التَّعَاوِيذُ وَالتَّمَائِمُ – ތަވީދުތަކާއި ތަމާއިމްތަކުގެ ޢާންމު ތަޢާރަފް

الحمدُ للهِ رَبِّ العالَمينَ، والصلاةُ والسلامُ على رسولِ اللهِ، وبعدُ

 !މި ލިޔުމަކީ އަޅުގަނޑު ކިތާބުއް ތައުޙީދު މުޠާލަޢާކުރިއިރު، ތަވީދާއި ތަމީމާގެ ޙުކުމްތަކުގެ ތަފްޞީލަށް ދިއުމުގެ ކުރިން، އޭގެ ބަހަވީ މާނައަށާއި، އަރަބި އަދި ދިވެހި ބަހުގައި އެ ލަފުޒުތައް ބޭނުންކޮށްއުޅޭ އަޞްލުތަކަށް ބަލައިލުމަށްޓަކައި އަމިއްލަ ނަފްސަށް މަންފަޢަކުރުމަށް ލިޔެފައިވާ ތައުލީޤެކެވެ. މިއިން ތިބާއަށް ފައިދާއެއް ކޮށްފިނަމަ الله ﷻ އަށް ޙަމްދު ހުއްޓެވެ. ކުށެއް ވާނަމަ، އެކަލާނގެ ރައްކާތެރިކަމަށް އެދެމެވެ.

۞ ތަވީދުالتَّعْوِيذُ / ތަވީދުތައް التَّعَاوِيذُ

الله ﷻ ވަޙީކުރެއްވިއެވެ. ﴿ فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ ﴾ ﴿إِنَّهُ لَيْسَ لَهُ سُلْطَانٌ عَلَى الَّذِينَ آمَنُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ﴾ ﴿إِنَّمَا سُلْطَانُهُ عَلَى الَّذِينَ يَتَوَلَّوْنَهُ وَالَّذِينَ هُم بِهِ مُشْرِكُونَ﴾ [النحل: 100-98] “ފަހެ، ކަލޭގެފާނު ޤުރުއާން ކިޔަވައިވިދާޅުވާނަމަ، ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިޠާނާގެ ކިބައިން ރައްކާތެރިކަން ހޯއްދެވުމަށް الله ﷻ ގެ حضرة އަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން إيمانވެ އަދި އެމީހުންގެ ربّ އަށް وكيل ކުރާމީހުންގެމައްޗަށް އެ شيطان އާ އަކަށް އެއްވެސް ބާރެއްނުވެއެވެ. އޭނާގެ ބާރު ހިނގާކަން ކަށަވަރުވަނީ، އޭނާއާ އެކުވެރިވެ އޭނާގެ ބަސް ގަބޫލުކޮށް ކިޔަމަންތެރިވެ ތަބަޢަވާ މީހުންނާއި އަދި އެކަލާނގެއާއި އެހެނިހެން ފަރާތްތަކާ شريك ކުރާމީހުންގެ މައްޗަށެވެ.”

ދިވެހި ބަހުގައި ބޭނުންކުރާ ‘ތަވީދު’ މި ލަފުޒަކީ ސީދާ ޢަރަބި ބަހުގެ “އައްތަޢުވީޛް” (التَّعْوِيذُ) އިން އައިސްފައިވާ ލަފުޒެކެވެ. މި ލަފުޒުގެ އަސްލު މުލަކީ (އަޞްލު އަކުރަކީ) ޢަރަބި ބަހުގެ ތިން އަކުރު ކަމުގައިވާ ‘ޢައިނު’، ‘ވާވް’ އަދި ‘ޛާލް’ (ع و ذ) އެވެ. އޭގެ މަޞްދަރަކީ العَوْذُ (އަލްޢައުޛު) އެވެ. މިއީ މީހެއްގެ ކިބައިން ރައްކާތެރިކަމަށް އެދުމާއި، ބޯހިޔާވަހިކަން ހޯދުމާއި، އަދި ހިމާޔަތަށް އެދި ދަންނަވާ ދެންނެވުމުގެ މާނަ ދޭހަކޮށްދޭ މަޞްދަރެކެވެ. عَاذَ (އޭނާ ރައްކައުތެރިކަން ހޯދައިފިއެވެ.)، يَعُوذُ (އޭނާ ރައްކައުތެރިކަން އެދެއެވެ.) އަދި عَوَّذَ (އެހެން މީހަކަށް ރައްކާތެރިކަން ހޯއްދައެވެ.)

  • الأَذَى އަކީ އުނދަގޫ ނުވަތަ ގެއްލުމެވެ. މިއީ ސަބަބެވެ.
  • التَّعْوِيذُ އަކީ الأَذَى (ކުދި ގެއްލުން، ގޯނާ، އުނދަގޫ) ނުވަތަ الضَّرَر (ބޮޑެތި ގެއްލުން) ދުރުކުރުމަށް ނުވަތަ ސަލާމަތްވުމަށް ވެޞީލަތެއް ގޮތުގައި މެދުވެރި ކުރުވާ ކޮންމެ އެއްޗެކެވެ.

الأَذَى އާއި ބެހޭގޮތުން الله ﷻ (ޙަޤީޤީ އަޑުފުޅާއި އަކުރުތަކުން ވާހަކަފުޅު ދައްކަވައި ޖިބްރީލްގެފާނަށް އިއްވަވައި، މުޙައްމަދު (ﷺ) ގެ މައްޗަށް ބާވައިލެއްވި އުފެއްދިގެންނުވާ الله ﷻ ގެ ބަސްފުޅު ކީރިތި ޤުރުއާނުގައި) ވަޙީ ކުރެއްވީ މިފަދައިންނެވެ. ﴿ لَنْ يَضُرُّوكُمْ إِلَّا أَذًى [آل عمران: 111] “އުނދަގުލެއްأَذًىމެނުވީ، އެބައިމީހުންނަކަށް ތިޔަބައިމީހުންނަށް އެއްވެސް ގެއްލުމެއްيَضُرُّوكُمْ ނުދެވޭނެއެވެ.” ﴿وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَاتِ بِغَيْرِ مَا اكْتَسَبُوا﴾ [الأحزاب: 58] “އަދި މުއުމިން ފިރިހެނުންނާއި މުއުމިން އަންހެނުންނަށް، އެބައިމީހުން ކުރިކަމަކާ ނުލައި، يُؤْذُونَއުނދަގޫކޮށް ނުވަތަ ގެއްލުންދޭން – އުޅޭ މީހުން (ދަންނާށެވެ!)”

ތަވީދަކީ ބަހަވީ ގޮތުން ރައްކާތެރިކަން ހޯދުމުގެ ނިޔަތުގައި މީހުން ކިޔަވައިއުޅޭ ކިޔެވުންތަކާއި، ގައިގައި ނުވަތަ އެހެން ތަނެއްގައި އެލުވައިއުޅޭ ތަކެއްޗާއި، އަދި ބޭނުންކުރާ މިފަދަ އެންމެހައި ވަސީލަތްތަކެވެ. ރައްކާތެރިކަން ހޯދުމަށް ބޭނުންކުރާ މިފަދަ ވަސީލަތަކީ، އަރަހުށި الله ﷻ ގެ ޝަރީޢަތުގައި ހުއްދަ އަދި ޝަރުޢުކުރެވިގެންވާ ކަމަކަށް ވުމަކީވެސް، ނުވަތަ ޝަރީޢަތުގައި ނަހީކުރައްވާފައިވާ ބާޠިލު ކަމަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ވުމާއެކު، މި ބަސްތަކުގެ އަޞްލު މާނައާއި އޭގެ ފުން މަފްހޫމުތައް ދެނެގަތުމަކީ، މި މައްސަލައިގެ ޙަޤީޤަތް ރަނގަޅަށް ފަހުމްވެ، ދީނީ ހަމަތަކުގެ ތެރެއިން ރައްކާތެރިކަން ހޯދަންވީ ގޮތް ސާފުވުމަށް މެދުވެރިވާނެ މުހިންމު ކަމެކެވެ.

التَّعْوِيذَةُ لغةً: كُلُّ مَا يُقْرَأُ أَوْ يُعَلَّقُ عَلَى الإِنْسَانِ أَوْ غَيْرِهِ بِقَصْدِ دَفْعِ الأَذَى أَوْ رَفْعِهِ، (كَحِجَابٍ أَوْ مُعَلَّقٍ أَوْ مَكْتُوبٍ) “ބަހުގެ ގޮތުން ތަޢުވީޛަކީ دَفْعِ الأَذَى (ގެއްލުން ދިފާޢުކުރުމަށް) ނުވަތަ رَفْعِهِ (ލިބިފައިވާ ގެއްލުމެއް ފިލުވައިލުމުގެ) ގަސްދުގައި، އިންސާނާ ނުވަތަ އެނޫން އެއްޗެއްގެ މައްޗަށް يُقْرَأُ (ކިޔެވޭ) ނުވަތަ يُعَلَّقُ (އެލުވޭ ނުވަތަ އައްސައި އުޅޭ) ކޮންމެ އެއްޗެކެވެ. حِجَابٍ (ހިޖާބެއް/އައްޑަނައެއް ނުވަތަ ނިވާފަތްގަނޑެއް ނުވަތަ މާސްކެއް) ގެ ގޮތުގައި، ނުވަތަ مُعَلَّقٍ (އެލުވޭ އެއްޗެއް) ގެ ގޮތުގައި، ނުވަތަ مَكْتُوبٍ (ލިޔުމެއް) ފަދަ އެއްޗެއްސެވެ.”

ފަހެ، ގެއްލުން ދިފާޢުކުރުމަށް ނުވަތަ އުފުއްލުމަށް ކިޔެވުމާއިމެދު ނަބިއްޔާ (ﷺ)  އަށް އަމުރުކުރައްވައި الله ﷻ  ވަޙީކުރެއްވިއެވެ. ﴿قُلْ أَعُوذُ بِرَبِّ الْفَلَقِ ۝ مِنْ شَرِّ مَا خَلَقَ ۝وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ﴾  [الفلق: 1–4] “(މިފަދައިން) ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެވެރި رَبُّ ގެ ޙަޟްރަތުން އަހުރެން ރައްކާތެރިކަން ލިބިގަންނަނަށް އެދެމެވެ. އެއީ އެކަލާނގެ ހެއްދެވި ތަކެތީގެ ނުބައިކަމުންނެވެ. އަދި (ރޭގަނޑުގެ) އަނދިރިކަން އައިސް އަނދިރިކަން ފެތުރިގަނެއްޖެއްޔާ އެ އަނދިރިކަމުންވެސް ރައްކާތެރިވުން އެދެމެވެ. އަދި سِحْر ހަދާފައި ގޮށްޖަހައި އެގޮށަށް ފުމޭ އަންހެނުންގެ ނުބައި ކަމުންވެސް ރައްކާތެރިވުން އެދެމެވެ.”

އާޔަތުގައިވާ شَرِّ ނުބައިކަން އެއީ الأَذَى އުނދަގޫ ނުވަތަ ގެއްލުމެވެ. ސޫރަތުލް ފަލަޤް އަދި ސޫރަތުއް ނާޞްއަށް المُعَوِّذَتَيْن އަލް-މުޢައްވިޛަތައިނި “ރައްކާތެރިކަން ހޯދައިދޭ ދެ ސޫރަތް” ކިޔަނީ އެއިން އިސްތިޢާޛާ ކުރާތީވެއެވެ. ރައްކައުތެރިކަން ހޯދުމަށް ކިޔަވާތީއެވެ.

