ﷲ އީ ‘ކޮންތާކު’ ވޮޑިގެންވާ ފަރާތެއްކަމަށް ސިފަނުކުރެވޭނެކަމަށް ބުނުމަކީ އިސްލާމްދީނުގެ މިއްލަތުން މީހާ ބޭރުކޮށްލަނިވި ފާޅުވެގެންވާ ބޮޑު ކުފުރެކެވެ.

💎 އަލްއިމާމް ޢުޘްމާނު ބިން ސަޢީދު އައްދާރިމީ އައްސިޖިސްތާނީ [199-200 ހ.] رَحِمَهُ اللَّهُ ވިދާޅުވިއެވެ.
“ފަހެ، (ﷲ އީ) ‘ކޮންތާކު’ (ވޮޑިގެންވާ ފަރާތެއްކަމަށް) ސިފަނުކުރެވޭނެއޭ ބުނެ ކަލޭ ބުނި ބުނުމަށް ބަލާއިރު، މިއީ ޖަހުމް (ބިން ޞަފްވާންގެ ކުފުރުގެ ޖަހުމިއްޔާ ފިރުޤާ) ގެ ބަސްތަކުގެ އަޞްލެވެ. އަދި އެބުނުމަކީ ﷲ عَزَّ وَجَلَّ ވަޙީކުރެއްވި ގޮތާއި، އެކަލާނގެ ރަސޫލާ ހަދީޘް ކުރެއްވި ގޮތާއި، އަދި މުއުމިނުން ވިދާޅުވެފައިވާ ގޮތާ ޚިލާފު ބުނުމެކެވެ.
އެހެނީ ﷲ تَعَالَى ވަޙީކުރެއްވިއެވެ.
﴿أَأَمِنْتُمْ مَنْ فِي السَّمَاءِ﴾
(މާނައީ: އުޑުގައި ވޮޑިގެންވާ ފަރާތާމެދު ތިޔަބައިމީހުން އަމާންކަން ހޯދައިފީމުހެއްޔެވެ؟)
އަދި މަލާއިކަތުންނާ ބެހޭގޮތުން އެކަލާނގެ ވަޙީކުރެއްވިއެވެ.
﴿يَخَافُونَ رَبَّهُمْ مِنْ فَوْقِهِمْ﴾
(މާނައީ: އެބައިމީހުންގެ މަތީގައި ވޮޑިގެންވާ، އެބައިމީހުންގެ ރައްބުދެކެ އެބައިމީހުން ބިރުވެތިވެއެވެ.)
އަދި ވަޙީކުރެއްވިއެވެ.
﴿الرَّحْمَنُ عَلَى الْعَرْشِ اسْتَوَى﴾
(މާނައީ: ރަޙުމާންވަންތަ އިލާހު ޢަރުޝީގެމައްޗަށް އިސްތިވާވެވޮޑިގަތެވެ.)
ފަހެ، ހަމަކަށަވަރުން ﷲ ކޮންތާކު ވޮޑިގެންވޭތޯއާއި، އަދި އެކަލާނގެ ވޮޑިގެންވާ ތަނަކީ ކޮބައިކަން ﷲ ވަނީ އެކަލާނގެ އަޅުތަކުންނަށް ޚަބަރުދެއްވާފައެވެ. އަދި އެއް ޙަދީޘަށްވުރެ ގިނަ ޙަދީޘްގައި ރަސޫލުﷲ ﷺ ވަނީ އެކަލާނގެއީ ކޮންތާކު ވޮޑިގެންވާ އިލާހެއްކަން ބަޔާންކުރައްވާފައެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«مَنْ لَمْ يَرْحَمْ مَنْ فِي الْأَرْضِ، لَمْ يَرْحَمْهُ مَنْ فِي السَّمَاءِ»
(މާނައީ: ބިމުގައި ވާހާ ބަޔަކަށް ރަޙުމްނުކުރާ މީހާއަށް، އުޑުގައި ވޮޑިގެންވާ ފަރާތް ރަޙުމްނުކުރައްވާނެއެވެ.)”
