުންގެ މައްޗަށް ހިލައިގެ ވާރޭ ފޮނުއްވާފާނޭ ކަމާމެދު ތިޔަބައިމީހުން ވަނީ (ބިރެއް ނެތި) އަމާންވެގެންހެއްޔެވެ؟ ފަހެ ތިމަން އިލާހުގެ އިންޒާރުކުރެއްވުން ވަނީ ކޮންފަދައަކުންކަން ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ.”

އުޑުތަކުގެ މަތީގައިވޮޑިގެންވާ އެއްކައުންވަންތަ އިލާހަށް އީމާންވުމުގެ މި ފިކުރަކީ ހުރިހާ ނަބީބޭކަލުންގެ ދީނުގެ އަޞްލެވެ.

އިސްލާމްދީނުގެ ޢަމާންކަމާއި ޢަދުލުވެރިކަމާއި ރައްކާތެރިކަން

މާތްﷲ ވާހަކަދައްކަވާ ވަޙީކުރައްވާފައިވެއެވެ. ﴿ وَإِنْ أَحَدٌ مِّنَ الْمُشْرِكِينَ اسْتَجَارَكَ فَأَجِرْهُ حَتَّىٰ يَسْمَعَ كَلَامَ اللَّهِ ثُمَّ أَبْلِغْهُ مَأْمَنَهُ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْلَمُونَ﴾ [ التوبة: 6] “އަދި މުޝްރިކުންގެ ތެރެއިން މީހަކު، ކަލޭގެފާނުގެ އަރިހުން ރައްކާތެރިކަމަކަށް އެދިއްޖެނަމަ، ފަހެ އޭނާ ﷲ ގެ ބަސްފުޅު (ވާހަކަފުޅު) އިވުމަށް ޓަކައި، އެ މީހަކަށް ރައްކާތެރިކަން ދެއްވާށެވެ. އެއަށްފަހު އޭނާއަށް އަމާންކަން ލިބިގެންވާ ތަނަކާ ހަމައަށް އޭނާ އަނބުރާ ފޮނުވާދެއްވާށެވެ. އެއީ ހަމަކަށަވަރުން އެ މީހުންނަކީ ނޭނގޭ ބަޔަކަށް ވާތީއެވެ.”

އެހެންކަމުން، އިސްލާމްދީނަކީ އަލަށް އުފެދުނު ދީނެއް ނޫނެވެ. އެއީ އިންސާނިއްޔަތުގެ އަޞްލު ދީނެވެ. އެއީ އާދަމުގެފާނާއި، ނޫހުގެފާނާއި، އިބްރާހީމްގެފާނާއި، މޫސާގެފާނާއި، ޢީސާގެފާނުގެ އިތުރުން ހުރިހާ ނަބީބޭކަލުންގެ ދީނެވެ.

އާދަމުގެފާނު → ނޫހުގެފާނު → އިބްރާހީމްގެފާނު → މުޙައްމަދު ﷺ

މި ދީނުގެ މެސެޖު ސާދާވެފައި ސާފެވެ. ހަމައެކަނި މާތްﷲ އަށް އަޅުކަންކުރާށެވެ. އެކަލާނގެއަށް ބިރުވެތިވެ ކިޔަމަންތެރިވާށެވެ. އެކަލާނގެއާ އެއްވެސް އެއްޗަކާ ޝަރީކުކުރުމުން ދުރުހެލިވާށެވެ.

ކީރިތި ޤުރުއާނުގައި މި މަގަށް ތަބާވާ މީހުންނަށް ކިޔަނީ “المتقون” ނުވަތަ ތަޤުވާވެރިންނެވެ. އިސްލާމްދީނަކީ އެންމެ ފުރަތަމަ އިންސާނާ އިން ފެށިގެން، ނަބީބޭކަލުން މެދުވެރިކޮށް، އެންމެ ފަހުގެ ރަސޫލާ މުޙައްމަދު ﷺ އާ ހަމައަށް މެދުނުކެނޑި އައިސްފައިވާ ގަދީމީ ތައުހީދުގެ ދީނުގެ ފުރިހަމަ ކުރިއަށްދިޔުމެވެ. އެބަހީ ހުއްޓުމެއްނެތި އައި އެންމެ ދީނެވެ. އެއް ދީނެއް، އެއް ނަބިއްޔެއް، އެއް ރިސާލަތެކެވެ. އެއް މަގެކެވެ. އެއް ރައްބެކެވެ. އެއް ސުވަރުގެއެވެ. އެއް ހެޔޮނިމުމެކެވެ.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ. غَفَرَ اللَّهُ لِوَالِدَيَّ وَلِجَمِيعِ الْمُسْلِمِينَ، وَرَحِمَ اللَّهُ وَالِدِي رَحْمَةً وَاسِعَةً، وَأَسْكَنَهُ فَسِيحَ جَنَّاتِهِ. وَوَفَّقَنَا اللَّهُ وَإِيَّاكُمْ لِمَا يُحِبُّ وَيَرْضَى. عَبْدٌ فَقِيرٌ إِلَى عَفْوِ رَبِّهِ، أَسْأَلُ اللَّهَ أَنْ يُوَفِّقَنِي لِمَا يُحِبُّ وَيَرْضَى، وَأَنْ يَجْعَلَهُ خَالِصًا لِوَجْهِهِ الْكَرِيمِ.

إِسْمَاعِيلُ بْنُ رَفِيقٍ مُحَمَّدٌ

عَبْدٌ فَقِيرٌ إِلَى عَفْوِ رَبِّهِ، أَسْأَلُ اللَّهَ أَنْ يُوَفِّقَنِي لِمَا يُحِبُّ وَيَرْضَى، وَأَنْ يَجْعَلَهُ خَالِصًا لِوَجْهِهِ الْكَرِيمِ.

Scroll to Top