عن ابْنِ عَبَّاسٍ -رَضِيَ اللهُ عَنْهُما قَالَ : يُعَوِّذُ الْحَسَنَ، وَالْحُسَيْنَ، وَيَقُولُ : إِنَّ أَبَاكُمَا كَانَ يُعَوِّذُ بِهَا إِسْمَاعِيلَ وَإِسْحَاقَ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لامَّةٍ [البخاري :3191] ” الله ﷻ  ރުއްސަވާވޮޑިގެންވި އިބްނު ޢައްބާސް (رضي الله عنه)ގެ ކިބައިން ރިވާވެގެންވެއެވެ. “ނަބިއްޔާ (ﷺ)،ޙަސަނު (رضي الله عنه) އަދި ޙުސައިނު  (رضي الله عنه) އަށް يُعَوِّذُ ކޮށް (ރައްކާތެރިކަން ހޯދުމަށް ކިޔަވައި) އުޅުއްވިއެވެ. އަދި އެކަލޭގެފާނު (ﷺ) ޙަދީޘްކުރައްވައެވެ. “ހަމަކަށަވަރުން ތިޔަ ދެކުދިންގެ ބައްޕަ (އިބްރާހީމް عليه السلام)، އިސްމާޢީލް (عليه السلام) އާއި އިސްޙާޤް (عليه السلام) އަށް މި ބަސްފުޅުތަކުން ކިޔަވައި ރައްކާތެރިކަން ހޯއްދަވައިދެއްވައި އުޅުއްވިއެވެ. (އެއީ): أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لامَّةٍ (މާނައީ: (بِكَلِمَاتِ اللَّهِ التَّامَّةِ) الله ﷻ ގެ ފުރިހަމަވެގެންވާ ކަލިމަފުޅުތައް މެދުވެރިކޮށް، ކޮންމެ شَيْطَان އެއްގެ ކިބައިންނާއި، ކޮންމެ (هَامَّةٍ) ވިހަގަދަ ސޫތްޕެއްގެ ކިބައިންނާއި، އަދި ގެއްލުންދެނިވި ކޮންމެ (عَيْنٍ لامَّةٍ) އެސްފީނާއެއްގެ ކިބައިން ތިމަންކަލޭގެފާނު (أَعُوذُ) ރައްކާތެރިކަން ލިބިގަންނަމެވެ.) “

ޝަރީޢަތުގައި ވާރިދުވެގެންވާ އިސްތިޢާޛާ އަކީ ރުޤްޔާއެވެ. التَّعْوِيذَةُ الشَّرْعِيَّةُ: الرُّقْيَةُ مِنْ كَلَامِ اللَّهِ، وَالتَّوَسُّلُ بِهِ، الَّتِي يُرْقَى بِهَا الإِنْسَانُ مِنْ فَزَعٍ، أَوْ سِحْرٍ، أَوْ لَدْغٍ، أَوْ مَرَضٍ. [تيسير العزيز الحميد لسليمان بن عبدالله، ص 136 – 138، معارج القبول لحافظ الحكمي، 2/510] “ޝަރުޢީ ތަޢުވީޛަކީ الله ﷻގެ ބަސްފުޅު  ބޭނުންކޮށްގެން ކުރެވޭ الرُّقْيَةُ (ކިޔެވޭ ކިޔެވެލި) އެވެ. އެކަލާނގެއަށް ތަވަސުލުކޮށް ކުއްތަންވުމެވެ. ބިރުވެރިކަމުން ނުވަތަ سِحْرއިން ނުވަތަ ވިހަގަދަ ސޫފާސޫފި ކައްޓެއްޖެހުމުން ނުވަތަ ބަލިމަޑުކަމަކުން ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި އެ އެއްޗަކުން ރުޤްޔާ ކުރެވޭ (ކިޔެވެލި ކިޔެވޭ) އެއްޗެވެ.”

شَرْعِيގޮތުން التَّعْوِيذُ ކުރުން ނުވަތަ އިސްތިޢާޛާކުރުން  ޖިންނި ޝައިޠާނުންގެ ނަމާއި، ސިހުރާއި ކުފުރުގެ ބަސްތަކާއި، އަކަތައް ކުރަހައި، ބޮއްޔާއި، ރޮއްޖާއި، ފޮއްޗާއި، ބަރަންޏާއި، ފަރުދާތައް ހަށިގަނޑުގައާއި އެނޫން ތަންތަނުގައި އެލުވުން ކަމުގައިވީނަމަ، ނަބިއްޔާ (ﷺ) އެކަން އުންމަތަށް ބަޔާންކޮށްދެއްވީހެވެ. ނަމަވެސް، އެކަލޭގެފާނުގެ ހިދާޔަތަކީ ދުޢާކުރުމާއި ކީރިތި ޤުރުއާން ކިޔަވައިގެން ރައްކާތެރިކަން ހޯދުމެވެ.

ތަވީދު އެޅުމަކީ شَرْعِي سَبَبُ (ނައްޞެއް އައިސްފައިވާ ކަމެއް) ނުވަތަ كَوْنِي ނުވަތަ  قَدَرِي سَبَبُ އެއް (ދުނިޔަވީ މާއްދީ سَبَبُ އެއްގެ ގޮތުން الله ﷻ ޚަލްޤުކުރައްވާފައިވާ ކަމެއް ލައްވާފައި އޮތް) ކަމުގައިވާނަމަ، އެކަލޭގެފާނު (ﷺ) އެކަމަށް އިރުޝާދު ދެއްވީހެވެ. އެހެނަސް، އެފަދަ ކަންކަމުގެ ބަދަލުގައި، الله ﷻ  ގެ ކަލާމްފުޅުން ރައްކާތެރިކަން ހޯދުމަށް دُعَاء އާއި شَرْعِي ޝަރުޢީ رُقْيَة ގެ ޒަރީޢާއިން އަމުރުކުރެއްވުމީ، ތަވީދުތައް ލިޔެ ހަށިގަނޑުގެ އެކި ތަންތަނުގައި އެލުވުމަކީ ނަބަވީ ސުންނަތާ ޚިލާފު، އަދި އެއްވެސް އަޞްލެއް ނެތް بَاطِل ކަމެއްކަން ހާމަވާ ސާފު ދަލީލެކެވެ. ސަބަބުތަކުގައި ހިފުމަކީ الله ﷻ އަމުރުކުރައްވާ ކަމަކަށް ވީނަމަވެސް، ޙަޤީޤީ ރައްކާތެރިކަން ދެއްވާ ފަރާތަކީ މާތް الله ﷻ ކަމާއި، އެކަލާނގެ ޝަރުޢުކުރެއްވި (ދީނީ ގޮތުން އަންގަވާފައިވާ ކަންކަން، މިސާލަކަށް: ދުޢާ، ރުޤްޔާ)، ކައުނުކުރެއްވި، ޚަލްޤުކުރެއްވި އަދި ތަޤްދީރުކުރެއްވި (ދުނިޔަވީ ގޮތުން الله ﷻ  އުފައްދަވާފައިވާ މާއްދީ ސަބަބުތައް) ސަބަބުތަކުގެ ބޭރުން ރައްކާތެރިކަން ހޯދަން އުޅުމަކީ ތައުޙީދުގެ އަޞްލާ ފުށުއަރާ ކަމެކެވެ. އަދި އެއީ الله ﷻ ލައްވާފައިނުވާ ސަބަބެއް، ސަބަބެއް ކަމުގައި ބަލައިގަތުމަކީ الله ﷻ ފިޔަވައި އެހެން ޚާލިޤަކު ނުވަތަ ސަބަބުތައް އުފައްދަވާ އެހެން ފަރާތެއް ޤާއިމުކުރުން ފަދަ ކަމެއްކަން ދެނެގަތުން މުހިންމެވެ. މީގެ އިތުރުން، ތަވީދު އެޅުމަކީ އެކަން ކުރާ ގޮތެއްގެ މައްޗަށް ބިނާވެ ބޮޑު ޝިރުކަކަށް ނުވަތަ ކުޑަ ޝިރުކަކަށް ވެސް ވެދާނެ ކަމެކެވެ. އަދި ކީރިތި ޤުރުއާން ލިޔެގެން ތަވީދު އެޅުމަކީ ވެސް شِرْكُގެ ވަސީލަތްތަކުގެ (وَسَائِل الشِّرْكُ)ތެރޭގައި ހިމެނޭ ކަމެއްކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. އޭގެ ތަފްޞީލު އަދި ބަޔާންކުރެވޭނެއެވެ. ހަމައެފަދައިން، އަރަހުށި الله ﷻ ލައްވާފައިވާ ޙަޤީޤީ ސަބަބުތަކަށް އިންކާރުކުރުމަކީ، އެކަލާނގެ ޚަލްޤުކުރެއްވުމުގެ ކުޅަދުންވަންތަކަމާއި ޙިކުމަތްތެރި ނިޒާމުގެ މުހިންމު ބަޔަކަށް އިންކާރުކުރުމެކެވެ.

۞ ތަމީމާالتَّمِيمَةُ / ތަމީމާތައް التَّمَائِمُ

الله ﷻ ވަޙީކުރެއްވިއެވެ. ﴿ الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ ﴾  [سورة المائدة – الآية 3] “މިއަދު، ތިޔަބައިމީހުންގެ دين ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ أكْمَلْتُ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް ތިޔަބައިމީހުންގެ މައްޗަށް أَتْمَمْتُ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين އެއީ ކަލޭމެންގެ دين ކަމުގައި ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.”

މި އާޔަތުން ޢިލްމުވެރިން ބަޔާންކުރާ ފާއިދާއަކީ التَّمَامُ فِي الدِّينِ يَقْتَضِي تَحْرِيمَ الزِّيَادَةِ فِيهِ އެބަހީ ދީން ފުރިހަމަވެފައިވުމީ، އެ ދީނަށް އެއްވެސް ކަމެއް އިތުރުކުރުން (ބިދުޢަ  ނުވަތަ އައު ކަންކަން އުފެއްދުމާއި ވެއްދުން) ޙަރާމްވެގެންވުން ލާޒިމުކުރާ ކަމެއް ކަމެވެ.

ނަބިއްޔާ (ﷺ) ހަދީޘް ކުރެއްވިއެވެ. «مَنْ تَعَلَّقَ تَمِيمَةً فَقَدْ أَشْرَكَ» [المسند أحمد] [1]އަދި އެހެން ރިވާޔަތެއްގައިވެއެވެ. “ތަމީމާއެއް (ތަވީދެއް) އަޅައިފި ކޮންމެ މީހަކު، ފަހެ ހަމަކަށަވަރުން އޭނާ ޝަރީކުކޮށްފިއެވެ.”

عَنْ عُقْبَةَ بْنِ عَامِرٍ رَضِيَ اللَّهُ عَنْهُ مَرْفُوعًا: އަދި الله ﷻ ރުއްސަވާވޮޑިގެންނެވި އުޤްބާ ބިން ޢާމިރުގެ ކިބައިން މަރުފޫޢުކޮށް (ނަބިއްޔާ (ﷺ) ހަމައަށް އުފުލިގެންވާ ގޮތަށް) ރިވާވެގެންވެއެވެ. (އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.)«مَنْ تَعَلَّقَ تَمِيمَةً فَلَا أَتَمَّ اللَّهُ لَهُ، وَمَنْ تَعَلَّقَ وَدَعَةً فَلَا وَدَعَ اللَّهُ لَهُ.» [المسند أحمد][2]ތަމީމާއެއް (ތަވީދެއް) އެލުވައިފި ކޮންމެ މީހާއަށް، އެކަންތައް (އޭނަ އެކަމަކަށްޓަކައި އެޅިކަންތައް) ފުރިހަމަ ނުކުރައްވާށިއެވެ! އަދި މޫދު ބޮއްޔެއް އެލުވައިފި ކޮންމެ މީހަކަށް، الله ﷻއެކަމުން އޭނާއަށް ހިންހަމަޖެހުމެއް، ރާހަތެއް ނުވަތަ ސަލާމަތްތެރިކަމެއް ނުދެއްވާށިއެވެ!”