[އައްނަޤްޟު ޢަލާ ބިޝްރު އަލްމަރީސީ (1/508)]
قَالَ الْإِمَامُ عُثْمَانُ بْنُ سَعِيدٍ الدَّارِمِيُّ رَحِمَهُ اللَّهُ:
وَأَمَّا قَوْلُكَ: لَا يُوصَفُ بِأَيْنَ، فَهَذَا أَصْلُ كَلَامِ جَهْمٍ، وَهُوَ خِلَافُ مَا قَالَ اللَّهُ عَزَّ وَجَلَّ وَرَسُولُهُ وَالْمُؤْمِنُونَ؛ لِأَنَّ اللَّهَ تَعَالَى قَالَ: ﴿أَأَمِنْتُمْ مَنْ فِي السَّمَاءِ﴾ وَقَالَ لِلْمَلَائِكَةِ: ﴿يَخَافُونَ رَبَّهُمْ مِنْ فَوْقِهِمْ﴾ وَقَالَ: ﴿الرَّحْمَنُ عَلَى الْعَرْشِ اسْتَوَى﴾. فَقَدْ أَخْبَرَ اللَّهُ الْعِبَادَ أَيْنَ اللَّهُ، وَأَيْنَ مَكَانُهُ، وَأَيَّنَهُ رَسُولُ اللَّهِ فِي غَيْرِ حَدِيثٍ، فَقَالَ: «مَنْ لَمْ يَرْحَمْ مَنْ فِي الْأَرْضِ، لَمْ يَرْحَمْهُ مَنْ فِي السَّمَاءِ». [النَّقْضُ عَلَى بِشْرٍ الْمَرِيسِيِّ
(٥٠٨/١)]

💎 އަލްއިމާމް މުޙައްމަދު ބިން އިސްމާޢީލް އައްތިރްމިޛީ (އަވަހާރަވީ: 280ހ.) (މާތްﷲ މި އިމާމަށް ރަޙުމަތްލައްވާށި!) ގެ ބަސްފުޅު:
الْإِمَامُ مُحَمَّدُ بْنُ إِسْمَاعِيلَ التِّرْمِذِيُّ [ت ٢٨٠هـ] رَحِمَهُ اللَّهُ:
أَنْبَأَنَا ابْنُ سَلَامَةَ، عَنْ أَبِي جَعْفَرٍ الطَّرْطُوسِيِّ، عَنْ يَحْيَى بْنِ مَنْدَهْ، حَدَّثَنَا أَحْمَدُ بْنُ الْفَضْلِ، أَنْبَأَ الْبَاطَرْقَانِيُّ، سَمِعْتُ أَبَا عُمَرَ السُّلَمِيَّ، سَمِعْتُ أَبَا حَفْصٍ الرِّفَاعِيَّ، سَمِعْتُ عَمْرَو بْنَ تَمِيمٍ الْمَكِّيَّ،
އިބްނު ސަލާމާ އަޅުގަނޑުމެންނަށް ޚަބަރުދެއްވިއެވެ. (އެކަލޭގެފާނަށް ޚަބަރުދެއްވީ) އަބޫ ޖަޢުފަރު އައްޠަރުޠޫސީގެ ކިބައިންނެވެ. (އެކަލޭގެފާނަށް ޚަބަރުދެއްވީ) ޔަޙްޔާ ބިން މަންދަހުގެ ކިބައިންނެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) އަޙްމަދު ބިން އަލްފަޟްލު އަޅުގަނޑުމެންނަށް ޙަދީޘްކުރެއްވިއެވެ. (އެކަލޭގެފާނަށް) އަލްބާޠަރްޤާނީ ޚަބަރުދެއްވިއެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) އަބޫ ޢުމަރު އައްސުލަމީ ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އެއްސެވީމެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) އަބޫ ޙަފްޞް އައްރިފާޢީ ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އެއްސެވީމެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) ޢަމްރު ބިން ތަމީމް އަލްމައްކީ ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އެއްސެވީމެވެ.
قَالَ: سَمِعْتُ مُحَمَّدَ بْنَ إِسْمَاعِيلَ التِّرْمِذِيَّ، سَمِعْتُ الْمُزَنِيَّ يَقُولُ:
އެކަލޭގެފާނު ވިދާޅުވިއެވެ. މުޙައްމަދު ބިން އިސްމާޢީލް އައްތިރްމިޛީ ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އެއްސެވީމެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) އަލްމުޒަނީ ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އެއްސެވީމެވެ.
«لَا يَصِحُّ لِأَحَدٍ تَوْحِيدٌ حَتَّى يَعْلَمَ أَنَّ اللَّهَ عَلَى الْعَرْشِ بِصِفَاتِهِ».
“އެމީހަކަށް ﷲ އެކަލާނގެ ސިފަފުޅުތަކާއެކު ޢަރްޝީގެ މަތީގައި ވޮޑިގެންވާކަން އެނގިއްޖެއުމަށް ދާންދެން، އެއްވެސް މީހެއްގެ ތައުޙީދު ޞައްޙައެއް ނުވާނެއެވެ.”
