ޚުމައިނީ ތަކްފީރު ކުރައްވައި ޝައިޚް އަލްބާނީ ނެރުއްވި ފަތުވާ

السلام عليكم ورحمة الله وبركاته،

މިއީ މި ޤަރުނުގެ އިމާމް، މި ޒަމާނުގެ މުޙައްދިޘް ފަޟީލަތުއްޝައިޚް މުޙައްމަދު ނާޞިރުއްދީން އަލްއަލްބާނީ – رحمه الله – ޚުމައިނީއާ ބެހޭގޮތުން ދެއްވާފައިވާ ފަތުވާއެކެވެ.

منظمة المؤتمر الإسلامي الشعبي ޖަމްޢިއްޔާ ގެ ރައީސް ޑޮކްޓަރު ބައްޝާރު ޢައްވާދު، ފަޟީލަތުލް ޢައްލާމާ މުޙައްދިޘް ޝައިޚް މުޙައްމަދު ނާޞިރުއްދީން އަލްއަލްބާނީއަށް ފޮނުއްވި ސުވާލެއްގައިވެއެވެ: “އަޅުގަނޑުމެންނަށް ރޫޙުﷲ ޚުމައިނީގެ ފޮތްތަކުންނާއި، އީރާނުގެ މީޑިއާތަކުން ފަތުރާފައިވާ އޭނާގެ ޚުޠުބާތަކާއި ބަސްތަކުން ބައެއް ޢިބާރާތްތައް ފާހަގަކުރެވިފައިވެއެވެ. ﷲގެ ޙަޟްރަތުން ދަރުމައަށް އެދިވަޑައިގަންނަވާ ޙާލު، އެކަންކަމާމެދު ފަޟީލަތުއް ޝެއިޚް ޙުކުމެއް ބަޔާންކޮށްދެއްވުން އެދި ދަންނަވަމެވެ.” އެއަށްފަހު އޭނާ ވަނީ ފަސް ބުނުމެއް ޚުލާޞާކޮށް ޛިކުރުކުރައްވާފައެވެ.

📌 1 ވަނަ ބުނުން: ޚުމައިނީ އޭނާގެ ‘އަލްޙުކޫމަތުލް އިސްލާމިއްޔާ’ (އިސްލާމީ ސަރުކާރު) ކިޔާ ފޮތުގެ 52 ވަނަ ޞަފުޙާގައި ލިޔެފައިވެއެވެ: “އަޅުގަނޑުމެންގެ މަޛްހަބުގެ ޟަރޫރީ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަކީ، އަޅުގަނޑުމެންގެ އިމާމުންނަށް، ﷲއާ ކުއްތަންވެގެންވާ މަލާއިކަތަކަށް ވެސް އަދި ފޮނުއްވުނު ނަބިއްޔަކަށް ވެސް ވާޞިލުނުވެވޭނޭ ފަދަ މަތިވެރި މަޤާމެއް ލިބިގެންވުމެވެ.”

📌- 2 ވަނަ ބުނުން: އިންތިޒާރުކުރެވޭ މަހުދީ ފާޅުވެވަޑައިގަތުމާ ބެހޭގޮތުންނެވެ. އޭނާ ބުނާ ގޮތުގައި، ހުރިހާ ނަބިއްޔުންނަށް ވެސް، އަދި ނަބީކަން ނިންމެވި މުޙައްމަދު ﷺ އަށް ވެސް ކާމިޔާބުވެވަޑައިނުގެންނެވި ކަންކަން މަހުދީ ކާމިޔާބު ކުރައްވާނެއެވެ. އޭނާގެ ދަޢުވާއަކީ، އިންސާނިއްޔަތުގެ ހުރިހާ މަރުޙަލާއެއްގައި، މުޅި ދުނިޔޭގައި ޢަދުލުވެރިކަމުގެ ބިންގާ އެޅުމުގައާއި، އިންސާނުންގެ ކިބައިގައި ހުރި އިންޙިރާފުތައް އިޞްލާޙުކުރުމުގައި ނަބިއްޔާ ﷺ އަށް ނަޖާވެ ކާމިޔާބުވެވަޑައިނުގެންނެވި ކަމަށެވެ!!

📌- 3 ވަނަ ބުނުން: އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އީރާނުގެ ރޭޑިއޯއިން ފޮނުވި ބަހެކެވެ. އޭގައި އޭނާ ދަޢުވާކުރި ގޮތުގައި، ނަބިއްޔާ ﷺ އަވަހާރަވުމަށްފަހު ފާޠިމަތުގެފާނު رضي الله عنها ގެ މައްޗަށް 75 ދުވަސް ވަންދެން ވަޙީ ބާވައިލެއްވުނެވެ.