މިޤަރުނުގެ މުޖައްދިދު سَمَاحَةُ الشَّيْخِ الإِمَامِ عَبْدِ العَزِيزِ بْنِ بَاز (1420-1330ހ.)  رحمه الله ވިދާޅުވިއެވެ.التَّمِيمَةُ هِيَ مَا يُعَلَّقُ عَلَى الأَوْلَادِ أَوْ غَيْرِهِمْ مِنَ النَّاسِ لِدَفْعِ العَيْنِ أَوِ الجِنِّ أَوِ المَرَضِ وَنَحْوِ ذَلِكَ، وَيُسَمِّيهَا بَعْضُ النَّاسِ حِرْزًا، وَيُسَمِّيهَا بَعْضُهُمُ الجَامِعَةَ. [3]ތަމީމާ އަކީ އެސްފީނާ ނުވަތަ جن ޖިންނީގެ (އުނދަގޫ) ނުވަތަ ބަލިމަޑުކަން ފަދަ ކަންކަމުން لِدَفْعِ (ދިފާޢުވުމަށް ނުވަތަ ދުރުކުރުމަށް)ޓަކައި، ކުޑަކުދިން ނުވަތަ އެނޫންވެސް މީހުންގެ ގައިގައި އެލުވައި އުޅޭ ތަކެއްޗެވެ. ބައެއް މީހުން މީގެ ތަކެއްޗަށް ‘ޙިރުޒު’ އޭ ކިޔައި އުޅޭއިރު، އަނެއް ބަޔަކު މީގެ ތަކެއްޗަށް ‘ޖާމިޢާ’ އޭ ވެސް ކިޔައި އުޅެއެވެ.”

ޢާންމުކޮށް ތަވީދަށް ޢަރަބިން ކިޔާ އުޅުނީ تَمِيمَة ނުވަތަ ފުރިހަމަކޮށްދޭ އެއްޗެވެ. މި ބަސް ނެގިފައިވަނީ تَمَّ (ފުރިހަމަވުން / ނިމުން ) ނުވަތަ تَمَام (ފުރިހަމަކަން / ނިމިފައިވާކަން) މި މަޞްދަރުތަކުންނެވެ. ޖާހިލިއްޔަ ޒަމާނުގެ މީހުން އިޢުތިޤާދުކުރި ގޮތުގައި، ތަވީދެއް އެޅުމުން އެމީހުން ބޭނުންވާ ކަންތައް (މިސާލަކަށް: ބަލިން ފަސޭހަވުން ނުވަތަ ރައްކާތެރިކަން) ފުރިހަކޮށްދެއެވެ. ނުވަތަ އެ އުދަގުލުގެ ނިމުން އެމީހުންނަށް ލިބިގެންދެއެވެ. އެހެންކަމުން، އެއަށް “ތަމީމާ” (ފުރިހަމަކޮށްދޭ، ނިންމައިދޭ އެއްޗެއް) މި ނަމުން ނަންދެވުނީއެވެ. ހަމައެފަދައިން، އަޅުގަނޑުމެން ދިވެހިން ވެސް ތަވީދަށް ތަވީދު ކިޔާ ސަބަބަކީ އެމީހުންގެ ބޭނުންތައް ފުދައިދޭ އެއްޗެއް ކަމުގައި ދެކޭ ދެކުމެވެ.

މި ބަހާއި ގުޅުންހުރި އެހެން އާޔަތްތަކަށް ބަލާނަމަ، الله ﷻ  ވަޙީކުރެއްވިއެވެ. ﴿وَأَتِمُّوا ٱلْحَجَّ وَٱلْعُمْرَةَ لِلَّهِ﴾ [سورة البقرة – الآية 196] “الله ﷻ އަށްޓަކައި حَجّ އާއި عُمْرة ކަލޭމެން ފުރިހަމަކުރާށެވެ!” އަދިވެސް الله ﷻ ވަޙީ ކުރެއްވި އެވެ. ﴿ وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَعَدْلًا ۚ لَّا مُبَدِّلَ لِكَلِمَاتِهِ ۚ وَهُوَ السَّمِيعُ الْعَلِيمُ ١١٥ ﴾  [سورة الأنعام 115] “އަދި عدلވެރިކަމާއި ތެދުވެރިކަމުގެ ގޮތުން ކަލޭގެފާނުންގެ رَبّ ގެ كلمة ފުޅު ފުރިހަމަވެގެންވެއެވެ. (ކީރިތި قرآن އަކީ އޭގެ އެންމެ ފުރިހަމަ كلمة ފުޅެވެ.) އަދި އެކަލާނގެ كلمة ފުޅު ބަދަލުކުރާނެ އެކަކުވެސް ނުވެއެވެ. އަދި އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.”

ކުރިން ބަޔާންކުރި ހަދީޘްގައިވާ التَّامَّةِ އަންނަނީވެސް ހަމަ މި މާނައެވެ. «أُعِيذُكُمَا بِكَلِمَاتِ اللَّهِ التَّامَّةِ، مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لَامَّةٍ» أخرجه البخاري (3371) “الله ﷻ ގެ ފުރިހަމަ ކަލިމަފުޅުތަކުން، އެންމެހާ ޝައިޠާނުންނާއި، އެންމެހާ ވިހަލާސޫފިތަކާއި، އެންމެހާ އެސްފީނާ ލޮލަކުން ތިޔަދެކަލުންނަށް ރައްކާތެރިކަން ދެއްވުމަށް އެދެމެވެ.”

۞ تَمَامގެ އިދިކޮޅު نقصއަދި ބުޠުލާން  

الله ﷻ ވަޙީކުރެއްވިއެވެ. ﴿ وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ﴾ [سورة الزمر – الآية 65] ” އަދި ހަމަކަށަވަރުން ކަލޭގެފާނަށް وَحِيْ ކުރެއްވިގެންވަނީ އަދި ކަލޭގެފާނުންގެ ކުރީގެ رَسُوْلُ ބޭކަލުންނަށްވެސް وَحِيْ އިއްވެވިގެން ވާނީ (އެބޭކަލުންވެސް) އަދި ކަލޭގެފާނުވެސް شِرُكُ ކޮށްފިއްޔާ ހަމަކަށަވަރުން ކަލޭގެފާނު ކުރެއްވި އެންމެހައި ހެޔޮ عَمَلُ بَاطِلُ ކުރައްވާނެކަމަށެވެ. އަދި ހަމަކަށަވަރުން އޭރުން ކަލޭގެފާނުވާނީ ގެއްލި ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.”

تَمَام (ފުރިހަމަކަމުގެ) އިދިކޮޅަކީ ގޮތުގައި نقص (އުނިކަން) އަދި عدم الإتمام (ނުނިމިދިއުން) މިއެވެ. ތަވީދު އެޅުމުން ލިބޭނީ ފުރިހަމަކަމެއް ނުވަތަ ފައިދާއެއް ނޫނެވެ. އޭގެ ބަދަލުގައި އީމާންކަމާއި ނިޢުމަތަށް އަންނަ نَقْص (އުނިކަން) އެވެ. ތަވީދަކީ އެއަޅާ މީހާގެ އިއުތިޤާދުގެ މައްޗަށް ބިނާކޮށް އިންސާނާގެ ޢަމަލުތަކާއި އީމާންކަން ބާޠިލުކޮށްލާ مُبْطِلَة އެއްޗެކެވެ. ޙަބިޠަ (حَبِطَ) އާއި މުބްޠިލާ (مُبْطِلَة) އަކީ އެކަތި އަނެކައްޗާ ވަކިނުކުރެވޭނެހާ ގުޅުން ބޮޑު ދެ ބަހެކެވެ. ތަވީދު އެޅުމަކީ ޢަޤީދާގެ ތެރެއަށް ވަންނަ مُبْطِلَة އެކެވެ. އޭގެ ނަތީޖާއަކީ އިންސާނާ ކޮށްފައިވާ ހެޔޮ ޢަމަލުތައް حَبِطَ (ބާޠިލުވެ)، خُسْرَان (އާޚިރަތުގެ ބޮޑު ގެއްލުމާ) ކުރިމަތިލާން ޖެހުމެވެ.

الله ﷻ ވަޙީކުރެއްވިއެވެ. ﴿ ذَٰلِكَ هُدَى ٱللَّهِ يَهْدِى بِهِۦ مَن يَشَآءُ مِنْ عِبَادِهِۦ ۚ وَلَوْ أَشْرَكُواْ لَحَبِطَ عَنْهُم مَّا كَانُواْ يَعْمَلُونَ﴾ [الأنعام – 88] “އެއީ الله ﷻ ގެ ތެދުމަގެވެ. އެކަލާނގެ އަޅުތަކުންކުރެ އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ އެތެދުމަގު ދައްކަވައެވެ. އަދި އެބޭކަލުންވެސް އެބަހީ (رسول ބޭކަލުންނާއި نبيބޭކަލުންވެސް) الله ﷻ އަށް شريك ކުރެއްވިނަމަ ހަމަކަށަވަރުން އެބޭކަލުން ކުރައްވާ ހެޔޮ عمل ވެސް باطلވާނެކަން ކަށަވަރެވެ.”

الله ﷻ ވަޙީކުރެއްވިއެވެ. ﴿ وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ ١٥٥﴾ ﴿الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ ١٥٦﴾ [البقرة: 155، 166] “އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެން إمتحان ކުރާހުށީމެވެ. ބިރުވެރިކަމުގެ ކަންކަން ދިމާކުރެއްވުމުންނާއި ބަނޑުހައިހޫނުކަން ދިމާކުރެއްވުމުންނާއި މުދާ މަދުކުރެއްވުމުންނާ އަދި މީހުން މަދުކުރެއްވުމުންނާއި އަދި ގަސްގަހާގެހީގެމަތިވަރު މަދުކުރެއްވުމުންނާއި މިފަދަ އެންމެހައި ކަންކަމުންނެވެ. ދެންފަހެ މިބުނާ ކެތްތެރިންނަކީ އެމީހުންނަށް مُصِيْبَة އެއް އަދި ނޭދެވޭ ކަންތައްގަނޑެއް ދިމާވާވަގުތު އެމީހުންނަކީ ބުނާމީހުންނެވެ.ހަމަކަށަވަރުން އަހުރެމެންވަނީ الله ﷻ އަށެވެ.  އަހުރެމެންނީ الله ﷻ ގެ މިލްކެވެ. އަދި ހަމަކަށަވަރުން އަހުރެމެން އެނބުރި رُجُوع ވާނީވެސް ހަމައެކަލާނގެ حضرة އަށެވެ. “

الله ﷻ ވަޙީކުރެއްވިއެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُوا لَا تُبْطِلُوا صَدَقَاتِكُم بِالْمَنِّ وَالْأَذَىٰ كَالَّذِي يُنفِقُ مَالَهُ رِئَاءَ النَّاسِ وَلَا يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ ﴾ [سورة البقرة – الآية 264] ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! بِالْمَنِّ ކަލަގޮވައިގެންނާއި وَالْأَذَىٰ އުނދަގޫކޮށް ހުތުރުއެއްޗެތި ގޮވައިގެން ކަލޭމެން ކުރާ صدقة، باطلނުކުރާށެވެ! އެފަދަ މީހުންގެ މިސާލަކީ ދެއްކުމަށް ހޭދަކުރާމީހާގެ މިސާލެވެ. އަދި އޭނާ الله ﷻ އަށާއި آخرةދުވަހަށް އީމާންނުވާމީހާ ފަދައެވެ.”

۞ ނިންމުން في الخاتمة

الله ﷻ ވަޙީކުރެއްވިއެވެ. ﴿ وَإِمَّا يَنزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّهِ ﴾  [الأعراف: 200] “އަދި ޝައިޠާނާގެ ފަރާތުން ވަސްވާހެއް ކަލޭގެފާނަށް އަތުވެއްޖެނަމަ، ފަހެ، الله ﷻ ގެ حضرة އިން ރައްކާތެރިކަން ހޯއްދަވާށެވެ!”