قُلْتُ: مِثْلَ أَيِّ شَيْءٍ؟
ތިމަން ދެންނެވީމެވެ. “ކޮން އެއްޗެއްގެ (ސިފަފުޅެއްގެ) މިސާލެއްގައިތޯއެވެ؟”
قَالَ: «سَمِيعٌ بَصِيرٌ عَلِيمٌ قَدِيرٌ»
އެކަލޭގެފާނު ވިދާޅުވިއެވެ.
“އައްސަވާވޮޑިގެންވާ، ބައްލަވާވޮޑިގެންވާ، މޮޅަށްދެނެވޮޑިގެންވާ، ކުޅަދުންވަންތަ (ކަމުގެ ސިފަފުޅުތަކެވެ.)”
މަޞްދަރު: އަލްޢުލުއްވު ލިލްޢަލިއްޔިލް ޣައްފާރު – އައްޛަހަބީ – ޝަމްސުއްދީން މުޙައްމަދު ބިން އަޙްމަދު ބިން ޢުޘްމާން އައްޛަހަބީ – މުޖައްލަދު: 1 | ޞަފުޙާ: 186
الْعُلُوُّ لِلْعَلِيِّ الْغَفَّارِ (الْجُزْءُ: ١ – الصَّفْحَةُ: ١٨٦) – الذَّهَبِيُّ — شَمْسُ الدِّينِ مُحَمَّدُ بْنُ أَحْمَدَ بْنِ عُثْمَانَ الذَّهَبِيُّ
————-
أَخْرَجَهَا ابْنُ مَنْدَهْ فِي «تَارِيخِهِ»، وَلَقَدْ كَانَ الْمُزَنِيُّ فَقِيهَ الدِّيَارِ الْمِصْرِيَّةِ فِي زَمَانِهِ، وَأَنْبَلَ تَلَامِذَةِ الْإِمَامِ الشَّافِعِيِّ، مَاتَ فِي سَنَةِ أَرْبَعٍ وَسِتِّينَ وَمِائَتَيْنِ، وَلَهُ بِضْعٌ وَثَمَانُونَ سَنَةً.
މި ބަސްފުޅު އިބްނު މަންދަހު އެކަލޭގެފާނުގެ “އައްތާރީޚް” ގައި ނެރުއްވާފައިވެއެވެ. އަދި ހަމަކަށަވަރުން އަލްމުޒަނީއަކީ އެކަލޭގެފާނުގެ ޒަމާނުގައި މިޞްރުގެ ފަޤީހެވެ. އަދި އިމާމް އައްޝާފިޢީގެ ދަރިވަރުންގެ ތެރެއިން އެންމެ ޝަރަފުވެރި ދަރިވަރެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން ދުއިސައްތަ ފަސްދޮޅަސް ހަތަރު ވަނަ އަހަރުގައެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ އައްޑިހަ އެތައް އަހަރެކެވެ.

—
💎 އަލްއިމާމް ޢަބްދުލްޣަނީ ބިން ޢަބްދުލްވާޙިދު އަލްމަޤްދިސީ (541-600ހ.) އަށް މާތްﷲ ރަޙުމަތްލައްވާށިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
الْإِمَامُ عَبْدُ الْغَنِيِّ بْنُ عَبْدِ الْوَاحِدِ الْمَقْدِسِيُّ [٥٤١–٦٠٠هـ] رَحِمَهُ اللَّهُ قَالَ:
«وَمَنْ أَجْهَلُ جَهْلًا، وَأَسْخَفُ عَقْلًا، وَأَضَلُّ سَبِيلًا مِمَّنْ يَقُولُ: إِنَّهُ لَا يَجُوزُ أَنْ يُقَالَ: أَيْنَ اللَّهُ؟ بَعْدَ تَصْرِيحِ صَاحِبِ الشَّرِيعَةِ بِقَوْلِهِ: أَيْنَ اللَّهُ؟».