📌- 4 ވަނަ ބުނުން: އޭނާގެ ‘ކަޝްފުލް އަސްރާރު’ ކިޔާ ފޮތުގެ ދެ ފަޞްލެކެވެ. އެއިން އެއް ފަޞްލުގައި އަބޫބަކުރުގެފާނު رضي الله عنه ކާފަރުކޮށްފައިވާއިރު، އަނެއް ފަޞްލުގައި ޢުމަރުގެފާނު رضي الله عنه ކާފަރުކޮށްފައިވެއެވެ. (ޞަފުޙާ 114)

📌- 5 ވަނަ ބުނުން: “ޞަނަމައި ޤުރައިޝް” (ޤުރައިޝްވަންހައިގެ ދެ ބުދު) ކިޔާ ދުޢާގެ މައްޗަށް ޚުމައިނީ ސޮއިކޮށްފައިވުމެވެ. މިއީ އަބޫބަކުރުގެފާނާއި ޢުމަރުގެފާނަށް ބަދުދުޢާކުރުމަށް ޝީޢީން ގެންގުޅޭ ދުޢާއެކެވެ. އެމީހުން ދެކޭގޮތުގައި މިއީ ﷲއަށް ކުއްތަންވުމުގެ ގޮތުން ކުރާ ކަމެކެވެ.

ޝައިޚްގެ ފަތުވާގެ ނައްޞު:

بسم الله الرحمن الرحيم،

ތިޔަބޭފުޅުން ‘ރޫޙުﷲ ޚުމައިނީ’ ކިޔާ މީހާގެ ފޮތްތަކުން ނަކަލުކޮށް، އެކަމުގެ ޙުކުމާއި އެ ބުނި މީހާގެ ޙުކުމް ބަޔާންކޮށްދިނުމަށް އެދިވަޑައިގެން ފޮނުއްވި ފަސް ބުނުން އަޅުގަނޑު ކިޔައިފީމެވެ. ފަހެ، ﷲގެ އެހީތެރިކަމަށް އެކަނި އެދި ހުރެ އަހުރެން ބުނަމެވެ.

ހަމަކަށަވަރުން އެ ފަސް ބުނުމުގެ ތެރެއިން ކޮންމެ ބުނުމަކީވެސް ފާޅުވެގެންވާ ކުފުރެކެވެ. އަދި ސާފު ބޮޑުވެގެންވާ ޝިރުކެކެވެ. އެއީ ކީރިތި ޤުރުއާނާއި، ޠާހިރުވެގެންވި ސުންނަތާއި، އުންމަތުގެ އިޖުމާޢުއާއި، ދީނުގެ ތެރެއިން ޟަރޫރީ ގޮތުން އެނގެން ހުރި ކަންކަމާ ޚިލާފު ކަންކަމެވެ. އެހެންކަމުން، އެއިން ކަމެއް ޤަބޫލުކޮށްގެން ހުރެ އެފަދަ ބަހެއް ބުނި ކޮންމެ މީހަކީ، އޭނާ ނަމާދުކޮށް ރޯދަހިފި ކަމުގައިވިޔަސް، އަދި އޭނާއަކީ މުސްލިމެއް ކަމަށް ދަޢުވާކުރި ކަމުގައިވިޔަސް، މުޝްރިކު ކާފަރެކެވެ.

މަތިވެރިވަންތަ، ހުސްޠާޙިރުވަންތަ ﷲ، އުނި އިތުރެއްވުމުން ރައްކާތެރިކުރައްވާފައިވާ އެކަލާނގެ ފޮތުގައި ވާހަކަފުޅުވިދާޅުވެވޮޑިގަންނަވައި ވަޙީކުރައްވާފައިވެއެވެ.

﴿وَمَنْ يُشَاقِقِ الرَّسُولَ مِنْ بَعْدِ مَا تَبَيَّنَ لَهُ الهُدَى وَيَتَّبِعْ غَيْرَ سَبِيلِ المُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءَتْ مَصِيرًا﴾ މާނައީ: “އަދި ހިދާޔަތް ބަޔާންވެ އެނގުމަށްފަހު، رسولއާ خلاف ވެ ދެކޮޅުވެރިވެ، مؤمنންގެ މަގު ނޫން މަގަކަށް تبع ވާމީހާ، އޭނާ އިޚްތިޔާރުކުރި މަގަކަށް ތިމަންރަސްކަލާނގެ ދޫކޮށްލައްވާހުށީމެވެ. އަދި ތިމަންރަސްކަލާނގެ އޭނާ ނަރަކައަށް ލައްވާހުށީމެވެ. އެއީ އެނބުރިގޮސްތިބުމަށް ނުބައި ވެގެންވާ ތަނެކެވެ.”

މި މުނާސަބަތުގައި އަހަރެން ބުނަމެވެ!

އަހުލުއްސުންނާ ވަލްޖަމާޢަތުގެ މީހުން ކަމަށް ދަޢުވާކުރާ ބައެއް މީހުން، ޚުމައިނީންގެ ދައުލަތް ޤާއިމުކުރުމަށާއި މުސްލިމުންގެ ބިމުގައި އެމީހުންނަށް ބާރުވެރިކަން ހޯދައިދިނުމަށް އެމީހުންނާ އެކު ބައިވެރިވެ މަސައްކަތްކުރާ ކަމީ، އަހަރެންގެ ޙައިރާންކަން ކޮޅުންނެތް ކަމެކެވެ. އެމީހުން އެކަން ކުރަނީ އޭގައި އެކުލެވޭ ކުފުރާއި، މަގުފުރެދުމާއި، ބިމުގައި ފަސާދަކުރުން ނޭނގި ތިބެގެން ނުވަތަ އެކަމަށް ޣާފިލުވެ ތިބެގެންނެވެ. (وَاللَّهُ لَا يُحِبُّ الْفَسَادَ) “ﷲ ފަސާދައަށް ލޯބިވެވޮޑިގެން ނުވެއެވެ.”

އެމީހުންގެ އުޒުރަކީ އެމީހުންގެ (ޝީޢީންގެ) ޢަޤީދާ ނޭނގުމާއި، އަޅުގަނޑުމެންނާއި އެމީހުންނާ ދެމެދު އޮތީ ހަމައެކަނި ފަރުޢީ ކަންކަމުގެ ޚިލާފެއް ކަމަށް ހީކުރުން ކަމުގައިވާނަމަ، ‘އަލްޙުކޫމަތުލް އިސްލާމިއްޔާ’ ކިޔާ ކުޑަ ފޮތް ނެރެ، އެތައް ފަހަރަކު ޗާޕުކޮށް، އިސްލާމީ ދުނިޔޭގައި ފަތުރާފައިވާއިރު، ދެން އެމީހުންނަށް އޮތީ ކޮން އުޒުރެއް ހެއްޔެވެ؟ އެ ފޮތުގައިވާ ކުފުރުގެ ވާހަކަތަކުގެ ތެރެއިން ބައެއް ކަންކަން ފުރަތަމަ ސުވާލުގައި ނަކަލުކުރެވިފައި އެވަނީއެވެ.

އެވަރުން ޖާހިލު މީހާއަށް އުނގެނުމަށާއި، ޣާފިލު މީހާ ހޭލުމަށް ފުދެއެވެ. މިއީ އެ ފޮތަކީ އިޝްތިހާރުކުރުމާއި ސިޔާސީ ބޭނުމަށް ލިޔެފައިވާ ފޮތަކަށް ވެފައި، އެފަދަ ފޮތެއްގައި ގޮވާލެވޭ މީހުންގެ ގާތުގައި ފާޅުކަން ބޮޑު ކުފުރުގެ ގޮތުގައި ފެންނަން ހުރި ޢަޤީދާތައް ޛިކުރުނުކުރުމަކީ އާދައިގެ ކަމަކަށް ވާއިރުވެސްމެއެވެ. އަދި ޝީޢީންނަކީ އެމީހުން ޤަބޫލުނުކުރާ ކަންކަން ދުލުން ބުނުމާއި ލިޔުމަށް ހުއްދަކުރާ ‘ތަޤިއްޔާ’ ދީނެއްގެ ގޮތުގައި ގެންގުޅޭ ބަޔަކަށް ވާއިރުވެސްމެއެވެ. އެއީ ﷲ عز وجل އެމީހުންގެ ކުރިން އުޅުނު އެފަދަ މީހުންނާ ބެހޭގޮތުން ވަޙީކުރައްވާފައިވާ ފަދައިންނެވެ: (يَقُولُونَ بِأَلْسِنَتِهِم مَّا لَيْسَ فِي قُلُوبِهِمْ) “އެމީހުންގެ ހިތްތަކުގައި ނުވާ އެއްޗެއް އެމީހުންގެ ދޫތަކުން ބުނެއެވެ.”

މިކަންކަމާއެކުވެސް، އެމީހުންގެ އެ ފޮތުގައި “ކުފުރުގެ ބަސް ބުނެފިއެވެ.” އެއީ މަތިވެރިވަންތަ ﷲ އެފަދަ މީހުންނާ ބެހޭގޮތުން ވާހަކަފުޅުވިދާޅުވެވޮޑިގަންނަވައި ވަޙީކުރައްވާފައިވާ ބަސްފުޅު ތަޞްދީޤުވަނިވި ގޮތެއްގައެވެ.

﴿وَإِذْ قَتَلْتُمْ نَفْسًا فَادَّارَأْتُمْ فِيهَا ۖ وَاللَّهُ مُخْرِجٌ مَّا كُنتُمْ تَكْتُمُونَ ٧٢﴾ “އަދި ތިޔަބައިމީހުން ވަންހަނާކުރަމުން ދިޔަ ކަންތައް ﷲ ފާޅުކުރައްވާނެއެވެ.”
އަދި (وَمَا تُخْفِي صُدُورُهُمْ أَكْبَرُ) “އަދި އެމީހުންގެ ހިތްތަކުގައި ވަންހަނާވެފައިވާ ކަންތައް މާ ބޮޑެވެ.”

ނިންމާލުމުގެ ގޮތުން، ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ވާހަކަފުޅުވިދާޅުވެވޮޑިގަންނަވައި ވަޙީކުރައްވާފައިވާ ބަސްފުޅުން ހުރިހާ މުސްލިމުންނަށް އިންޒާރުކުރަމުން ބުނަމެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا بِطَانَةً مِنْ دُونِكُمْ لَا يَأْلُونَكُمْ خَبَالًا وَدُّوا مَا عَنِتُّمْ قَدْ بَدَتِ البَغْضَاءُ فِي أَفْوَاهِهِمْ وَمَا تُخْفِي صُدُورُهُمْ أَكْبَرُ قَدْ بَيَّنَّا لَكُمُ الآيَاتِ إِنْ كُنْتُمْ تَعْقِلُونَ﴾
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން (دين ގެމީހުން) މީހުން މެނުވީ ސިއްރުވެރި (ގާތް) އެކުވެރިން ކަމުގައި ނުހަދާށެވެ. އެމީހުން ތިޔަބައިމީހުންނަށް ގެއްލުންދިނުމުގައި އެއްވެސް އުނިކަމެއް ނުބަހައްޓާނެއެވެ. ތިޔަބައިމީހުންނަށް ދަތި އުނދަގޫވުމަށް އެމީހުން އެދެއެވެ. ހަމަކަށަވަރުން، އެމީހުންގެ އަނގަތަކުން ރުޅިވެރިކަން ފާޅުވެއްޖެއެވެ. އަދި އެމީހުންގެ ހިތްތަކުގައި ވަންހަނާވެފައިވާ ކަންތައް މާ ބޮޑެވެ. ތިޔަބައިމީހުން ވިސްނާ ބަޔަކު ކަމުގައިވާނަމަ، ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް (މިމީހުންނާ ބެހޭގޮތުން) عبرة އާއި نصيحة بيان ކޮށްދީފީމެވެ.”

وسبحانك اللهم وبحمدك، أشهد أن لا إله إلا أنت، أستغفرك وأتوب إليك.

ލިޔުނީ: މުޙައްމަދު ނާޞިރުއްދީން އަލްއަލްބާނީ، އަބޫ ޢަބްދިއްރަޙްމާން
ޢައްމާން، 26 / 12 / 1407 ހިޖުރީ.

📌 [فَتْوَى الشَّيْخِ الأَلْبَانِيِّ – رَحِمَهُ اللَّهُ – فِي الخُمَيْنِيِّ]

السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ وَبَرَكَاتُهُ،

فَتْوَى إِمَامِ العَصْرِ الشَّيْخِ الأَلْبَانِيِّ – رَحِمَهُ اللَّهُ – فِي الخُمَيْنِيِّ..

فِي سُؤَالٍ وُجِّهَ إِلَيْهِ الرَّئِيسُ العَامُّ لِمُنَظَّمَةِ المُؤْتَمَرِ الإِسْلَامِيِّ الشَّعْبِيِّ الدُّكْتُورُ #بَشَّارُ_عَوَّاد إِلَى فَضِيلَةِ العَلَّامَةِ المُحَدِّثِ الشَّيْخِ مُحَمَّدِ نَاصِرِ الدِّينِ الأَلْبَانِيِّ يَقُولُ فِيهِ:

(فَقَدْ وَقَفْنَا عَلَى عِبَارَاتٍ وَرَدَتْ فِي كُتُبِ رُوحِ اللَّهِ الخُمَيْنِيِّ وَمَا نَشَرَتْهُ وَسَائِلُ الإِعْلَامِ الإِيرَانِيَّةُ مِنْ خُطَبِهِ وَأَقْوَالِهِ، نَرْجُو تَفَضُّلَكُمْ مَأْجُورِينَ إِنْ شَاءَ اللَّهُ بِبَيَانِ حُكْمِ فَضِيلَتِكُمْ فِيهَا).

ثُمَّ ذَكَرَ خَمْسَةَ أَقْوَالٍ نَذْكُرُهَا بِإِيجَازٍ:

📌 القَوْلُ الأَوَّلُ: قَوْلُ الخُمَيْنِيِّ فِي كِتَابِهِ (الحُكُومَةِ الإِسْلَامِيَّةِ) ص 52 مَا نَصُّهُ:
(إِنَّ مِنْ ضَرُورِيَّاتِ مَذْهَبِنَا أَنَّ لِأَئِمَّتِنَا مَقَامًا لَا يَبْلُغُهُ مَلَكٌ مُقَرَّبٌ وَلَا نَبِيٌّ مُرْسَلٌ).

📌 القَوْلُ الثَّانِي: عَنْ قِيَامِ المَهْدِيِّ المُنْتَظَرِ بِمَا لَمْ يَنْجَحْ فِيهِ الأَنْبِيَاءُ جَمِيعًا، حَتَّى نَبِيُّنَا مُحَمَّدٌ عَلَيْهِ الصَّلَاةُ وَالسَّلَامُ خَاتَمُ الأَنْبِيَاءِ، الَّذِي لَمْ يَنْجَحْ (حَسَبَ قَوْلِهِ) فِي إِرْسَاءِ قَوَاعِدِ العَدَالَةِ فِي جَمِيعِ أَنْحَاءِ العَالَمِ فِي جَمِيعِ مَرَاتِبِ إِنْسَانِيَّةِ الإِنْسَانِ وَتَقْوِيمِ انْحِرَافَاتِهِ!!

📌 القَوْلُ الثَّالِثُ: أُذِيعَ بِالإِذَاعَةِ الإِيرَانِيَّةِ بِمُنَاسَبَةِ عِيدِ المَرْأَةِ، وَالَّذِي زَعَمَ فِيهِ أَنَّ الوَحْيَ ظَلَّ يَنْزِلُ عَلَى فَاطِمَةَ رَضِيَ اللَّهُ عَنْهَا مُدَّةَ خَمْسَةٍ وَسَبْعِينَ يَوْمًا بَعْدَ وَفَاةِ النَّبِيِّ ﷺ.

📌 القَوْلُ الرَّابِعُ: فَصْلَيْنِ فِي كِتَابِهِ المُسَمَّى بِكَشْفِ الأَسْرَارِ، أَحَدُهُمَا تَكْفِيرُ أَبِي بَكْرٍ الصِّدِّيقِ رَضِيَ اللَّهُ عَنْهُ، وَالآخَرُ تَكْفِيرُ عُمَرَ الفَارُوقِ رَضِيَ اللَّهُ عَنْهُ ص 114.

📌 القَوْلُ الخَامِسُ: تَوْقِيعُ الخُمَيْنِيِّ عَلَى دُعَاءِ “صَنَمَي قُرَيْشٍ”، وَهُوَ مِنْ أَدْعِيَةِ الشِّيعَةِ عَلَى أَبِي بَكْرٍ وَعُمَرَ، فَهُمْ يَقُولُونَ بِهِ تَقَرُّبًا إِلَى اللَّهِ عَزَّ وَجَلَّ.

نَصُّ فَتْوَى الشَّيْخِ

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ،

فَقَدْ وَقَفْتُ عَلَى الأَقْوَالِ الخَمْسَةِ الَّتِي نَقَلْتُمُوهَا عَنْ كُتُبِ المُسَمَّى (رُوحِ اللَّهِ الخُمَيْنِيِّ)، رَاغِبِينَ مِنِّي بَيَانَ حُكْمِي فِيهَا وَفِي قَائِلِهَا، فَأَقُولُ وَبِاللَّهِ تَعَالَى

👈 وَحْدَهُ أَسْتَعِينُ:

إِنَّ كُلَّ قَوْلٍ مِنْ تِلْكَ الأَقْوَالِ الخَمْسَةِ #كُفْرٌ بَوَاحٌ، وَشِرْكٌ صِرَاحٌ، لِمُخَالَفَتِهِ لِلْقُرْآنِ الكَرِيمِ، وَالسُّنَّةِ المُطَهَّرَةِ، وَإِجْمَاعِ الأُمَّةِ، وَمَا هُوَ مَعْلُومٌ مِنَ الدِّينِ بِالضَّرُورَةِ.

وَلِذَلِكَ فَكُلُّ مَنْ قَالَ بِهَا، مُعْتَقِدًا، وَلَوْ بِبَعْضِ مَا فِيهَا، فَهُوَ مُشْرِكٌ كَافِرٌ، وَإِنْ صَامَ وَصَلَّى وَزَعَمَ أَنَّهُ مُسْلِمٌ.

وَاللَّهُ سُبْحَانَهُ وَتَعَالَى يَقُولُ فِي كِتَابِهِ المَحْفُوظِ عَنْ كُلِّ زِيَادَةٍ وَنَقْصٍ:

﴿وَمَنْ يُشَاقِقِ الرَّسُولَ مِنْ بَعْدِ مَا تَبَيَّنَ لَهُ الهُدَى وَيَتَّبِعْ غَيْرَ سَبِيلِ المُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءَتْ مَصِيرًا﴾

👈 وَبِهَذِهِ المُنَاسَبَةِ أَقُولُ:

إِنَّ عَجَبِي لَا يَكَادُ يَنْتَهِي مِنْ أُنَاسٍ يَدَّعُونَ أَنَّهُمْ مِنْ أَهْلِ السُّنَّةِ وَالجَمَاعَةِ، يَتَعَاوَنُونَ مَعَ (الخُمَيْنِيِّينَ) فِي الدَّعْوَةِ إِلَى إِقَامَةِ دَوْلَتِهِمْ، وَالتَّمْكِينِ لَهَا فِي أَرْضِ المُسْلِمِينَ، جَاهِلِينَ أَوْ مُتَجَاهِلِينَ عَمَّا فِيهَا مِنَ الكُفْرِ وَالضَّلَالِ، وَالفَسَادِ فِي الأَرْضِ.

﴿وَاللَّهُ لَا يُحِبُّ الفَسَادَ﴾

فَإِنْ كَانَ عُذْرُهُمْ جَهْلَهُمْ بِعَقَائِدِهِمْ، وَزَعْمَهُمْ أَنَّ الخِلَافَ بَيْنَنَا وَبَيْنَهُمْ إِنَّمَا هُوَ خِلَافٌ فِي الفُرُوعِ وَلَيْسَ فِي الأُصُولِ، فَمَا هُوَ عُذْرُهُمْ بَعْدَ أَنْ نَشَرُوا كُتَيِّبَهُمْ (الحُكُومَةِ الإِسْلَامِيَّةِ) وَطَبَعُوهُ عِدَّةَ طَبَعَاتٍ، وَنَشَرُوهُ فِي العَالَمِ الإِسْلَامِيِّ، وَفِيهِ مِنَ الكُفْرِيَّاتِ مَا جَاءَ نَقْلُ بَعْضِهَا عَنْهُ فِي #السُّؤَالِ_الأَوَّلِ.

وَخِتَامًا أَقُولُ مُحَذِّرًا جَمِيعَ المُسْلِمِينَ بِقَوْلِ رَبِّ العَالَمِينَ:

﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا بِطَانَةً مِنْ دُونِكُمْ لَا يَأْلُونَكُمْ خَبَالًا وَدُّوا مَا عَنِتُّمْ قَدْ بَدَتِ البَغْضَاءُ فِي أَفْوَاهِهِمْ وَمَا تُخْفِي صُدُورُهُمْ أَكْبَرُ قَدْ بَيَّنَّا لَكُمُ الآيَاتِ إِنْ كُنْتُمْ تَعْقِلُونَ﴾

وَسُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ.

كَتَبَهُ:
مُحَمَّدُ نَاصِرُ الدِّينِ الأَلْبَانِيُّ، أَبُو عَبْدِ الرَّحْمَنِ

عَمَّان
26 / 12 / 1407 هـ

Scroll to Top