ދަންނައެވެ! ތިބާގެ އަތުގައި އަޅާ ފަށާއި، ރޮއްޖާއި، އަގޮއްޓާއި، ބަރަންޏާއި، ގޭގައާއި ކާރުގައި އެލުވާ ބޮއްޔާއި، ނުވަތަ މޫނުމަތީގައި އަޅާ ފޮތި (މާސްކު) ފަދަ ތަކެތި ތަވީދަކަށް ނުވަތަ ތަމީމާއަކަށް ވަނީ އެ ތަކެތި ބޭނުންކުރާ މަޤްޞަދާއި، އިއުތިޤާދާއި ނިޔަތް އަދި ސަބަބުގެ މައްޗަށް ބިނާވެގެންނެވެ.

މީހަކު އަގޮއްޓެއް ނުވަތަ ފަށެއް ޒީނަތްތެރިކަމުގެ ބޭނުމުގައި އެޅުމަކީ ތަވީދު އެޅުމެއް ނޫނެވެ. ހަމައެފަދައިން، މީހަކު މާސްކު އަޅަނީ ވެރިއެއްގެ އަމުރަކަށް ކިޔަމަންގަތުމުގެ ގޮތުން ކަމުގައިވީނަމަ، ނުވަތަ ފުށް ގެންގުޅޭތީ އޭގެ އަސަރު ފުއްޕާމެއަށް ކޮށްފާނެތީ، ނުވަތަ ފައިބަރު މަސައްކަތުގެ ކުނޑިން ސަލާމަތްވުމަށް، ނުވަތަ ހަނަފަސް ސަހަރާއެއްގެ ވެލީގެ ތޫފާނަކުން ނުވަތަ އަލިފާނުގެ ދުމުން ސަލާމަތްވުމަށް ފަދަ ކައުނީ/ޤަދަރީ (މާއްދީ ހެކިއޮތް) ސަބަބުތަކަށްޓަކައި ކަމުގައިވާނަމަ، އެއީ ތަވީދު އެޅުމެއް ކަމުގައި ނުވާނެއެވެ.

މިޤަރުނުގެ ފަޤީޙު سَمَاحَةُ الشَّيْخ العَلاَّمة مُحمَّد بن صالح العُثَيمِين (1421-1347ހ.)  رحمه الله ވިދާޅުވިއެވެ.وَلُبْسُ هٰذِهِ الْأَشْيَاءِ قَدْ يَكُونُ أَصْغَرَ وَقَدْ يَكُونُ أَكْبَرَ بِحَسَبِ اعْتِقَادِ لَابِسِهَا. وَكَانَ لُبْسُ هٰذِهِ الْأَشْيَاءِ مِنَ الشِّرْكِ، لِأَنَّ كُلَّ مَنْ أَثْبَتَ سَبَبًا لَمْ يَجْعَلْهُ اللَّهُ سَبَبًا شَرْعِيًّا وَلَا قَدَرِيًّا، فَقَدْ جَعَلَ نَفْسَهُ شَرِيكًا مَعَ اللَّهِ. [القول المفيد على كتاب التوحيد “އަދި މިފަދަ ތަކެތި (ތަވީދުގެ ގޮތުގައި އަޅާ ފަށާއި އަގޮއްޓާއި) އެޅުމަކީ، އެއަޅާ މީހާގެ ޢަޤީދާއަށް ނުވަތަ އީމާންކަމަށް ބަލައި، ކުޑަ ޝިރުކަކަށް ވެދާނެއެވެ. އަދި ބޮޑު ޝިރުކަކަށްވެސް ވެދާނެއެވެ. އަދި މިފަދަ ތަކެތި އެޅުން ޝިރުކުގެ ތެރެއިންވާ ސަބަބަކީ، الله ﷻޝަރުޢީ ގޮތުންނާއި ޤަދަރީ ގޮތުންވެސް ސަބަބެއް ކަމުގައި ނުލައްވާކަމެއް ސަބަބެއް ކަމުގައި ކަނޑައަޅައިފި ކޮންމެ މީހަކީ، ފަހެ، ހަމަކަށަވަރުން އޭނާ ވަނީ އޭނާގެ ނަފްސު الله ﷻއާއެކު (ޚަލްޤުކުރެއްވުމުގައި) ބައިވެރިއެއް ކަމުގައި ހަދާފައެވެ.”

۞ ޞިއްޙަތު ސަލާމަތުން ތިބި މީހުން ބަދުފާލަށްހެދުމުގެ ވަހުނު

ކޯވިޑާ ގުޅިގެން ކާފަރު މުލްޙިދުން ވަނީ (وَسَائِل الشِّرْك) ޝިރުކަށް މަގުފަހިވާނޭ ވަސީލަތެއްގެ ގޮތުގައި، މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުން މުސްލިމުންގެ ތެރެއަށް ވަހުމެއް އަދި ވަސްވާހެއްގެ ގޮތުގައި ވައްދާފައެވެ. މި ވަސްވާހަކީ ހަމަކަށަވަރުން އިބްލީސްގެ “ތަލްބީސް” ބޮޑު އޮޅުވާލުމުގެ ތެރެއިންވާ ކަމެކެވެ. ބައެއް ދީނީ ދާޢީންނާއި ޝެއިޚުންނަށް އެބޭފުޅުންގެ ޢިލްމުގެ އުނިކަމުން މިކަން ތަޞައްވަރުވެސް ނުކުރެވުނު ކަމީ އަޖައިބެކެވެ.

ކޯވިޑުގައި ކާފަރު މުލްޙިދުން ހެދިގޮތަކީ ޞިއްޙަތު ސަލާމަތުން ހުރި އިންސާނާ އަކީ الأَذَى (އަނިޔާދޭ، ގެއްލުންދޭ) ފަރާތެއް ކަމުގައި ހެދުމެވެ. ބިމު ދާއްބައާއި، ކުޑަކުއްޖާއާއި، ބަޑިފުރޭތަ ފަދަ ޚުރާފީ އެކި ނަންނަމަށް މީސްތަކުން ބިރުގަންނުވާހެން، އަނެއް މުސްލިމް އަޚާ އަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް މުލްޙިދު ކާފަރު ޑޮކްޓަރުން ހެދިއެވެ. މިފަދަ ޙާލަތެއްގައި، ތިބާ ކިޔެވި ތައުޙީދު ކޮބާހެއްޔެވެ؟ ތިބާ ކިޔެވި ޝިރުކުގެ ވަސީލަތްތަކުން ދުރުހެލިވުމުގެ ބާބުތައް ކޮބާހެއްޔެވެ؟ މުސްލިމުންނަށް އޮތީ ކާފަރުން ފަތުރާ ޚުރާފީ ޚަބަރުތަކަކީ ތެދު ދޮގު ސަބަބެއްތޯ ބެލުމެވެ. އެމީހުންނަށް ދެލޯކަނުކޮށް ތަބަޢަވުމެއް ނޫނެވެ. ބޭސްވެރިކަމުގައި ވިޔަސްމެއެވެ.

ޞިއްޙީ ގޮތުން އެއްވެސް ޙަޤީޤީ ނުރައްކަލެއް ނެތް ޚުރާފީ ބަލިތަކުން ސަލާމަތްވުމަށް، ނުވަތަ ޞިއްޙަތު ސަލާމަތުން ތިބި މީހުންގެ ކިބައިން “އަރާފާނެ” ކަމަށް ބުނާ ވަހުމީ ނުރައްކަލަކުން ސަލާމަތްވުމަށް މާސްކު އެޅުމާއި، ހަ ފޫޓު ދުރުގައި ހުރުމަކީ ރައްކާތެރިކޮށްދޭނޭ ސަބަބެއް ކަމަށް ދެކިގެން އެކަންކަން ކޮށްފިނަމަ، އެ ކަންކަން ތަވީދުގެ މާނައިގެ ތެރެއަށް ވަދެއެވެ.

ތަވީދު ތަވީދަކަށް ވަނީ ދެ ކަމެއް އެކުވުމުންނެވެ. އެއީ الله ﷻ ތަޢާލާ ޝަރުޢީ ގޮތުން ނުވަތަ ކައުނީ ގޮތުން ލައްވާފައި ނުވާ ކަމެއް އެއީ ސަބަބެއް ކަމުގައި ޤަބޫލުކުރުމާއި، އެ ސަބަބުގެ މައްޗަށް އިޢްތިމާދުވެ ބަރޯސާވުމެވެ. ހަމައެފައިން މީހަކު، މާސްކު އަޅަނީ ޞިޙަތު ސަލާމަތުން ތިބި މީހުންގެ ފަރާތުން އަރާފާނެ ޚުރާފީ ވުޖޫދުގައި ނެތް (ސަބަބެއް ނުވާ) ބައްޔަކަށް ކަމުގައިވާނަމަ އެވެސް ވައްނާނީ ނަބިއްޔާ (ﷺ) ނަޙީ ކުރައްވާފައިވާ ބަދުފާލާއި ތަވީދުގެ ތެރެއަށެވެ.

الله ﷻ  ކަމަކަށް އޮތް ސަބަބެއް ކަމުގައި ކަނޑައަޅުއްވާފައި ނުވާ ކަމެއް، އެއީ ސަބަބެއް ކަމުގައި ބެލުމާއި، އެ ކަމެއްގެ މައްޗަށް ބަރޯސާވުމަކީ ކުޑަ ޝިރުކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިތަނުގައި ވަކިވަކި ދެ ކަމެއްގެ ވާހަކަ އެބައޮތެވެ:

  1. الله ﷻ ސަބަބެއް ކަމުގައި ލައްވާފައި ނުވާ ކަމެއް، ސަބަބެއްގެ ގޮތުގައި އިޚްތިޔާރު ކުރުން.
  2. އެ ސަބަބުގެ މައްޗަށް އިޢްތިމާދުވެ، ބަރޯސާވުން.

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، މީގެ ތެރެއިން ކޮންމެ ކަމަކީވެސް ވަކިވަކިން ބެލިކަމުގައި ވިޔަސް ކުޑަ ޝިރުކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ނަމަވެސް ތިބާ މިވަނީ އެ ދެކަންތައް އެއްކޮށްލާފައެވެ. އެހެންކަމުން، އަޅުގަނޑުމެން ވަކިވަކިން ތަޙްޤީޤުކޮށް ބަލަންޖެހޭ ކަމަކީ: މާސްކު އެޅުމަކީ އެބުނާ ބަލިތަކުން ރައްކާތެރިވުމަށް އޮތް ސަބަބެއް ތޯއެވެ؟ އެބުނާ ބައްޔެއް ވުޖޫދުގައި ވޭ ހެއްޔެވެ؟ ޙައްޖުގެ އަޅުކަމާ ގުޅޭގޮތުން ސައުދީގައި ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، ނޭވާލާ ނިޒާމުގެ ބަލިތަކުން (ރޯގާއިން) ރައްކާތެރިވުމަށް މާސްކުން ކުރާ އެއްވެސް އަސަރެއް ނެތެވެ. މިފަދަ އެތައް އެތަށް ދިރާސާއެއް ހަދާފައިވެއެވެ. މިފަދަ ޙާލަތެއްގައި، އެއްވެސް މަޤްބޫލު އުޒުރެއް ނެތި، ދުޅަހެޔޮކޮށް ތިބި މީހުންނަކީ ބިރުގަންންޖެހޭ ފަދަ ނުބައި ފާލެއް (ބަދުފާލެއް) ކަމުގައި ތިޔަ ބަލަނީއެވެ. ކާފަރުން ފެތުރި ބޯދާ ޚުރާފީ ޚިޔާލަށް ބިނާކޮށެވެ. އަދި މީގެ އިތުރުން، އެ މާސްކަށް ބަރޯސާވެ، އެއީ ރައްކާތެރިކަން ހޯދައިދޭ އަސްލު ވަސީލަތް ކަމުގައި ދެކިއްޖެނަމަ، އެކަމުގެ ނުރައްކާތެރިކަން މާ ބޮޑުވެގެންދެއެވެ.