“ޝަރީޢަތުގެ ޞާޙިބާ (ނަބިއްޔާ ﷺ)، އެކަލޭގެފާނުގެ ބަސްފުޅުން: ‘ﷲ ވޮޑިގެންވަނީ ކޮންތާކުހޭ؟’ މިފަދައިން ޞަރީޙަކޮށް ވިދާޅުވެފައި ވަނިކޮށް، ‘ﷲ ވޮޑިގެންވަނީ ކޮންތާކުހޭ؟ މިފަދައިން ބުނުން ހުއްދަވެގެން ނުވެޔޭ’ ބުނާ މީހާއަށްވުރެ، ޖާހިލުކަމުގެ ގޮތުން ބޮޑަށް ޖާހިލު، ބުއްދީގެ ގޮތުން ބޮޑަށް ވިޔާނުދާ، އަދި މަގުގެ ގޮތުން ބޮޑަށް މަގުފުރެދިފައިވާ މީހަކީ ކާކުހެއްޔެވެ؟” [އަލްއިޤްތިޞާދު ފިލް އިއުތިޤާދު – ޢަބްދުލްޣަނީ އަލްމަޤްދިސީ]
[الاقتصاد في الاعتقاد لعبد الغني المقدسي]
—
الْأَشْعَرِيَّةُ الْيَوْمَ أَوَّلُ كَلَامِهِمْ: މިއަދު އަޝްޢަރީންގެ ވާހަކަތަކުގެ ފެށުމަކީ މިއީއެވެ.
«اللَّهُ لَيْسَ فَوْقَ وَلَا تَحْتَ، وَلَا دَاخِلَ الْعَالَمِ وَلَا خَارِجَ الْعَالَمِ، وَلَا مُتَّصِلًا بِالْعَالَمِ وَلَا مُنْفَصِلًا عَنِ الْعَالَمِ، وَلَا يُسْأَلُ عَنْهُ بِأَيْنَ!»]
“ﷲ ވޮޑިގެންވަނީ މަތީގައެއް ނޫނެވެ. އަދި ތިރީގައެއްވެސް ނޫނެވެ. އަދި ޢާލަމުގެ އެތެރޭގައެއް ނޫނެވެ. އަދި ޢާލަމުގެ ބޭރުގައެއްވެސް ނޫނެވެ. އަދި ޢާލަމާ ގުޅިގެންނެއް ނޫނެވެ. އަދި ޢާލަމާ ވަކިވެގެންނެއްވެސް ނޫނެވެ. އަދި އެކަލާނގެއާ މެދު ‘ކޮންތާކުހޭ؟’ (މިފަދައިން) ސުވާލެއް ނުކުރެވޭނެއެވެ!”
އަޝާޢިރުންގެ މިއައްވުރެ ބޮޑު ކުފުރެއްވާނެ ހެއްޔެވެ؟!!! އަޝާޢިރީންގެ މިފަދަ ބަސްތަކަކީ ﷲ ތަޢާލާގެ ޞިފަފުޅުތަކާމެދު އޮތް ވަރަށް ބޮޑު މަގުފުރެދުމެކެވެ.
ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ އަހުލުއްސުންނަތް ވަލްޖަމާޢަތުގެ ސާފު ޢަޤީދާގެ މަތީގައި ދެމިއޮތް ސައްތައިން ސައްތަ މުސްލިމް ޤައުމެކެވެ. ނަމަވެސް، ﷲ ތަޢާލާގެ ޞިފަފުޅުތައް ނަފީކުރާ ޖަހުމީންނާއި މުޢުތަޒިލީން ފަދަ ފިރުޤާތަކުގެ ބާޠިލު ފިކުރުތައް މުޖުތަމަޢުގެ ތެރެއަށް ވެއްދުމަށް ބައެއް ފަރާތްތަކުން ކުރާ މަސައްކަތަކީ ދިވެހިންގެ ދީނީ އެއްބައިވަންތަކަމާއި ޤައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ.
ދިވެހިރާއްޖޭގައި ﷲ ތަޢާލާގެ ޞިފަފުޅުތައް ނަފީކުރާ ޖަހުމިއްޔާއިންގެ ކުފުރުގެ ޒަންދަޤައިގެ މަޒުހަބު ފަތުރާ މީހުންގެ ތެރޭގައި، ކުރީގެ ޢަދާލަތު ޕާޓީގެ ރައީސް އަދި މިހާރު އެމް.ޑީ.ޕީ. ގެ އަޝްޢަރީ ޖަހުމީ މުޢުތަޒިލީ އައްޑޫ ޙުސައިން ރަޝީދު އަޙްމަދާއި، އައްޑޫ އަޝްޢަރީ އިދްރީސް ޙުސައިން ހިމެނެއެވެ. މާތް ﷲ މި ދެ ފިތުނަވެރި ޝެއިޚުންގެ ނުބައިކަމުން މުޖުތަމަޢު ސަލާމަތްކުރައްވާށިއެވެ! އަދި އެމީހުންގެ ކުފުރުގެ ޒަންދަޤައިގެ މަޒުހަބުން މި މުޖުތަމަޢު ސަލާމަތްކުރައްވާށިއެވެ!
