ﷲ ސުބްޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ އެކަލާނގެ ޢަރްޝީގެ މަތީގައި ކަމަށް އިންކާރުކޮށް، ފަލްސަފާވެރިންގެ ބަސްތައް ބޭނުންކޮށްގެން ޙުސައިން ރަޝީދު އަޙްމަދު ފަތުރަމުންދާ ބާޠިލު ޖަހުމީ ކުފުރުގެ ޢަޤީދާއަކީ، ސަލަފުއްޞާލިޙުންގެ އިޖުމާޢާ ކަނޑައެޅިގެން ޚިލާފު، އަދި އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ ފުނޑުފުނޑުކޮށްލާ ފަދަ ނުރައްކާތެރި މަގުފުރެދުމެކެވެ. މިއީ ކިހާވަރެއްގެ ނުރައްކާތެރި ކަމެއްކަން ސަލަފުންގެ ބޮޑެތި އިމާމުންގެ ބަސްފުޅުތަކުން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ.

މީގެ އިތުރުން، މި ޖާހިލު މީހަކީ އިމާމް މުޙައްމަދު ބިން ޢަބްދުލްވައްހާބުގެ ސަލަފީ، އަޘަރީ، ސުންނީ ދަޢުވަތަށް ނުހަނު ބޮޑަށް ރުޅިއަރައި ޢަދާވާތްތެރިވާ މީހެކެވެ. އޭނާ ސުންނަތުގެ މަތިވެރި ޢިލްމުވެރިންނަށް “ވައްހާބީން” ގެ ނަމުން ނިސްބަތްކޮށް، އެބޭކަލުންނަށް ފުރައްސާރަކޮށް ބަދުބަސްބުނެއެވެ. ހަމައެއާއެކު އޭނާއަކީ އީރާނުގެ ޝީޢީ ރާފިޟީންނަށާއި، ސަލަފުންގެ ޢަޤީދާ މަތީގައި ތިބޭ މީހުންނާއި އަހުލުލްޙަދީޘުން ނައްތާލަން މަސައްކަތްކުރާ އެންމެހައި ނުބައި ބާރުތަކަށް ތާއީދުކޮށް ވާގިވެރިވާކަން ފާޅުގައި ފެންނަން ހުރި މީހެކެވެ.


ޙުސައިން ރަޝީދު އަޙްމަދަކީ އަހުލުއްސުންނަތުގެ ޢިލްމުވެރިންނާމެދު ބޭއަދަބީ، ގޮތްކުޑަ ބަހުރުވައެއް ގެންގުޅޭ، އަދި ސުންނަތުގެ ޢިލްމުވެރިންނަށް ބަދުބަސްބުނެ ޢަދާވާތްތެރިކަން ފާޅުކުރާ މީހެކެވެ. އިމާމް އިބްނު ތައިމިއްޔާ ފަދަ ހެޔޮލަފާ ޢިލްމުވެރިންނަކީ ހަރުކަށި ފިކުރަށް ގޮވާލާ، ފިތުނަ އުފެއްދި ބައެއްކަމަށް ބުނެ ދޮގު ބުހުތާނު ހަދައި، އެބޭކަލުންގެ ޤަދަރުކުޑަކުރުމަށް އޭނާ މަސައްކަތްކުރެއެވެ. އޭނާއަކީ ދީނާއި ސިޔާސަތު ވަކިކުރުމަށް ގޮވާލާ ޢަލްމާނީ (ސެކިއުލަރ) އަދި މުރުޖިއީ ފިކުރު ފަތުރަން މަސައްކަތްކުރާ، އަދި “ދީން އޮންނާނީ ހިތުގައޭ”، “ދީނަކީ ހަމައެކަނި މިސްކިތުގައި އޮންނަ އެއްޗެކޭ” އަދި “ދައުލަތަކާއި ދީނެއް ނޯންނާނެޔޭ” ބުނެ، ލާދީނީ ފިކުރު ކުރިއަރުވަން މަސައްކަތްކުރާ ކަމުގެ ތުހުމަތުކުރެވޭ މީހެކެވެ. އޭނާ ފާޅުކުރަމުން އެދަނީ ސީދާ އިސްލާމްދީނުން މީހާ ބޭރުކޮށްލަނިވި، މުރުތައްދުވާފަދަ ނުރައްކާތެރި އިޢުތިޤާދުތަކެކެވެ. މާތް ﷲ މީނާގެ މައްޗަށް ޝަރުޢީ ކޯޓުތައް މެދުވެރިކޮށް، ވެރިކަމުގެ ބާރާއެކު ޙައްޤު ޙުކުމް ޤާއިމުކުރައްވާށިއެވެ! ﷲ އޭނާއަށް ހިދާޔަތް ދައްކަވާށިއެވެ! ނުވަތަ ގަދަފަދަވެގެންވާ ހިއްޕެވުމަކުން އޭނާ ހިއްޕަވާށިއެވެ!
ﷲ އުޑުތަކުގެ މަތީގައި ވޮޑިގެންވާ ކަމަށް އިންކާރުކުރުމަކީ، އިސްލާމްދީނުގެ މިއްލަތުން މީހާ ބޭރުކޮށްލަނިވި ބޮޑު ކުފުރެއް (ކުފުރު އަކްބަރު) ކަމާމެދު އިމާމް އަބޫ ޙަނީފާ (رحمه الله) ވަނީ ވަރަށް ސާފުކޮށް ވިދާޅުވެފައެވެ. އިމާމު އައްޛަހަބީ (رحمه الله) އެކަލޭގެފާނުގެ ފޮތް «مُخْتَصَرُ الْعُلُوِّ» ގައި ގެންނަވާފައިވެއެވެ.
119 – އަދި ޤާޟީ، އިމާމް ތާޖުއްދީން ޢަބްދުލްޚާލިޤް ބިން ޢަލްވާން ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އެއްސެވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. «الْمُقْنِع» ގެ މުއައްލިފު އިމާމް އަބޫ މުޙައްމަދު ޢަބްދުﷲ ބިން އަޙްމަދު އަލްމަޤްދިސީ ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އެއްސެވީމެވެ. އަބޫ ޙަނީފާ (رَحِمَهُ اللَّه) މިފަދައިން ވިދާޅުވިކަމަށް ތިމަންކަލޭގެފާނަށް ޚަބަރު ލިބިވަޑައިގެންފައިވެއެވެ.
«مَنْ أَنْكَرَ أَنَّ اللَّهَ عَزَّ وَجَلَّ فِي السَّمَاءِ فَقَدْ كَفَرَ» «ﷲ ޢައްޒަވަޖައްލަ އުޑުގައި ވޮޑިގެންވާކަމަށް އިންކާރުކޮށްފިމީހާ، ފަހެ، ހަމަކަށަވަރުން ކާފިރުވެއްޖެއެވެ.»
މި މަތިވެރި ޢަޤީދާއަކީ ޞަޙާބީންނާއި ތާބިޢީންގެ އިޖުމާޢުން ސާބިތުވާ ޙައްޤު ގޮތެވެ. ޙުސައިން ރަޝީދު އަޙްމަދު ފަދަ މީހުން މިއަދު ފަލްސަފާގެ މަގުން ﷲ ގެ ސިފަފުޅުތަކަށް އިންކާރުކުރާއިރު، ތަބަޢިއް ތާބިޢީންގެ އިމާމް، ޢަބްދުއްރަޙްމާން އަލްއައުޒާޢީ (އަވަހާރަވީ: 157ހ) ދެއްވާފައިވާ ޢިލްމީ އަދި ޤާޠިޢު ރައްދުތައް މި އަންނަނިވި އާޘާރުތަކުން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ:
3- އަލްއައުޒާޢީ، އަބޫ ޢަމްރު ޢަބްދުއްރަޙްމާން ބިން ޢަމްރު އެކަލޭގެފާނަކީ އެކަލޭގެފާނުގެ ޒަމާނުގައި ޝާމްކަރައިގެ އަހުލުވެރިންގެ ޢިލްމުވެރިޔާއެވެ. [100 – 157]
121- އަދި އަބޫ ޢަބްދުﷲ އަލްޙާކިމް، އަލްއައުޒާޢީގެ ކިބައިން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތާބިޢީން ގިނަޢަދަދަކަށް ތިއްބެވި ޒަމާނުގައި، ތިމަންބޭކަލުން ވިދާޅުވަމުން ގެންދެވީމެވެ. ހަމަކަށަވަރުން ﷲ ޢައްޒަވަޖައްލަ ވޮޑިގެންވަނީ އެކަލާނގެ ޢަރްޝީގެ މަތީގައެވެ. އަދި އެކަލާނގެ ޞިފަފުޅުތަކާ ގުޅޭގޮތުން ސުންނަތުގައި އައިސްފައިވާ ކަންކަމަށް ތިމަންބޭކަލުން އީމާންވަމެވެ.
122- އަދި މުފައްސިރު އަބޫ އިސްޙާޤު އައްޘަޢުލަބީ ރިވާކުރައްވައި ވިދާޅުވިއެވެ: ﷲ ތަޢާލާގެ މި ބަސްފުޅު ﴿ثُمَّ اسْتَوَىٰ عَلَى الْعَرْشِ﴾ މިއާ ގުޅޭގޮތުން އަލްއައުޒާޢީއާ ސުވާލުވެވުނެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ: އެކަލާނގެ ނަފްސުފުޅު ޞިފަކުރައްވާފައިވާ ފަދައިން، އެކަލާނގެ ވޮޑިގެންވަނީ އެކަލާނގެ ޢަރްޝީގެ މަތީގައެވެ.
123- އަދި ޞިފަފުޅުތަކާބެހޭ ޙަދީޘްތަކާ ގުޅޭގޮތުން އަލްވަލީދު ބިން މުސްލިމް، އިމާމް އަބޫ ޢަމްރު އަލްއައުޒާޢީއާ ސުވާލުކުރެއްވިއެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ: އެ (ޙަދީޘްތައް) އައިސްފައިވާ ގޮތަށް އެ ހިންގާލާށެވެ.
އަދި މި އިމާމުގެ ބަސްފުޅުތަކުގެ ތެރޭގައި ވެއެވެ: މީސްތަކުން ތިބާ ދޫކޮށްލިޔަސް، ސަލަފުންގެ އާޘާރުތަކުގައި ތިބާ ހިފަހައްޓާށެވެ. އަދި ބަސްތަކުން އެބައިމީހުން ތިބާއަށް އެކަން ޒީނަތްތެރިކޮށް ދެއްކިކަމުގައި ވިޔަސް، މީސްތަކުންގެ ރައުޔުތަކާ ތިބާ ދުރުވެ ރައްކާތެރިވާށެވެ. / 104
މި ޞައްޙަ އާޘާރުތަކުން އެނގި ސާފުވެގެންދަނީ، ޙުސައިން ރަޝީދު އަޙްމަދު ފަތުރަމުންދާ ފަލްސަފީ، ބުއްދީގެ މިންގަނޑުތަކަކީ (ރައުޔުތަކަކީ) ސަލަފުއްޞާލިޙުން އެކަމަކާ ދެކޮޅަށް އިންޒާރުދެއްވި، އަދި އިމާމް އަލްއައުޒާޢީ “ދުރުވެ ރައްކާތެރިވުމަށް” ގޮވާލެއްވި ޖަހުމިއްޔަތުގެ ކުފުރުގެ ބާޠިލު ފިކުރު ކަމެވެ. ބަސްތައް ކިތަންމެ ޒީނަތްތެރިކޮށް ގެނެސްދިން ކަމުގައި ވިޔަސް، ޙައްޤު މަގަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ހަތްއުޑުމަތީގައި، އެކަލާނގެ ޢަރްޝީގެ މަތީގައި ވޮޑިގެންވާކަން ސާބިތުކޮށް، ސަލަފުންގެ އާޘާރުތަކުގައި ހިފެހެއްޓުމެވެ.
ނަމަވެސް މި މޮޔަމީހާ މަސައްކަތްކުރަމުން އެދަނީ ޒަޔަނިސްޓު ޔަހޫދީންނަށް ވާގިވެރިވެ، ޢީސާގެފާނުގެ ދީން އެބައިމީހުން ބަދަލުކޮށް ފަސާދަކުރި ފަދައިން، އަޅުގަނޑުމެންގެ މި މާތް ދީން ފުނޑުފުނޑުކޮށްލުމަށެވެ. އޭނާގެ މި ނުރައްކާތެރި ފަސާދަވެރި ޢަމަލުތަކަށް ﷲ މަދަދުވެރިވެވޮޑިނުގަންނަވާށިއެވެ! އޭނާ ފާޅުކޮށް އެ ގޮވާލަނީ ކަނޑައެޅިގެންވާ ބޮޑު ކުފުރަށެވެ. މިއީ މި ޤައުމުގެ އެއްބައިވަންތަކަން ނަގާލައި ފިތުނަ އުފައްދާނެ ކަމެކެވެ. މީނާގެ ސަބަބުން މި ޤައުމުގައި ލޭއޮހޮރުވުމެއް ހިނގުމުގެ ކުރިން، މި ފިތުނަވެރިޔާ ހުއްޓުވައި ފިޔަވަޅު އެޅުމަށް ވެރިންނަށް ނަޞޭހަތްތެރިވަމެވެ. މާޒީއަށް ބަލާއިރުވެސް، ޖަހުމީ ޢަޤީދާގެ އަހުލުވެރިންނަކީ ޓެރަރިސްޓުންނެވެ. އެބައިމީހުން ވަނީ މި ބާޠިލު ޢަޤީދާގެ ސަބަބުން މީހުން މަރައި، އިމާމް އަޙްމަދު ބިން ޙަންބަލް ފަދަ ބޭކަލުންނަށް ޖަލުގައި ބޮޑެތި އަނިޔާތައް ދީފައެވެ. ހަމަކަށަވަރުން ޖަހުމިއްޔައިންނަކީ އިސްލާމްދީނާއި ސުންނަތުގެ އެންމެ ބޮޑެތި ޢަދާވާތްތެރިންނެވެ!