މާސްކު އެޅުމުން ކޯވިޑް އަށް ރައްކާތެރިކަން ނުލިބޭނެކަން ބަޔާންކޮށް 3 މާރޗް 2020 ގައި ރާއްޖޭގެ ކޯވިޑްގައި މަޝްހޫރުވި ޑޮކްޓަރު ނަޒްލާ ރަފީޤް ވިދާޅުވެފައި ވަނީ ކޮވިޑް-19 އަށް “ޖާދޫގެ މާސްކު އަޅައިގެން ނުވަތަ މުޢުޖިޒާތެއް ފަދަ ފަރުވާއެއް ކޮވިޑަށް އޮތް ކަމުގައި ބުނާ ދޮގުވެރި ހީލަތްތެރި ދޮގު މެސެޖަށް ހެއްލިގެން ނުދާށެވެ.

3 އޭޕްރީލް 2020 ގައި “ކޮރޯނާ ގުޅިގެން މާސްކު އެޅުމާއި ނޭޅުމާ މެދު ސަރުކާރުގެ ޞިއްޙީ މާހިރުން ދަނީ އެކި ދުވަހު އެކި ގޮތްގޮތަށް އިރުޝާދު ބަދަލުކުރަމުން!” މި މައުޟޫއަށް ‘ޓައިމްސް މެގަޒިން’ ޝާއިއުކޮށްފައިވާ ލިޔުމުގައި، މާސްކާ ގުޅޭ ޚުރާފީ ވިސްނުންތަކާ މެދު އެމެރިކަން ފިޒިއޮލޮޖިކަލް އެސޯސިއޭޝަންގެ ސީނިއާ ޑިރެކްޓަރ އަދި ކްލިނިކަލް ފިޒިއޮލޮޖިސްޓް ޑރ. ލީން ބަފްކާ ވިދާޅުވި ބަސްފުޅު ގެންނަވައި ލިޔެފައިވެއެވެ. “މިހާލަތުގައި، މާސްކު އެޅުމަކީ ޚުރާފީ ބޯދާ ބަދުފާލު ސުލޫކެކެވެ. ކޮރޯނާ ވައިރަސް ނުވަތަ އެނޫން ވައިރަލް ބައްޔެއް ފެތުރިގެން އުޅޭއިރު މީހަކު މާސްކެއް އަޅައިގެން ހުއްޓާ، އޭނާއަށް އެ ބަލި ނުޖެހިއްޖެ ނަމަ، އޭނާ ރައްކައުތެރި ކުރިކުރުން މާސްކަށް ނިޞްބަތްކޮށް، މާސްކު އެޅުމާއިގެން ކުރިއަށް ގޮސްދާނެއެވެ.”

9 އޮގަސްޓު 2020 ގައި އެމެރިކަން އިންސްޓިއުޓް ފޯ އެކޮނޮމިކް ރިސާޗް އިން “ފުރަބަންދާ އުޞޫލީގޮތުން އިދިކޮޅު ހަރަކާތެއް ބޭނުންވޭ!” މި ސުރުޚީގެ ދަށުން ޝާއިއުކުރި ލިޔުމުގައި ބުނެފައިވެއެވެ. “އެންމެ ފަސް މަސް ދުވަހުގެ ތެރޭގައި ފުރަބަންދަށް ތާއީދުކުރާ ފަރާތްތަކުން ވަނީ، އަނެކާއަކީ ޤަތުލުކޮށްލާ ފަދަ ނުރައްކާތެރި ގައިންގަޔަށް އަރާ ބައްޔެއް ފަތުރާ ފަރާތެއް ކަމަށް ދެކެންޖެހޭ ފަދަ އިޖްތިމާއީ ނިޒާމެއް އުފައްދާފައެވެ. މިކަމުގައި ބުއްދި ޤަބޫލުކުރަން އެންމެ ދަތި ކަމަކީ، އެހެން މީހަކާ 3 ފޫޓަށް ވުރެ ކައިރިވެވިއްޖެ ނަމަ، ކުއްލިއަކަށް ބައްޔެއް ފާޅުވެ ފެތުރިގެންދާނެ ކަމަށް މީހުން ޤަބޫލުކުރާ ޤަބޫލުކުރުމެވެ.”

ލިޔުންތެރިޔާ ވިދާޅުވެފައިވާ ފަދައިން، ކޮވިޑް މުޖްތަމަޢުގައި މިވަނީ ޞިއްޙަތު ސަލާމަތުން ހުރި އަނެއް އިންސާނާއަކީ ބިރުވެރި ނަޖިސް ‘ބަޔޯ-ކެމިކަލް ހަތިޔާރެއް’ ފަދަ ނުރައްކާތެރި ގެއްލުންހުރި ފަރާތެއް ކަމުގައި ކޮންމެ ރައްޔިތަކަށް ވިސްނުވައިދީފައެވެ. ހަމައެއާއެކު، ޞިއްޙީ ފަންނުގެ ބޮޑުންގެ ޚިޔާލީ ވަހުމުތަކުގެ މައްޗަށް ބިނާވެފައިވާ ބޯދާ ބަދުފާލުގެ ކަންތައްތަކުގެ ތެރެއިން، ސިހުރެއް ފަދަ އަނެއް ކަމަކީ ކޮވިޑް ބަލި ފެތުރުން ހުއްޓުވުމަށްޓަކައި 6 ފޫޓު ދުރުމިން ބެހެއްޓުމުގެ އަމުރެވެ.

މި ލިޔުމުގައި ލިޔުންތެރިޔާ މާސްކާ ބެހޭގޮތުން ވަރަށް މުހިންމު ވާހަކައަކަށް އިޝާރާތްކޮށް ލިޔެފައިވެއެވެ “މިނިވަންކަމުގެ އަޞްލުތަކާ ބެހޭގޮތުން ވާހަކަ ދައްކާ ހިނދު، މާސްކާ ބެހޭގޮތުން ވާހަކަ ދައްކާލަމާތޯއެވެ. ‘ދި ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިން’ ގައި މާސްކަށް ‘ތަވީދެއް’ ގެ ނަން ދީފައިވާ ފަދައިން، ސީދާ އެކަން އެހެން ވެއްޖެއެވެ.”

1 އޭޕްރީލް 2020 ގައި ލިޔުންތެރިޔާ އިޝާރާތް ކުރައްވާފައި އެވަނީ، ޞިއްޙީ ޖާނަލްއެއް ކަމުގައިވާ ‘ދި ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިން’ ގައި ނެރެފައިވާ ލިޔުމުގައިވާ މި ވާހަކައަށެވެ. “މާސްކަކީ ރަމްޒީ ދައުރެއް އަދާކުރާ އެއްޗެއްކަން ވަރަށް ސާފެވެ. މާސްކަކީ ހަމައެކަނި އާލާތެއް ނޫނެވެ. އެއީ ހޮސްޕިޓަލުތަކަށް އޮތް އިތުބާރު ދަމަހައްޓައި، ހެލްތު-ވޯކަރުންނަށް ރައްކައުތެރިކަމާއި ސަލާމަތްތެރިކަމުގެ އިހުސާސް ގެނެސްދިނުމަށް އެހީވެދޭ ‘ތަވީދު’ (Talismans) ތަކެކެވެ. މިފަދަ ކަންކަމަކީ ސީދާ އޭގެ ބޭނުން ބުއްދިން ވިސްނޭ ކަމެއް ކަމުގައި ނުވިޔަސް، މިފަދަ ކާރިސާއެއްގެ ދަނޑިވަޅެއްގައި އަހަރެމެން އެންމެނަކީ ބިރުވެރިކަމާއި ހާސްކަމަށް ހުށައެޅިފައިވާ ބައެކެވެ.”

މާސްކަކީ (ހިޖާބެއް/އައްޑަނައެއް ނުވަތަ ނިވާފަތްގަނޑެއް) ވަކި ހާލަތްތަކެއްގައި ‘ތަވީދެއް’ ކަމަށް ޚުދު ކާފަރުން ވެސް އިޢުތިރާފުވެފައިވާ އިރު، މާސްކު ތަވީދަކަށްވާ ޙާލަތްތައް ބަޔާންކޮށްދިނުމަށް ރާއްޖޭގެ ބައެއް ދުޢާތުން ޖެހިލުންވުމަކީ، އެބޭފުޅުންނަށް ތައުޙީދުގެ ޙަޤީޤީ މަޢުރިފާ އެންމެ ފުރިހަމައަށް ލިބިފައި ނުވާކަމުގެ ހެއްކެކެވެ. މިއީ މުސްލިމް އުންމަތުގެ ޢަޤީދާ ސަލާމަތްކުރުމަށްޓަކައި ކޮންމެހެން ދައްކަންޖެހިފައިވާ ވާހަކައެކެވެ. ކޮވިޑް ދުވަސްވަރު، ތައުޙީދުގެ ޙިމާޔަތުގައި މާސްކު އެޅުމަކީ ތަވީދެއް ފަދައިން ބޭނުންކުރެވޭ ކަމެއްގެ ގޮތުގައި ނުހެދުމަށް، ހައިއަތު ކިބާރު ޢިލްމުވެރިއެއްކަމުގައިވާ ފަޟީލަތުއްޝައިޚް ޞާލިޙް އަލް-ލުޙައިދާން رحمه الله އާއި އެބޭފުޅާގެ ދަރިވަރުންގެ އިތުރުން، ޝައިޚް އަބޫ އިޔާޟް އަމްޖަދު ބިން މުޙައްމަދު ރަފީޤް حفظه الله އަދި ޝައިޚް އަބޫ ޚަދީޖާ ޢަބްދުލް ވާޙިދު حفظه الله ފަދަ ޢިލްމުވެރި ދާޢީން ވަނީ ވަޞިއްޔަތް ކުރައްވާފައެވެ. ނަމަވެސް، އެ ބޭފުޅުން މި ބާބު ބަޔާންކޮށްދެއްވުމުން، އެއީ އެހެނިހެން މަޤްބޫލު ސަބަބުތަކަށްޓަކައި މާސްކު އަޅާ ޢިލްމުވެރިންނާއި، ވެރިންނާއި، ރައްޔިތުން ޝިރުކުކުރީ ކަމަށް (އެބަހީ މާސްކު އެޅި އެންމެން ޝިރުކު ކުރިކަމަށް) އެބޭފުޅުން ވިދާޅުވަނީ ކަމަށް ބުނެ، ރާއްޖޭގައިވެސް ބަޔަކު ވަނީ ޢިލްމުވެރިންނާ  ދުޢާތުންނާ ބެހޭގޮތުން ބޮޑެތި ދޮގު ޢިލްމުވެރިންނަށް ފަތުރާފައެވެ. އަދި އިސްލާމީ އުންމަތުގެ ތެރޭގައި ބޮޑެތި ފިތުނަވެރިކަން އުފައްދާފައެވެ. ތައުޙީދުގެ ޙަޤީޤަތް ދަންނަ މުސްލިމުންނަށް މިފަދަ ކަންކަން ކުރުން ހެޔޮވާނީ ކިހިނެއްތޯއެވެ؟

ހަމައެއާއެކު، ބަދުފާލެއް ފަދައިން މުސްލިމުންނަށް ޢަމަލުކުރަން އެމެރިކާފަދަ ޞަލީބީ ދަޢުލަތްތަކުން މަޖުބޫރުކުރި 6 ފޫޓުގެ ދުރުމިން ބެހެއްޓުމުގެ އުސޫލު އެއީ އެއްވެސް އަސާސެއް ނެތް، އެއްވެސް ހެއްކެއް ނެތް، ހުސް ދޮގު ކަމަށް އެއަށް މީސްތަކުންނަށް ވަޞިއްޔަތްކުރި ކާފަރު ޑޮކްޓަރުންވަނީ އިއުތިރާފުވެފައެވެ. މުޅި ދުނިޔޭގައި ކާފަރުންނާހެދި، މުސްލިމުންގެ ނަމާދުގެ ސަފުތަކަށް ބަދަލު ގެނުވި 6 ފޫޓުގެ އިޖުތިމާއީ ދުރުމިން ބެހެއްޓުމުގެ އުސޫލަކީ، އެކަން ތަންފީޒުކުރި ފަރާތްތަކުން މިހާރު އިއުތިރާފުވެފައިވާ ގޮތުގައި އެއްވެސް ސައިންޓިފިކް ބިންގަލެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ.

ޝައިޚް އަބޫ އިޔާޟް އަމްޖަދު ބިން މުޙައްމަދު ރަފީޤް حفظه الله ވިދާޅުވިއެވެ. “ދުޅަހެޔޮ ޞިއްޙަތު ސަލާމަތުންތިބި މީހުންގެ މެދުގައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަކީ އެއްވެސް އަސާސެއް ނެތް، ކަނޑައެޅިގެންވާ (ކާފަރުންގެ ވަހުމީ) ބާތިލު ޚުރާފާތެކެވެ. އަދި އެއީ ޣައިރު މުސްލިމުން އަމިއްލައަށް އުފައްދާފައިވާ ދޮގުތަކެކެވެ. މިއީ ބަލިފެތުރޭ ގޮތާ މެދު އެމީހުން ގެންގުޅޭ ކުށްހީތަކާއި، ‘ވައިރޮލޮޖީ’ ނުވަތަ ވައިރަސްތަކާ ބެހޭ ސައިންސްގެ ނަމުގައި ހަދާފައިވާ އޮޅުވާލުންތަކުގެ ނަތީޖާއެކެވެ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ހަގީގަތާ ޚިލާފު ވާހަކަތަކެކޭ އެއްފަދައިން، މިއީވެސް މީސްތަކުންގެ މައްޗަށް ބާރު ފޯރުވައި ކޮންޓްރޯލް ކުރުމަށްޓަކައި ބޭނުންކުރާ ހަތިޔާރެކެވެ.” “މުސްލިމް ޑޮކްޓަރުން މިފަދަ ކަންކަމުގައި ޣައިރު މުސްލިމުންނަށް ކަނުކަމާއެކު ތަބާވެ، ހައްދުފަހަނައަޅައި ދިއުމުގެ ސަބަބުން، ވަސްވާސްތަކުގެ ތެރެއަށް ވެއްޓި، އެކަކު އަނެކަކާ އޮންނަ ގުޅުންތައް ކަނޑާލާފައިވާތީ ޝައިޚް އަލްއަލްބާނީ (V) ވަނީ އެކަމާ ހިތާމަ ފާޅުކުރައްވާފައެވެ.”

⚠️2024 ވަނައަހަރު އެމެރިކާގެ ކޮންގްރެސްގައި ފައުޗީ ދެއްވި ބަޔާން: ޑރ. އެންތަނީ ފައުޗީ ވަނީ އެއީ “ހަމަ ކުއްލިއަކަށް ފެންމަތިވި ޚީޔާލެއް” ކަމަށް އިއުތިރާފުވެވަޑައިގެންފައެވެ. 2024 ވަނަ އަހަރު އެމެރިކާގެ ހައުސް ސެލެކްޓް ސަބްކޮމިޓީގައި ދެއްވި ބަޔާނުގައި، 6 ފޫޓުގެ ދުރުމިން ބެހެއްޓުމުގެ އުސޫލު އައީ ކޮންތާކުންތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ: “އެއީ ކޮންތާކުން އައި އެއްޗެއް ކަމެއް އަޅުގަނޑު ހަނދާނެއް ނެތް، އެއީ ހަމަ ކުއްލިއަކަށް ފެންމަތިވި ކަމެއް.” “އެކަމުގެ ފަހަތުގައި އެއްވެސް ސައިންޓިފިކް ހެއްކެއް އޮތްތޯ؟” ސުވާލުކުރުމުން އޭނާ ވިދާޅުވީ “އެފަދަ އެއްވެސް ދިރާސާއެއް އޮތްކަން އަޅުގަނޑަށް އެނގިފައެއް ނެތް” ކަމުގައެވެ.

 ⚠️ޑރ. ޕޯލް އެލެގްޒެންޑަރ (އެމެރިކާގެ އެޗް.އެޗް.އެސް ގެ ކުރީގެ އެޑްވައިޒަރ): “އަޅުގަނޑު ސީ.ޑީ.ސީ ގެ ޑިރެކްޓަރ ޑރ. ރެޑްފީލްޑް ގާތު މި 6 ފޫޓުގެ އުސޫލުގެ ސައިންޓިފިކް ހެއްކާ ބެހޭގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވީ: “އެއްވެސް ސައިންޓިފިކް ހެއްކެއް ނެތް، އެއީ އަހަރެމެން އަމިއްލައަށް ހެދި އެއްޗެއް” ކަމުގައެވެ.

 ⚠️ޑރ. ފްރާންސިސް ކޮލިންސް (އެން.އައި.އެޗް ގެ ކުރީގެ ޑިރެކްޓަރ): “6 އުސޫލަށް ބާރުދޭ އެއްވެސް ހެއްކެއް އޭރަކުވެސް ނެތް، އަދި މިހާރަކުވެސް ނެތް. އެކަމަށް ތާއީދުކުރާ އެއްވެސް ސައިންޓިފިކް ދިރާސާއެއް އަޅުގަނޑު ނުދެކެން.” ވިދާޅުވިއެވެ.

⚠️ ނިއުޔޯކް ޕޯސްޓް – ޖެނުއަރީ 2024:ފައުޗީ އިއުތިރާފުވެފައިވާ ގޮތުގައި ދުރުމިން ބެހެއްޓުމުގެ އުސޫލަކީ ‘ހަމަ ފެންމަތިވި’ ކަމެކެވެ. އެއީ އެއްވެސް ސައިންޓިފިކް ހެއްކެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫން ނަމަވެސް، އެކަން ވެގެންދިޔައީ ސްކޫލްތަކާއި، މިސްކިތްތައް ބަންދުކުރުމަށާއި ވިޔަފާރިތައް ހަލާކުކޮށްލުމަށް ބޭނުންކުރި އަސާސަށެވެ.”

⚠️ ވިޖިލަންޓް ނިއުސް – މެއި 2024: “6 ފޫޓުގެ އުސޫލަކީ އެއްވެސް ހަގީގަތެއް ނެތް ކަމެއްގެ ގޮތުގައާއި، މީހުންގެ ވިސްނުމާ ކުޅެލުމަށް ހިންގި ކަމެއްގެ ގޮތުގައި މިހާރު ވަނީ ހާމަވެފައެވެ. ސަރުކާރުގެ އިސްވެރިންނާއި، ސިއްހީ މާހިރުން އަދި މީޑިއާތަކުން ސައިންޓިފިކް ނޫން ވާހަކަތަކެއް ފަތުރައި، މުޖުތަމައުގެ ނިޒާމު ބުރޫއަރުވާލައި، ދީނީ ކަންކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވިއެވެ.”

⚠️ ދަ ފެޑަރަލިސްޓް – މެއި 2024: “ކޮލިންސް އިއުތިރާފުވެވަޑައިގަތީ އެކަމަށް އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އޭރަކުވެސް އަދި މިހާރަކުވެސް ނެތެވެ. ނަމަވެސް، އެއްވެސް އަސާސެއް ނެތް މި ސިޔާސަތުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުން ހަލާކުވެގެން ދިޔައެވެ.”

⚠️ ޑެއިލީ މެއިލް – ޖޫން 2024: “ހުވާގެ މަތީގައި ހުރެ ފައުޗީ އިއުތިރާފުވެވަޑައިގަތީ މި އުސޫލަށް ތާއީދުކުރާ އެއްވެސް ސައިންޓިފިކް ހެއްކެއް ނެތް ކަމަށެވެ. މީގެ ސަބަބުން ކުޑަކުދިންނަށް ނޭދެވޭ އަސަރުކޮށް، ކިޔަވައިދިނުމުގައި ދަރިވަރުން ފަހަތަށް ގޮސް، އަދި އަޅުކަންކުރާ ތަންތަން ބަންދުކުރަން ޖެހުނީ އެއްވެސް ފައިދާއެއް ނެތް ކަމަކަށެވެ.”

ޚުދު ސަލީބަށް އަޅުކަން ކުރާ ކާފަރުންވަނީ، 6 ފޫޓު ދުރުމިން ބެހެއްޓުމަކީ އެމީހުން ވަހުމާއި ޚުރާފާތާއި ބަދުފާލަށް އީމާންވެ ކުރި ކަމެއްކަން އަމިއްލައަށް އިޢުތިރާފުވެފައެވެ. އަނެއްކާވެސް، މުސްލިމުން އެމީހުން އެޅިބަތަކަށް ރިހަކާން އެމީހުން ބުނިހާ ގޮތަކަށް، ނަމާދުގެ ސަފަށް ބަދަލު ގެންނަންވީ ހެއްޔެވެ؟

މުސްލިމް ސިއްހީ މާހިރުން، ޣައިރު މުސްލިމުންގެ ދޮގު ވާހަކަތައް ތަކުރާރު ނުކޮށް ހަނު ތިބި ނަމަ، ކޮވިޑްގެ މި ފިތުނައާއި އޭގެ ސަބަބުން ކުރިމަތިވި އެންމެހައި ނުބައި ނަތީޖާތަކެއް މި އުންމަތަކަށް މިހާ ބޮޑަށް ކުރިމައްޗެއް ނުވީހެވެ. މިސްކިތްތަކަށް ބިރުވެރިކަން ވެއްދުމަށާއި، ދީނީ ހުކުމްތައް ބަދަލުކުރުމަށާއި، ނަމާދުގެ ސަފުތައް ވަކިކޮށް ބައިބައިކުރުމަށާއި، އަޅުކަމުގެ ތެރެއަށް ބައިބައިވުން ގެނައުމަށްޓަކައި ބޭނުންކުރި ވަސީލަތަކީ އެބޭފުޅުންނެވެ.

މީގެ 1400 އަހަރު ކުރިން، ސަހާބީން ބަލިމަޑުކަމުގައި ވެސް އެފަދަ ކަމެއް ނުކުރިއެވެ. ދީނުގައި ހިދާޔަތަށް ވާނީ ކިހިނެއް ހެއްޔެވެ؟ މާތް الله ﷻ އަރެމެންގެ ވެރިންނާއި ޢިލްމުވެރިންނަށް، އެފަދަ ކަމެއް ދެންވެސް އަންނަ ހިނދު، ނަމާދުގެ ސަފުތައް 6 ފޫޓު ދުރުމިނުގައި ބަހައްޓައި ކުރުމުގެ ތައުފީޤު ނުދެއްވާށިއެވެ. އަދި އެމީހުންނަށް އެކަމުގެ ހެޔޮ ވިސްނުން ދެއްވާ، ހެޔޮ މަގަށް މަގު ދައްކަވާށިއެވެ! الله ﷻ ގަންދީ ބުނަމެވެ. މުސްލިމް އިލްމުވެރިންނާއި ވެރިންނަށް އެއީ ޣައިރު މުސްލިމުންގެ ނުފޫޒުން އުފައްދާފައިވާ މިފަދަ ބޮޑު ދޮގެއްކަން އެނގިވަޑައިގަތް ނަމަ، މިފަދަ އެއްވެސް ބަދަލެއް ގެނައުމަކަށް އެބޭފުޅުން ފުރުސަތެއް ނުދެއްވީހެވެ. އެބޭފުޅުން ވިދާޅުވިހައި ބަހަކާއި ކުރެއްވިހައި ކަމެއް ކުރެއްވީ، އެ ވަގުތަކު އެބޭފުޅުންނަށް (ކާފަރުންނަށް ދެލޯކަނުކޮށް ތަބަޢަވާ ބައެއް ޞިއްޙީ މާޙިރުންގެ ފަރާތުން) ލިބިވަޑައިގެންފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، މުސްލިމުންގެ މަސްލަހަތަށް އިސްކަންދެއްވައިގެންނެވެ. އެބޭފުޅުން އެކަންކަން ކުރެއްވީ މަޖުބޫރު ހާލަތެއްގައި، މުސްލިމުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށްޓަކައި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިގެންނެވެ. ކޯވިޑު ވަހުނުގެ ތެރެއިން މާސްކު އެޅުމާއި ނަމާދުގެ ސަފުތައް ހަ ފޫޓަށް ދުރުކުރުމަކީ، ޢަޤީދާ ބަލިކަށިކޮށްލުމަށްޓަކައި ޔަހޫދީންނާއި ނަސާރާއިން ރޭވި ވަރުގަދަ މަކަރުވެރި ރޭވުމެއްގެ ބައެއްކަމާމެދު މިއަދު އެއްވެސް ޝައްކެއް ނެތެވެ. މިކަމުގެ ޙަޤީޤަތް ބަޔާންކުރައްވައި الله ﷻ ވަޙީކުރެއްވިއެވެ.

﴿ إِنَّهُمْ يَكِيدُونَ كَيْدًا * وَأَكِيدُ كَيْدًا ﴾ [سورة الطارق: 15-16] “ހަމަކަށަވަރުން، އެއުރެން (ކަލޭގެފާނާ ދެކޮޅަށް) މަކަރުވެރި ރޭވުމެއް ރާވަތެވެ. އަދި ތިމަންރަސްކަލާނގެވެސް ރޭއްވެވުމެއް ރާއްވަވަމެވެ.

ދުޢާއަކީ، ކާފަރުންނާއި މުލްޙިދުން ފަތުރާ ވަހުމީ ބިރުވެރިކަމުންނާއި، އިބްލީސްގެ ނުބައި ވަސްވާސްތަކުން މުސްލިމް އުންމަތް ރައްކާތެރިކޮށްދެއްވުމެވެ. ކޮންމެފަދަ ނާޒުކު ޙާލަތެއްގައިވެސް، ފަނާވެދަނިވި މާއްދީ ސަބަބުތަކަށްވުރެ ބޮޑަށް، އެންމެހާ ކަންކަމުގެ މިލްކުވެރި ރައްބުގެ ކުޅަދުންވަންތަކަމާއި ތައުޙީދުގެ ސާފު ޢަޤީދާގައި ސާބިތުވެ ތިބުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާށިއެވެ! ފަހެ، ޙަޤީޤީ ރައްކާތެރިކަމާއި އަމާންކަން ވަނީ ހަމައެކަނި މާތް الله ﷻ ގެ ޙަޟްރަތުންނެވެ. އެކަލާނގެ ޝަރުޢުކުރައްވާފައި ނުވާ އަދި ޚަލްޤުކުރައްވާފައިނުވާ ކަންކަމަށް ބަރޯސާވުމުގެ ނުބައިކަމުން އަޅަމެން ދުރުކުރައްވައި، ނަބަވީ އިރުޝާދުތަކުގެ އަލީގައި ސާފު ސީދާ މަގުން ހިނގުމުގެ ހިތްވަރާއި ފަންވަރު އަޅަމެންނަށް ދެއްވާށިއެވެ!

وصلى الله وسلم وبارك على نبينا محمد، وعلى آله وصحبه اجمعين. غفر الله لوالدي ولجميع المسلمين، ورحم الله والدي رحمة واسعة، واسكنه فسيح جناته. ووفقنا الله واياكم لما يحب ويرضى.

  • 8 شَعْبَان 1447 هـ  (26 ޖެނުއަރީ 2026)

إِسْمَاعِيلُ بْنُ رَفِيقٍ مُحَمَّدٍ الْمَالْدِيفِي

ނޯޓް: މި ލިޔުމުގައި އެއްވެސް ކުށެއްވޭތޯ ބެއްލެވުމަށްޓަކައި، މަދީނާގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިއަކަށް އަޅުގަނޑު ފޮނުވީމެވެ. އެ ބޭފުޅާ ބެއްލެވި ބެއްލެވުމުގައި ބޮޑު ގޯހެއް ފާހަގަކުރެވިފައެއް ނުވެއެވެ. އެބޭފުޅާގެ ހެޔޮ ކަންތައްތަކުގެ މީޒާނުގައި އެކަން ލެއްވުމަށް ދުޢާކުރަމެވެ. އެހެންނަމަވެސް، އެއްވެސް ކުށެއް ނުވަތަ އުނިކަމެއް ތިބާއަށް ފާހަގަކުރެއްވިއްޖެނަމަ، އެކަން އަޅުގަނޑަށް އަންގަވައިދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ. މި އަކުރުތައް މި ލިޔަނީ، އަޅުގެ ރައްބު މިހިނދު ބައްލަވާވޮޑިގެންވާކަން ނޭވާ ހިނގާފަދައިން ދަންނަ ހާލުގައެވެ. އެދުމަކީ އެކަލާނގެއާ ބައްދަލުކުރާއިރު، އަޅުގަނޑުގެ ލިޔުމުގެ ކުށްތައް އިޞްލާޙުކުރެވިފައި ހުރުމެވެ. އަދި ދުޢާއަކީ އަޅުގަނޑު މަރުވުމަށްފަހުވެސް ފައިދާކުރަނިވި ހެޔޮ ޢަމަލެއް ކަމުގައި ލެއްވުމެވެ. ހަމަކަށަވަރުން އަޖަލު ގާތްވެގެންވެއެވެ. އެކަލާނގެއީ ހުރިހާ އަޑެއް އައްސަވާވޮޑިގެންވާ، ދުޢާ އިޖާބަކުރައްވާ ރަސްކަލާނގެއެވެ. ކުށް އިޞްލާޙުކުރުމަށް https://t.me/ismailmv އަށް މެސެޖުކުރެއްވުން އެދެމެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް الله ﷻ އެވެ.


[1] – (المسند) 4 / 156 عن عقبة بن عامر الجهني. قال الهيثمي (مجمع الزوائد) 5 / 103: (رجال أحمد ثقات). ا هـ.

[2] – (المسند) 4 / 154. وفي إسناده (خالد بن عبيد) وهو المعافري. قال ابن حجر (تعجيل المنفعة ص 114: (رجال حديثه موثوقون). والحاكم 4 / 216 وصححه ووافقه الذهبي.

4 أحمد (4/156)

[3] الموقع الرسمي لسماحة الشيخ الإمام ابن باز رحمه الله –  نشرت في مجلة الجامعة الإسلامية بالمدينة المنورة العدد الرابع السنة السادسة لشهر ربيع الآخر عام ١٣٩٤ هـ ص ١٧٥ – 182

އަރަބި ބަސް ކިޔާވާކުދިންނަށް

#ބަސްޤަވާޢިދުމާނަ
1التَّعَاوِيذُاِسْمُ جَمْعٍ مُؤَنَّثٌ (އަންހެން ބަހުން އޮތް ގިނަ ނަން)لتَّمَائِمُ والحُجُبُ ތަވީދުތައް / ރައްކާތެރިކަން ހޯދައިދޭ ވަސީލަތްތައް.
2التَّعْوِيذُاِسْمُ مَصْدَرٍ مُفْرَدٌ مُذَكَّرٌ (ފިރިހެން ބަހުން އޮތް އެކަހެރި މަޞްދަރު ނަން)طَلَبُ الحِفْظِ ރައްކާތެރިކަން ހޯދައިދޭ ވަސީލަތް / ތަވީދު
3التَّعْوِيذَةُاِسْمٌ مُفْرَدٌ مُؤَنَّثٌ (އަންހެން ބަހުން އޮތް އެކަހެރި ނަން)حِرْزٌ أو تَمِيمَةٌ ރައްކާތެރިކަން ހޯދުމަށް ކުރާ ވަކި ކިޔެވުމެއް ނުވަތަ ބޭނުންކުރާ ވަކި އެލުވާ އެއްޗެއް
4المُعَوِّذَتَانِاِسْمٌ مُثَنًّى مُؤَنَّثٌ   (އަންހެން ބަހުން އޮތް ދޭކަށް އިޝާރާތްކުރާ ނަން)سُورَتَا الفَلَقِ وَالنَّاسِ ރައްކާތެރިކަން ހޯދައިދޭ ދެ ސޫރަތް (ފަލަޤް ސޫރަތާއި ނާސް ސޫރަތް)
5العَوْذُاِسْمُ مَصْدَرٍ مُفْرَدٌ مُذَكَّرٌ  (ފިރިހެން ބަހުން އޮތް އެކަހެރި މަޞްދަރު ނަން)اللُّجُوءُ وَالِاعْتِصَامُ ރައްކާތެރިކަން ހޯދުން / ހިމާޔަތަށް އެދި ދިޔުން.
6عَاذَفِعْلٌ مَاضٍ  (ވޭތުވެދިޔަ ޒަމާނުގެ ކަމެއް)لَجَأَ وَاحْتَمَى ރައްކާތެރިކަން ހޯދައިފިއެވެ / ހިމާޔަތަށް އެދި ހިނގައްޖެއެވެ.
7يَعُوذُفِعْلٌ مُضَارِعٌ مَرْفُوعٌ   (ހިނގަމުންދާ ޒަމާނުގެ ކަމެއް)يَلْتَجِئُ وَيَحْتَمِي ރައްކާތެރިކަން ހޯދައެވެ / ހިމާޔަތަށް އެދެއެވެ.
8عَوَّذَفِعْلٌ مَاضٍ مَزِيدٌ (بَابُ التَّفْعِيلِ)  (ވޭތުވެދިޔަ ޒަމާނުގެ ކަމެއް – އިތުރު އަކުރު އެކުލެވޭ ބާވަތް)رَقَى وَحَصَّنَ (އެހެން މީހަކަށް) ރައްކާތެރިކަން ހޯއްދަވައިދެއްވިއެވެ.
9يُعَوِّذُفِعْلٌ مُضَارِعٌ مَرْفُوعٌ (بَابُ التَّفْعِيلِ) (ހިނގަމުންދާ ޒަމާނުގެ ކަމެއް)يَرْقِي وَيُحَصِّنُ (އެހެން މީހަކަށް) ރައްކާތެރިކަން ހޯއްދަވައިދެއެވެ.
10اسْتَعَاذَفِعْلٌ مَاضٍ مَزِيدٌ (بَابُ الِاسْتِفْعَالِ) (ވޭތުވެދިޔަ ޒަމާނުގެ ކަމެއް – އެދުމުގެ މާނަ އެކުލެވޭ ބާވަތް)طَلَبَ العَوْذَ ރައްކާތެރިކަމަށް އެދިއްޖެއެވެ / އިސްތިޢާޛާ ކޮށްފިއެވެ.
11يَسْتَعِيذُفِعْلٌ مُضَارِعٌ مَرْفُوعٌ (بَابُ الِاسْتِفْعَالِ) (ހިނގަމުންދާ ޒަމާނުގެ ކަމެއް)يَطْلُبُ العَوْذَ ރައްކާތެރިކަމަށް އެދެއެވެ / އިސްތިޢާޛާ ކުރެއެވެ.
12الأَذَىاِسْمٌ مَقْصُورٌ مُفْرَدٌ مُذَكَّرٌ (ފިރިހެން ބަހުން އޮތް، ‘ޔާ’ އަކުން ނިމޭ އެކަހެރި ނަން)الضَّرَرُ الخَفِيفُ أَوِ المَكْرُوهُ އުނދަގޫ / ވޭން / ގެއްލުން.
13يُؤْذُونَفِعْلٌ مُضَارِعٌ مَرْفُوعٌ، وَاوُ الجَمَاعَةِ فَاعِلٌ(ހިނގަމުންދާ ޒަމާނުގެ ކަމެއް، ގިނަވައިގެ ‘ވާވު’ އަކީ ކުރާ ފަރާތް)يُلْحِقُونَ الأَذَى އެބައިމީހުން އުނދަގޫކުރެއެވެ / ގެއްލުންދެއެވެ.
14يَضُرُّوكُمْعْلٌ مُضَارِعٌ مَرْفُوعٌ، وَاوُ الجَمَاعَةِ فَاعِلٌ، وَالكَافُ مَفْعُولٌ بِهِ (ހިނގަމުންދާ ޒަމާނުގެ ކަމެއް، ‘ވާވު’ އަކީ ކުރާ ފަރާތް، ‘ކާފު’ އަކީ ރައްދުވާ ފަރާތް).يُصِيبُونَكُمْ بِضَرَرٍ އެބައިމީހުން ތިޔަބައިމީހުންނަށް ގެއްލުންދެއެވެ.
15شَرٌّاِسْمٌ مُفْرَدٌ مُذَكَّرٌ (ފިރިހެން ބަހުން އޮތް އެކަހެރި ނަން)السُّوءُ وَالأَذَى ނުބައިކަން.
16دَفْعُ الأَذَىدَفْعُ اِسْمُ مَصْدَرٍ مُضَافٌ، وَالأَذَى مُضَافٌ إِلَيْهِ (ދަފްޢު އަކީ އިތުރުކުރެވޭ މަޞްދަރު ނަން، އަދި އަލްއަޛާ އަކީ އޭގެ އަނެއްބައި)مَنْعُ الأَذَى قَبْلَ وُقُوعِهِ އުނދަގޫ ނުވަތަ ގެއްލުން ދިފާޢުކުރުން / ދުރުކުރުން.
17رَفْعُ الأَذَىرَفْعُ اِسْمُ مَصْدَرٍ مُضَافٌ، وَالأَذَى مُضَافٌ إِلَيْهِ(ރަފްޢު އަކީ އިތުރުކުރެވޭ މަޞްދަރު ނަން، އަދި އަލްއަޛާ އަކީ އޭގެ އަނެއްބައި)إِزَالَةُ الأَذَى بَعْدَ وُقُوعِهِ. ލިބިފައިވާ އުނދަގޫ ނުވަތަ ގެއްލުން ފިލުވައިލުން / އުފުއްލައިލުން.
18الوِقَايَةُاِسْمٌ مُؤَنَّثٌ (އަންހެން ބަހުން އޮތް ނަން / މަޞްދަރު)تحصين واستباق ރައްކާތެރިކަން / ސަލާމަތްތެރިކަން / ދިފާޢު.
19التَّمِيمَةُاِسْمٌ مُفْرَدٌ مُؤَنَّثٌمَا يُعَلَّقُ لِدَفْعِ الأَذَى
20التَّمَائِمُجَمْعُ تَكْسِيرٍ مُؤَنَّثٌتَمَائِمُ وَحُجُبٌ
21تَمِيمَةٌاِسْمٌ مُفْرَدٌ مُؤَنَّثٌ نَكِرَةٌحِرْزٌ يُعَلَّقُ
22تَعَلَّقَ تَمِيمَةًفِعْلٌ مَاضٍ مَزِيدٌ (بَابُ التَّفَعُّلِ)لَبِسَ أَوْ عَلَّقَ تَمِيمَةً
23يَتَعَلَّقُ تَمِيمَةًفِعْلٌ مُضَارِعٌ مَرْفُوعٌيَلْبَسُ أَوْ يُعَلِّقُ تَمِيمَةً
24حِرْزٌاِسْمٌ مُفْرَدٌ مُذَكَّرٌمَا يُتَحَصَّنُ بِهِ
25الأَحْرَازُجَمْعُ تَكْسِيرٍحُرُوزٌ وَتَعَاوِيذُ
26الجَامِعَةُاِسْمٌ مُفْرَدٌ مُؤَنَّثٌتَسْمِيَةٌ لِنَوْعٍ مِنَ التَّمَائِمِ
27تَمَّفِعْلٌ مَاضٍكَمُلَ وَانْتَهَى
28يَتِمُّفِعْلٌ مُضَارِعٌ مَرْفُوعٌيَكْمُلُ
29تَمَامٌاِسْمٌ مُفْرَدٌ مُذَكَّرٌالكَمَالُ
30الإِتْمَامُاِسْمُ مَصْدَرٍإِكْمَالُ الشَّيْءِ
31أَتَمَّفِعْلٌ مَاضٍ مَزِيدٌ (بَابُ الإِفْعَالِ)أَكْمَلَ
32يُتِمُّفِعْلٌ مُضَارِعٌ مَرْفُوعٌيُكْمِلُ
33تَامٌّاِسْمُ فَاعِلٍكَامِلٌ
34مُتِمٌّاِسْمُ فَاعِلٍجَاعِلُ الشَّيْءِ تَامًّا
35الرُّقْيَةُاِسْمٌ مُفْرَدٌ مُؤَنَّثٌالقِرَاءَةُ لِلعِلَاجِ وَالاسْتِشْفَاءِ
36التَّوَسُّلُاِسْمُ مَصْدَرٍ مُفْرَدٌ مُذَكَّرٌالتَّقَرُّبُ وَاتِّخَاذُ سَبَبٍ
37سَبَبٌاِسْمٌ مُفْرَدٌ مُذَكَّرٌوَسِيلَةٌ تُؤَدِّي إِلَى نَتِيجَةٍ
38سَبَبٌ شَرْعِيٌّمُرَكَّبٌ وَصْفِيٌّسَبَبٌ أَقَرَّهُ الشَّرْعُ
39سَبَبٌ قَدَرِيٌّمُرَكَّبٌ وَصْفِيٌّسَبَبٌ كَوْنِيٌّ مَحْسُوسٌ
40سَبَبٌ كَوْنِيٌّمُرَكَّبٌ وَصْفِيٌّسَبَبٌ مِنْ أَسْبَابِ الدُّنْيَا
41وَسَائِلُ الشِّرْكِجَمْعُ مُضَافٍأَسْبَابٌ تُؤَدِّي إِلَى الشِّرْكِ
42الشِّرْكُاِسْمٌ مُفْرَدٌ مُذَكَّرٌجَعْلُ شَرِيكٍ لِلَّهِ
43أَشْرَكَفِعْلٌ مَاضٍوَقَعَ فِي الشِّرْكِ
44حَبِطَفِعْلٌ مَاضٍبَطَلَ وَفَسَدَ
45يَحْبَطَنَّفِعْلٌ مُضَارِعٌ مُؤَكَّدٌلَيَبْطُلَنَّ
46مُبْطِلٌاِسْمُ فَاعِلٍ مُذَكَّرٌمَا يُفْسِدُ وَيُنْقِضُ
47مُبْطِلَةٌاِسْمُ فَاعِلٍ مُؤَنَّثٌمَا يُفْسِدُ وَيُنْقِضُ
48بَاطِلٌاِسْمٌ مُفْرَدٌ مُذَكَّرٌغَيْرُ صَحِيحٍ
49الخُسْرَانُاِسْمٌ مُفْرَدٌ مُذَكَّرٌالذَّهَابُ وَالضَّيَاعُ
50سِحْرٌاِسْمٌ مُفْرَدٌ مُذَكَّرٌعَمَلٌ شَيْطَانِيٌّ مُحَرَّمٌ
51العَيْنُاِسْمٌ مُفْرَدٌ مُؤَنَّثٌالإِصَابَةُ بِالحَسَدِ
52الجِنُّاِسْمُ جِنْسٍ جَمْعِيٌّمَخْلُوقَاتٌ غَيْبِيَّةٌ
53هَامَّةٌاِسْمٌ مُفْرَدٌ مُؤَنَّثٌذَوَاتُ السُّمُومِ وَالحَشَرَاتُ
54عَيْنٍ لَامَّةٍمُرَكَّبٌ وَصْفِيٌّعَيْنٌ مُؤْذِيَةٌ مُصِيبَةٌ
55يُقْرَأُفِعْلٌ مُضَارِعٌ مَبْنِيٌّ لِلْمَجْهُولِيُتْلَى
56يُعَلَّقُفِعْلٌ مُضَارِعٌ مَبْنِيٌّ لِلْمَجْهُولِيُوضَعُ أَوْ يُلْبَسُ
57لَبْسُاِسْمُ مَصْدَرٍالِارْتِدَاءُ
58اعْتِقَادٌاِسْمٌ مُفْرَدٌ مُذَكَّرٌمَا يَسْتَقِرُّ فِي القَلْبِ
59اللفظالنوع النحويالمعنى المختصر
60التَّحَصُّنُاِسْمُ مَصْدَرٍالِاحْتِمَاءُ وَالْوِقَايَةُ
61التَّحْصِينُاِسْمُ مَصْدَرٍجَعْلُ الشَّيْءِ فِي حِفْظٍ
62الحِمَايَةُاِسْمٌ مُؤَنَّثٌالوِقَايَةُ وَالدِّفَاعُ
63الدِّفَاعُاِسْمُ مَصْدَرٍرَدُّ الأَذَى
64الضَّرَرُاِسْمٌ مُفْرَدٌ مُذَكَّرٌالأَذَى الشَّدِيدُ
65النَّفْعُاِسْمٌ مُفْرَدٌ مُذَكَّرٌالفَائِدَةُ
67النَّفْعُ وَالضَّرَرُمُرَكَّبٌمَا يَجْلِبُ فَائِدَةً أَوْ أَذًى
68الاعْتِصَامُاِسْمُ مَصْدَرٍالتَّمَسُّكُ وَاللُّجُوءُ
69اللُّجُوءُاِسْمٌ مُفْرَدٌ مُذَكَّرٌالطَّلَبُ وَالِالْتِجَاءُ
70الخَوْفُاِسْمٌ مُفْرَدٌ مُذَكَّرٌالفَزَعُ
71الأَمْنُاِسْمٌ مُفْرَدٌ مُذَكَّرٌالسَّلَامَةُ
72الطِّيَرَةُاِسْمٌ مُفْرَدٌ مُؤَنَّثٌالتَّشَاؤُمُ (مِنْ أَعْمَالِ الجَاهِلِيَّةِ)
73التَّشَاؤُمُاِسْمُ مَصْدَرٍتَوَقُّعُ السُّوءِ
74التَّبَرُّكُاِسْمُ مَصْدَرٍطَلَبُ البَرَكَةِ
75الْوَهْمُاِسْمٌ مُفْرَدٌ مُذَكَّرٌاعْتِقَادٌ بَاطِلٌ
76الْخُرَافَةُاِسْمٌ مُفْرَدٌ مُؤَنَّثٌأَمْرٌ بِلَا أَصْلٍ
77التَّعَلُّقُاِسْمُ مَصْدَرٍالِارْتِبَاطُ القَلْبِيُّ
78قَطْعُ التَّعَلُّقِمُرَكَّبٌتَرْكُ الِاعْتِمَادِ عَلَى غَيْرِ اللَّهِ
79التَّوَكُّلُاِسْمُ مَصْدَرٍالِاعْتِمَادُ عَلَى اللَّهِ
80صِدْقُ التَّوَكُّلِمُرَكَّبٌكَمَالُ الِاعْتِمَادِ عَلَى اللَّهِ

Scroll to Top