މުޢުތަޒިލީ މަޒުހަބަކީ މީގެ އަހަރުތަކެއް ކުރިން އިސްލާމީ އުންމަތުގައި އެ ކުފުރުގެ މަޒުހަބަށް ބާރު ލިބުމުން، މުސްލިމުން ޤަތުލުކޮށް އަނިޔާވެރިކަން ހިންގި މަޒުހަބެކެވެ. ރާފިޟީންގެ މަޒުހަބާއި، ޚާރިޖީންގެ މަޒުހަބު ފަދައިން މި މަޒުހަބަށް ބާރު ލިބިއްޖެނަމަ އެމީހުން މުސްލިމުން ޤަތުލުކޮށް، މުސްލިމުންގެ ޤައުމީ ސަލާމަތަށް މީގެއިން ނުރައްކާވެގެންދާނެއެވެ.

އަދި މި ދެމީހުންނަކީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމާ ޚިލާފަށް މަސައްކަތްކުރާ ބަޔަކަށް ވެފައި، މުސްލިމުންގެ މިސްކިތްތަކަކީ މި ޖަހުމީ ފިކުރު ފަތުރާ މީހުންނަށް ފާޅުގައި ޖަހުމީ މަޒުހަބަށް ގޮވާލުމަށް ފުރުޞަތު ދެވޭ ތަނަކަށް ވެގެން ނުވާނެއެވެ. ދިވެހިންނަކީ ޒަމާނުއްސުރެ ސުންނަތް ޖަމާޢަތުގެ މަތީގައި ތިބި ބަޔަކަށް ވާއިރު، ކުފުރުގެ މަޒުހަބީ ފިތުނަތައް ރާއްޖެ ވައްދައި، ފިކުރީ ގޮތުން އެކަން ހިންގައި މުޖުތަމަޢު ބައިބައިކުރަން މި މީހުންނަށް ފުރުޞަތު ދީގެން ނުވާނެއެވެ.
ޔާ ﷲ! އަޅަމެންގެ ވެރިންނަށް ތައުފީޤާއި ހެޔޮ ވިސްނުން މިންވަރުކުރައްވާނދޭވެ! ދިވެހިރާއްޖޭގައި ފެތުރެމުންދާ ޖަހުމިއްޔާގެ ބާޠިލު މަޒުހަބާ ކުރިމަތިލައި، އެ ފިތުނައިން މި މުޖުތަމަޢު ސަލާމަތްކުރުމުގެ ބާރާއި ކުޅަދާނަކަން އެބޭފުޅުންނަށް ދެއްވާނދޭވެ!
އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ މާތްވެގެންވާ ޝަރީޢަތް މި ބިމުގައި ޤާއިމުކުރުމުގެ ތެރެއިން، މި ނުބައިވެގެންވާ ކުފުރުގެ ފިކުރު ފަތުރާ މީހުންނާ މެދު ފިޔަވަޅުއަޅައި، އެކަން ހުއްޓުވޭނެ މަގެއް އަޅަމެންގެ ވެރިންނަށް ތަނަވަސްކޮށްދެއްވާނދޭވެ!
މާތް ﷲ އަޅަމެންގެ މި ލޮބުވެތި ވަޠަން ކުފުރާއި ޒަންދަޤައިގެ އަނދިރިކަމުން ސަލާމަތްކުރައްވައި، އަހުލުއްސުންނަތް ވަލްޖަމާޢަތުގެ ސާފު ޢަޤީދާގެ މަތީގައި އަޅަމެން އެންމެން ޘާބިތުކުރައްވާނދޭވެ! އާމީން!


ނިންމުމުގެ ބަސް: ޙައްޤުގެ މަގަށް ރުޖޫޢަވުމަށް ގޮވާލުން
ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާގެ މަތިވެރިވެގެންވާ ޛާތުފުޅާއި ޞިފަފުޅުތަކާމެދު އަމިއްލަ ސިކުނޑީގެ ނުކުޅެދޭ ވިސްނުމާއި ފަލްސަފާއަށް ތަބާވެ، އެއަށް އިންކާރުކުރުމަކީ ކުޑަކުޑަ ކަމެއް ކަމުގައި ހީނުކުރާށެވެ. އެއީ އިސްލާމީ ޢަޤީދާގެ މައިބަދަ ފުނޑުފުނޑުކޮށްލާ، އިންސާނާ ދީނުގެ ދާއިރާއިން ބޭރުކޮށްލާފަދަ ނުރައްކާތެރި އަމަލެކެވެ. މިއީ ސީދާވެގެންވާ ތެދުމަގާއި، ކުފުރާއި ޒަންދަޤައިގެ މަގުފުރެދުމާ ދެމެދުގައިވާ ފަރަގެވެ.
ޙުސައިން ރަޝީދު އަޙުމަދާއި، އިދްރީސް ޙުސައިން އަދި މިފަދަ ޖަހުމީ ބާޠިލު ފިކުރުތައް ފަތުރާ އެންމެހާ ފަރާތްތަކަށް އަޅުގަނޑު ގޮވާލަނީ، ﷲ އަށް ތަޤުވާވެރިވެ ބިރުވެތިވުމަށެވެ. ﷲ ގެ އާޔަތްތައް އޮޅުވާލައި، ރަސޫލާ ﷺ ގެ ސުންނަތަށް ފުރައްސާރަކޮށް، ސަލަފުއްޞާލިޙުންގެ އިޖުމާޢު މުގުރާލުމަށް ތިޔަ ކުރާ މަސައްކަތަކީ ދުނިޔެއާއި އާޚިރަތުގެ ހަލާކެވެ. މަރުގެ މަލާއިކަތާ އައިސް ފުރާނަ ހިއްޕެވުމުގެ ކުރިން، ތިޔަ ފަތުރާ ތަޢުޠީލާއި ތަޙްރީފުގެ މަގުން އެނބުރި، ޙައްޤަށް ރުޖޫޢަވެ ޚާލިޞް ތައުބާއަކުން ތައުބާވާށެވެ. ﷲ ގެ ޢަޛާބާއި ކޯފާއަށްވުރެ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ގަދަފަދަވެގެން ނުވެއެވެ.
ދިވެހިރާއްޖޭގެ ޢިލްމުވެރިންނާއި، ކަމާބެހޭ މުއައްސަސާތަކާއި، ދައުލަތުގެ ވެރިންނަށް ގޮވާލަނީ، ދިވެހި ރައްޔިތުންގެ ޒަމާންވީ ސާފު އިސްލާމީ ޢަޤީދާ ޙިމާޔަތްކޮށްދެއްވުމަށެވެ. މުޖުތަމަޢުގެ ތެރޭގައި ދީނީ ޚިލާފުތައް އުފައްދައި، ﷲ ގެ ޞިފަފުޅުތަކަށް އިންކާރުކުރާ މިފަދަ ފަރާތްތަކާމެދު ޤާނޫނީ ގޮތުންނާއި ޝަރުޢީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް ފަސްޖެހުމެއްނެތި އެޅުމަކީ މިއަދު އެންމެންގެ މައްޗަށް އޮތް ދީނީ އަދި ޤައުމީ ވާޖިބެކެވެ. ބާޠިލުގެ އަހުލުވެރިން އެމީހުންގެ ބާޠިލު ފެތުރުމުގައި ރޭގަނޑާއި ދުވާލު ހޭދަކުރާއިރު، ޙައްޤުގެ އަހުލުވެރިން ހަނުތިބުމަކީ ދީނަށް ދެވޭ އެންމެ ބޮޑު ނިކަމެތިކަމެވެ.
އަޅަމެންނީ ޤުރުއާނާއި ސުންނަތުގައި، ޞަޙާބީންނާއި ތާބިޢީންނާއި އަދި ސަލަފުއްޞާލިޙުންގެ ފަހުމާ އެއްގޮތަށް ބާރުކޮށް ހިފަހައްޓައިގެން ތިބޭ ބަޔަކު ކަމުގައި ލައްވާށިއެވެ! ބިދުޢަތަކާއި މަގުފުރެދުންތަކުން އަޅަމެންގެ ހިތްތައް ސަލާމަތްކުރައްވާށިއެވެ! އަދި ޙައްޤަކީ ޙައްޤުކަން އަޅަމެންނަށް ދައްކަވައި، އެއަށް ތަބާވުމުގެ ތައުފީޤު ދެއްވާށިއެވެ! އަދި ބާޠިލަކީ ބާޠިލުކަން ދައްކަވައި، އެއިން ދުރުހެލިވުމުގެ ތައުފީޤު އަޅަމެން އެންމެނަށް ދެއްވާށިއެވެ! އާމީން.
وَصَلَّى اللَّهُ وَسَلَّمَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ.