ތައުޙީދަކީ އިސްލާމްދީނުގެ އެންމެ އަސާސީ އަދި މުހިންމު މަފްހޫމެވެ. ބައެއް މީހުން ދެކޭގޮތުގައި “ތައުޙީދު” މި ލަފްޒަކީ ފަހުން އުފެދުނު އިޞްޠިލާޙެކެވެ. އަދި މުޙައްމަދު ބިން އަބްދުލް ވައްހާބް ގެނައި އެއްޗެއް ކަމަށް ވެސް ބުނެއެވެ. ނަމަވެސް މިއީ ޞައްޙަ ނޫން ވާހަކައެކެވެ. ޤުރުއާނާއި ސުންނަތުގެ ނައްޞުތަކުންނާއި، ތަފްސީރުތަކުންނާއި، ޢިލްމުވެރިންގެ ބަސްފުޅުތަކުން ސާބިތުވަނީ “ތައުޙީދު” މި މަފްހޫމަކީ އިސްލާމްދީނުގެ އަސްލުގައި އޮތް އަދި ވަރަށް މުހިންމު މަފްހޫމެއްކަމެވެ. ޤުރުއާނުގައި “ވައްޙަދަ” އަދި އެ މާނައިގެ އެހެނިހެން ބަސްތައް ވަރަށް ގިނައިން ބޭނުންކުރެވިފައިވެއެވެ. ތައުޙީދަކީ ﷲ އެއްކައުވަންތަ ކުރުމާއި، އެކަލާނގެއަށް އެކަނި އަޅުކަން ކުރުމާއި، އެކަލާނގެ ސިފަފުޅުތަކުގައި އެކަލާނގެ އެއްކައުވަންތަ ކުރުމެވެ. މިއީ ހުރިހާ ނަބީބޭކަލުންގެ ދަޢުވަތުގެ އަސާސް ކަމުގައިވެފައި، އިސްލާމްދީނުގެ މައިގަނޑު މަޤްޞަދެވެ. މި ލިޔުމުގައި ތައުޙީދުގެ މަފްހޫމާއި، އޭގެ މުހިންމުކަމާއި، އޭގެ ދަލީލުތައް ޤުރުއާނާއި ސުންނަތުން އަދި ސަލަފުއް ޞާލިޙުންގެ ބަސްފުޅުތަކުން ގެނެސްދެވިފައިވާނެއެވެ.
ﷲ މި ނަންފުޅަކީ ތައުޙީދެވެ. އިމާމް އަބޫ ޖަޢުފަރު މުޙައްމަދު ބިން ޖަރީރު އައް-ޠަބަރީ ވިދާޅުވެފައިވެ އެވެ. “ﷲ ތަޢާލާގެ ‘ﷲ’ މި ބަސްފުޅުގެ ތަފްސީރަކީ، އަޅުގަނޑުމެންނަށް ޢަބްދުﷲ އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެން އައިސްފައިވާ ގޮތުގައި: އެއީ ކޮންމެ އެއްޗެއް އެކަލާނގެއަށް އަޅުކަންކުރާ އަދި ކޮންމެ މަޚްލޫޤެއް އެކަލާނގެއަށް އަޅުކަންކުރާ ފަރާތެވެ.” [1]
الشيخ صالح بن فوزان بن عبد الله الفوزان ވިދަޅުވި އެވެ. التوحيد: مصدرُ وحّده، أي جعله واحداً – والمراد به هنا: إفراد الله بالعبادة “އައް-ތަވްހީދު: ގެ މަޞްދަރަކީ ވައްޙަދަ އެބަހީ އެއްޗެއް އެކައްޗެއް ގޮތުގައި ހެދުން – މިތަނުގައި މުރާދަކީ އަޅުކަމުގައި ﷲ އިފްރާދުކޮށް އެއްކައުވަންތަ ކުރުމެވެ.” [2]
ސަހާބީ ޢަބްދުﷲ އިބްނު ޢަބާސް (3هـ -68 هـ) (ރަޟިޔަﷲ ޢަންހުމާ) ވިދާޅުވިއެވެ. “ﷲ ތަޢާލާގެ މި ބަސްފުޅުގެ މާނައިގައި: وَمَا كَانَ النَّاسُ إِلَّا أُمَّةً وَاحِدَةً فَاخْتَلَفُوا ‘އަދި މީސްތަކުން ވީ ހަމައެކަނި އެއް އުއްމަތެއްގެ ގޮތުގައެވެ. ދެން އެއުރެން ދެބަސްވެއްޖައެވެ.’ (ޔޫނުސް: 19) އާދަމްގެފާނާއި ނޫޙްގެފާނާ ދެމެދު ދިހަ ޤަރުނު ވޭތުވިއެވެ. އެ ހުރިހާ ބަޔަކުވެސް ތިބީ ތައުޙީދުގެ މަތީގައެވެ.” [3]
ﷲ ތަޢާލާގެ ވަހީ ބަސްފުޅުގައި ވެއެވެ. :{قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنْكُمْ وَمِمَّا تَعْبُدُونَ مِنْ دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّى تُؤْمِنُوا بِاللَّهِ وَحْدَهُ} [الممتحنة: 4] “އިބްރާހީމުގެފާނާއި، އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވާކަން ކަށަވަރެވެ. (އެއީ) އެއުރެން، އެއުރެންގެ ޤައުމަށް ބުނިހިނދެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެތިން، ތިމަންމެން ބަރީއަވެގެންވަމުއެވެ. ތިޔަބައިމީހުންގެ ދީނަށް ތިމަންމެން އިންކާރު ކުރަމުއެވެ. ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި ޢަދާވަތްތެރިކަމާއި، ރުޅިވެރިކަންވަނީ އަބަދަށްޓަކައި ފާޅުވެފައެވެ. އެއްކައުވަންތަ ﷲއަށް ތިޔަބައިމީހުން އީމާން ވެއްޖައުމަށް ދާނދެނެވެ.”
ތަފްސީރު ޢިލްމުވެރިޔާ الإمام أبو جعفر محمد بن جرير الطبري ވިދާޅުވިއެވެ. {حَتَّى تُؤْمِنُوا بِاللَّهِ وَحْدَهُ} حتى تصدّقوا بالله وحده، فتوحدوه، وتفردوه بالعبادة. [4] “{ﷲ އަށް އެކަނި ތިޔަބައިމީހުން އީމާންވަންދެން} އޭގެ މާނައަކީ: ﷲ އަށް އެކަނި ތިޔަބައިމީހުން ތެދުކުރަންދެން، އެހެންކަމުން ތިޔަބައިމީހުން އެކަލާނގެ އެއްކައުވަންތަ ކުރާށެވެ. އަދި އަޅުކަމުގައި އެކަލާނގެ އެއްކައުވަންތަ ކުރާށެވެ.”
ތަފްސީރު ޢިލްމުވެރިޔާ الإمام ابن كثير (701هـ – – 774هـ) ވިދާޅުވި އެވެ. { حَتَّى تُؤْمِنُوا بِاللَّهِ وَحْدَهُ } أي: إلى أن تُوحدوا الله فتعبدوه وحده لا شريك له، وتخلعوا ما تعبدون معه من الأنداد والأوثان [5] ﷲ އަށް އެކަނި ތިޔަބައިމީހުން އީމާންވަންދެން } އޭގެ މާނައަކީ: ތިޔަބައިމީހުން ﷲ އެއްކައުވަންތަ ކުރަންދެން، އެގޮތުން އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވާ ގޮތަށް، ތިޔަބައިމީހުން އެކަލާނގެއަށް އެކަނި އަޅުކަންކުރުން، އަދި އެކަލާނގެއާއެކު ތިޔަބައިމީހުން އަޅުކަންކުރާ ހުރިހާ ނިއްދުތަކަކާއި ބުދުތަކެއް ދޫކޮށްލުމެވެ.”
ހަދީޘް ޢިލްމުވެރިޔާ الإمام أَبُو عَبْدِ ٱللَّٰه مُحَمَّدُ بْنُ إِسْمَاعِيْلَ ٱلْبُخَارِيّ (194 هـ – 256 هـ) އެކަލޭނގެފާނު ލިޔުއްވި ފޮތް ޞަޙީޙުލް ބުޚާރީގައި ބާބު ބަންނަވައި ވިދާޅުވި އެވެ. “ތަވްހީދުގެ ފޮތެވެ. ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެކަލޭނގެފާނުގެ އުންމަތަށް ތަވްޙީދަށް ގޮވައިލެއްވިކަން ނަން ގަތް ބާބު ކަމުގައި ލިޔުއްވި އެވެ. [6] “ތައުޙީދުގެ ފޮތް؛ ބާބު: ނަބިއްޔާ ﷺ އެކަލޭގެފާނުގެ އުއްމަތް ﷲ ތަބާރަކަ ވަތަޢާލާގެ ތައުޙީދަށް ގޮވާލެއްވުމާ ބެހޭގޮތުން އައިސްފައިވާ ރިވާޔަތްތައް -އިބްނު ޢައްބާސް (ރަޟިޔަﷲ ޢަންހުމާ) ވިދާޅުވިއެވެ: ނަބިއްޔާ ﷺ މުޢާޛު ބިން ޖަބަލް ޔަމަނުގެ އަހުލުވެރިންގެ ގާތަށް ފޮނުއްވިއިރު، އެކަލޭގެފާނަށް ވިދާޅުވިއެވެ. ‘ހަމަކަށަވަރުން ތިބާ ވަޑައިގަންނަވަނީ އަހުލުލް ކިތާބުންގެ ތެރެއިން ވާ ބަޔަކުގެ ގާތަށެވެ. ފަހެ، ތިބާ އެންމެ ފުރަތަމަ އެބައިމީހުންނަށް ގޮވާލައްވާ ކަމަކީ އެބައިމީހުން ﷲ ތަޢާލާ އެއްކައުވަންތަ ކުރުމަށެވެ. ފަހެ، އެބައިމީހުން އެކަން ދެނެގަތުމުން، އެބައިމީހުންނަށް އަންގަވާށެވެ. ހަމަކަށަވަރުން ﷲ އެބައިމީހުންގެ މައްޗަށް ދުވާލާއި ރޭގަނޑުގައި ފަސް ނަމާދު ފަރުޟު ކުރައްވާފައިވާ ކަމަށެވެ. ފަހެ، އެބައިމީހުން ނަމާދުކޮށްފިނަމަ، އެބައިމީހުންނަށް އަންގަވާށެވެ. ހަމަކަށަވަރުން ﷲ އެބައިމީހުންގެ މުދަލުން ޒަކާތް ނެގުމަށް ފަރުޟު ކުރައްވާފައިވާ ކަމަށެވެ. އެއީ އެބައިމީހުންގެ މުއްސަނދިންގެ ކިބައިން ނަގައި، އެބައިމީހުންގެ ފަޤީރުންނަށް ރައްދުކުރެވޭ އެއްޗެކެވެ. ފަހެ، އެބައިމީހުން އެކަމަށް އިޤްރާރުވެއްޖެނަމަ، އެބައިމީހުންގެ ކިބައިން (ޒަކާތް) ނަގާށެވެ. އަދި މީސްތަކުންގެ އަގުބޮޑު މުދާތަކުން ދުރުހެލިވާށެވެ.”
ސަހާބީ އިބްނު ޢުމަރު (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. ‘އިސްލާމްދީން ބިނާވެގެންވަނީ ފަސް ކަމެއްގެ މައްޗަށެވެ. ﷲ އެއްކައުވަންތަ ކުރުމާއި، ނަމާދު ޤާއިމުކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާން މަހު ރޯދަ ހިފުމާއި، ޙައްޖުވުމުގެ މައްޗަށެވެ.” [7]
އިބުނު ކަޘީރު رحمه الله ވިދާޅުވެފައިވެ އެވެ. “ﷲ ގެ ބަސްފުޅު { فَلَمَّا رَأَوْا بَأْسَنَا } {ފަހެ، އެބައިމީހުން ތިމަން ރަސްކަލާނގެ ޢަޛާބު ދެކެފި ހިނދު} އޭގެ މާނައަކީ: އެބައިމީހުންނަށް ޢަޛާބު ޖެހުނުތަން އެބައިމީހުންނަށް ފެނުނު ހިނދު، {އެބައިމީހުން ބުންޏެވެ. އަހުރެމެން ﷲ އަށް އެކަނި އީމާންވެއްޖައީމުއެވެ. އަދި އަހުރެމެން އެއާ ޝަރީކުކުރަމުން އައި ތަކެއްޗަށް ކާފިރުވެއްޖައީމުއެވެ.} އވެ.} އޭގެ މާނައަކީ: އެބައިމީހުން ﷲ އެއްކައުވަންތަ ކުރިއެވެ. އަދި ޠާޣޫތަށް ކާފިރުވިއެވެ. އެހެނަސް އެއީ ކުށްތައް މާފުނުކުރެވޭ ވަގުތުގައެވެ. އަދި ޢުޛުރު ބަޔާންކުރުން ފައިދާނުކުރާ ވަގުތުގައެވެ. މިއީ ފިރުޢައުނު ޣަރަޤުވުން ޖެހުނު ހިނދު ބުނި ފަދައިންނެވެ. {ތިމަން ހަމަކަށަވަރުން އީމާންވެއްޖައީމެވެ. ބަނީ އިސްރާއީލުގެ މީހުން އެފަރާތަކަށް އީމާންވެފައިވާ ފަރާތް ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އިލާހަކު ނުވާކަމަށެވެ. އަދި ތިމަންނާއަކީ މުސްލިމުންގެ ތެރެއިންވާ މީހަކީމެވެ.} [ޔޫނުސް: 90″ [8]
އިމާމް ބަޣަވީ رحمه الله ވިދާޅުވިއެވެ. “ﷲ ތަޢާލާގެ ބަސްފުޅު: މާނަ {އަދި ތިޔަބައިމީހުންގެ އިލާހަކީ އެއްކައުވަންތަ އިލާހެވެ. އެކަލާނގެ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އިލާހަކު ނުވެއެވެ. އެކަލާނގެއީ ރަޙްމާނުވަންތަ ރަޙީމްވަންތަ އިލާހެވެ.} މި އާޔަތް ބާވައިލެއްވުނު ސަބަބަކީ ޤުރައިޝް ކާފިރުން ބުނި ހިނދު: ‘އޭ މުޙައްމަދުގެފާނެވެ! ކަލޭގެފާނުގެ ރައްބު އަޅުގަނޑުމެންނަށް ސިފަކޮށްދެއްވާށެވެ. އަދި އެކަލާނގެ ނަސަބު ބަޔާންކޮށްދެއްވާށެވެ.’ ފަހެ، ﷲ ތަޢާލާ މި އާޔަތާއި އަލްއިޚްލާޞް ސޫރަތް ބާވައިލެއްވިއެވެ. އަދި ‘އަލްވާޙިދު’ (އެއްކައުވަންތަ) އަކީ އެފަރާތަކަށް އެއްވެސް އެއްފަދަ ފަރާތެއް އަދި ބައިވެރިއެއް ނުވާ ފަރާތެވެ. ބައެއް (ޢިލްމުވެރިން) ވިދާޅުވިއެވެ: ﷲ ގެ ވަޙްދާނިއްޔަތުގެ (އެއްކައުވަންތަކަމުގެ) މާނައަކީ އެކަލާނގެއާ އެއްފަދަ އަދި އެކަލާނގެއާ އެއްވައްތަރު އެއްޗެއް ނުވާކަން ނަފީކުރުކުރުމެވެ. (މިސާލަކަށް) ބުނެވޭ ފަދައިން: ‘މިވެނި މީހަކީ މީސްތަކުންގެ ތެރެއިން އެއްކައުވަންތަ މީހެކެވެ. އަދި އޭނާއަކީ އޭނާގެ ޤައުމުގެ އެއްކައުވަންތަ މީހެކެވެ.’ މި ބަހުގެ މުރާދަކީ މީސްތަކުންގެ ތެރޭގައި އޭނާއާ އެއްފަދަ މީހަކު ނެތްކަމެވެ. އަދި އޭނާގެ ޤައުމުގައި އޭނާއާ އެއްވައްތަރު އަދި އެއްފަދަ މީހަކު ނެތްކަމެވެ. އެފަދައިން ‘ﷲ އަކީ އެއްކައުވަންތައެވެ’ މި ބަހުގެ މާނައަކީ: ﷲ އަށް އެއްވެސް އެއްފަދަ އަދި އެއްވައްތަރު ފަރާތެއް ނުވާކަމެވެ.” [9]
ﷲ ތަޢާލާގެ ބަސްފުޅު { تَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ. وَمَا أُمِرُواْ إِلاَّ لِيَعْبُدُواْ إلها واحدا لاَّ إله إِلاَّ هُوَ سبحانه عَمَّا يُشْرِكُونَ} [ التوبة : 31 ] {އެއުރެންގެ ޢިލްމުވެރިންނާއި، ފާދިރީންނާއި، މަރިޔަމުގެފާނުގެ ދަރިކަލުން އަލްމަސީޙު (ޢީސާގެފާނު) އަކީ، ﷲ ފިޔަވައި އިލާހުން ކަމުގައި އެއުރެން ހެދޫއެވެ. (ނަމަވެސް) އެއްކައުވަންތަ އިލާހަށް، އަޅުކަން ކުޅައުމަށް މެނުވީ އެއުރެންނަށް އަމުރު ކުރައްވާފައި ނުވެތެވެ. އެކަލާނގެ މެނުވީ އިލާހަކު ނުވެތެވެ. އެއުރެން އެ ޝަރީކު ކުރާ ތަކެތިން، އެކަލާނގެ ހުސްޠާހިރުވެ ވޮޑިގެންވެތެވެ.}
އިބްނު ކަޘީރް رحمه الله ވިދާޅުވެފައިވެ އެވެ. “އެހެންކަމުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. وَمَا أُمِرُواْ إِلاَّ لِيَعْبُدُواْ إلها واحدا {އަދި އެބައިމީހުންނަށް އަމުރުކުރެވިގެން ނުވެއެވެ. އެއްކައުވަންތަ އިލާހަކަށް މެނުވީ އަޅުކަން ނުކުރުމަށް މެނުވީ} އޭގެ މާނައަކީ: އެއީ އެއްޗެއް ޙަރާމްކުރައްވައިފިނަމަ އެއެއްޗެއް ޙަރާމްވާ ފަރާތެވެ. އަދި އެކަލާނގެ ޙަލާލުކުރެއްވި އެއްޗެއް ޙަލާލުވެއެވެ. އަދި އެކަލާނގެ ޝަރުޢުކުރެއްވި ކަމެއް ތަބަޢަވެވެއެވެ. އަދި އެކަލާނގެ ޙުކުމްކުރެއްވި ކަމެއް ތަންފީޒުކުރެވެއެވެ.” [10]
އިބްނު ޖަރީރް رحمه الله ވިދާޅުވެފައިވެ އެވެ. “وَمَا أُمِرُواْ إِلاَّ لِيَعْبُدُواْ إلها واحدا “އަދި އެބައިމީހުންނަށް އަމުރުކުރެވިގެން ނުވެއެވެ. އެއްކައުވަންތަ އިލާހަކަށް މެނުވީ އަޅުކަން ނުކުރުމަށް މެނުވީ’ މި ބަސްފުޅުގެ މާނައަކީ: މި ޔަހޫދީންނާއި ނަޞާރާއިންނަށް، އެބައިމީހުންގެ ޢިލްމުވެރިންނާއި ރާހިބުންނާއި މަސީޙް (ޢީސާގެފާނު) ރައްބުންގެ ގޮތުގައި ހަދާފައިވާ މީހުންނަށް، އަމުރުކުރެވިގެން ނުވެއެވެ. އެއްކައުވަންތަ އިލާހަކަށް މެނުވީ އަޅުކަން ނުކުރުމަށް މެނުވީ، އަދި އެކި ރައްބުންނަށް ކިޔަމަންތެރިވުމުގެ ބަދަލުގައި އެއް ރައްބަކަށް މެނުވީ ކިޔަމަންތެރި ނުވުމަށް މެނުވީ އެވެ. އެއީ ﷲ އެވެ. އެކަލާނގެއަށް ކޮންމެ އެއްޗެއްގެ އަޅުކަން ވެއެވެ. އަދި ކޮންމެ މަޚްލޫޤެއްގެ ކިޔަމަންތެރިކަން ވެއެވެ. އެކަލާނގެއަކީ އެކަލާނގެ އެންމެހާ މަޚްލޫޤުންގެ މައްޗަށް އެއްކައުވަންތަކަމާއި ރުބޫބިއްޔަތުގައި ޙައްޤުވެގެންވާ ފަރާތެވެ. ‘އެކަލާނގެ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އިލާހަކު ނުވެއެވެ.’ ﷲ ތަޢާލާ ވިދާޅުވަނީ: އިލާހުކަން ޙައްޤުވެގެން ނުވެއެވެ މަޚްލޫޤުންނަށް އެފަރާތަކަށް އަޅުކަންކުރުމަށް އަމުރުކުރެވިފައިވާ އެއްކައުވަންތަ ފަރާތަށް މެނުވީ، އަދި އެންމެހާ އަޅުތަކުންގެ މައްޗަށް އެފަރާތަކަށް ކިޔަމަންތެރިވުން ލާޒިމުވެގެންވާ ފަރާތަށް މެނުވީ. ‘އެބައިމީހުން ޝަރީކުކުރާ ކަންތަކުން އެކަލާނގެ ހުސްޠާހިރުވަންތަވެ ވޮޑިގެންވެއެވެ.’ އޭގެ މާނައަކީ: އެކަލާނގެއަށް ކިޔަމަންތެރިވުމުގައާއި ރުބޫބިއްޔަތުގައި ޝަރީކުކުރާ ކަންތަކުން އެކަލާނގެ ހުސްޠާހިރުވެ މަތިވެރިވެގެންވެއެވެ. އެއީ ‘ޢުޒައިރުގެފާނަކީ ﷲ ގެ ދަރިކަލެކެވެ’ އޭ ބުނާ މީހުންނާއި، ‘މަސީޙަކީ ﷲ ގެ ދަރިކަލެކެވެ’ އޭ ބުނާ މީހުންނާއި، އެބައިމީހުންގެ ޢިލްމުވެރިން ﷲ ފިޔަވައި ރައްބުންގެ ގޮތުގައި ހަދާފައިވާ މީހުންނެވެ. ﷲ ތަޢާލާގެ ބަސްފުޅު: މާނަ {ވިދާޅުވާށެވެ. އެކަލާނގެއީ ﷲ އެވެ. (އެކަލާނގެއީ) އެއްކައުވަންތަ (އިލާހެވެ). ﷲ އީ ޞަމަދު (އެބަހީ: އެންމެހާ ކަމެއްގައި ބޭނުންވެވޭ ފަރާތް) އެވެ. އެކަލާނގެ ދަރިއަކު ނުލައްވައެވެ. އަދި އެކަލާނގެއީ ދަރިއަކަށް ވެވޮޑިގެންވާ ފަރާތެއްވެސް ނޫނެވެ. އަދި އެކަލާނގެއާ އެއްފަދަ އެކަކުވެސް ނުވެއެވެ.} [އަލްއިޚްލާޞް: 1-4]” [11]
[1] قال أبو جعفر: وأما تأويل قول الله تعالى ذكره “الله”، فإنه على معنى ما رُوي لنا عن عبد الله بن عباس-: هو الذي يَألَهه كل شيء، ويعبده كل خلْقٍ – تفسير الطبري (1/ 122)
[2] الملخص في شرح كتاب التوحيد (ص: 9 )
[3] عن ابن عباس – رضي الله عنهما – في قول الله تعالى: وَمَا كَانَ النَّاسُ إِلَّا أُمَّةً وَاحِدَةً فَاخْتَلَفُوا قال: كان بين آدم ونوح عشرة قرون كلهم على التّوحيد، إعانة المستفيد بشرح كتاب التوحيد ص5
[4] { تفسير الطبري – جامع البيان في تأويل القرآن – 23/ 317}
[5] {تفسير ابن كثير – 8/ 87}
كِتَاب التَّوْحِيدِ ؛ بَاب مَا جَاءَ فِي دُعَاءِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أُمَّتَهُ إِلَى تَوْحِيدِ اللَّهِ تَبَارَكَ وَتَعَالَى – عَنْ ابْنِ عَبَّاسٍ يَقُولُ لَمَّا بَعَثَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مُعَاذَ بْنَ جَبَلٍ إِلَى نَحْوِ أَهْلِ الْيَمَنِ قَالَ لَهُ إِنَّكَ تَقْدَمُ عَلَى قَوْمٍ مِنْ أَهْلِ الْكِتَابِ فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَى أَنْ يُوَحِّدُوا اللَّهَ تَعَالَى فَإِذَا عَرَفُوا ذَلِكَ فَأَخْبِرْهُمْ أَنَّ اللَّهَ قَدْ فَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي يَوْمِهِمْ وَلَيْلَتِهِمْ فَإِذَا صَلَّوْا فَأَخْبِرْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ زَكَاةً فِي أَمْوَالِهِمْ تُؤْخَذُ مِنْ غَنِيِّهِمْ فَتُرَدُّ عَلَى فَقِيرِهِمْ فَإِذَا أَقَرُّوا بِذَلِكَ فَخُذْ مِنْهُمْ وَتَوَقَّ كَرَائِمَ أَمْوَالِ النَّاس. – [6] صحيح البخاري (22/ 363)
[7] عن ابن عمر رضي الله عنه عَنْ النَّبِيِّ ﷺ قَالَ : ( بُنِيَ الإِسْلامُ عَلَى خَمْسَةٍ : عَلَى أَنْ يُوَحَّدَ اللَّهُ ، وَإِقَامِ الصَّلاةِ وَإِيتَاءِ الزَّكَاةِ وَصِيَامِ رَمَضَانَ وَالْحَجِّ ) (في صحيح مسلم – 16 )
[8] تفسير ابن كثير (7/ 160)
أي: عاينوا وقوع العذاب بهم، { قَالُوا آمَنَّا بِاللَّهِ وَحْدَهُ وَكَفَرْنَا بِمَا كُنَّا بِهِ مُشْرِكِينَ } أي: وحدوا الله وكفروا بالطاغوت، ولكن حيث لا تُقَال العثرات، ولا تنفع المعذرة. وهذا كما قال فرعون حين أدركه الغرق: { آمَنْتُ أَنَّهُ لا إِلَهَ إِلا الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَا مِنَ الْمُسْلِمِينَ } [يونس: 90]
[9] تفسير البغوي (1/ 176)
قوله تعالى: { وَإِلَهُكُمْ إِلَهٌ وَاحِدٌ لا إِلَهَ إِلا هُوَ الرَّحْمَنُ الرَّحِيمُ } سبب نزول هذه الآية أن كفار قريش قالوا يا محمد صف لنا ربك وانسبه فأنزل الله تعالى هذه الآية وسورة الإخلاص. والواحد الذي لا نظير له ولا شريك له. فقال بعضهم: معنى وحدانية الله، معنى نَفي الأشباه والأمثال عنه، كما يقال:”فلان واحدُ الناس – وهو وَاحد قومه”، يعني بذلك أنه ليسَ له في الناس مثل، ولا له في قومه شبيه ولا نظيرٌ. فكذلك معنى قول:”اللهُ واحد”، يعني به: الله لا مثل له ولا نظير
[10] تفسير ابن كثير (4/ 135) – ولهذا قال تعالى: { وَمَا أُمِرُوا إِلا لِيَعْبُدُوا إِلَهًا وَاحِدًا } أي: الذي إذا حرم الشيء فهو الحرام، وما حلله حل، وما شرعه اتبع، وما حكم به نفذ
[11] تفسير الطبري (14/ 213) – وأما قوله:(وما أمروا إلا ليعبدوا إلهًا واحدًا)، فإنه يعني به: وما أمر هؤلاء اليهود والنصارى الذين اتخذوا الأحبارَ والرهبان والمسيحَ أربابًا، إلا أن يعبدوا معبودًا واحدًا، وأن يطيعوا إلا ربًّا واحدًا دون أرباب شتَّى، وهو الله الذي له عبادة كل شيء، وطاعةُ كل خلق، المستحقُّ على جميع خلقه الدينونة له بالوحدانية والربوبية = “لا إله إلا هو” ، يقول تعالى ذكره: لا تنبغي الألوهية إلا للواحد الذي أمر الخلقُ بعبادته، ولزمت جميع العباد طاعته =(سبحانه عما يشركون)، يقول: تنزيهًا وتطهيرًا لله عما يُشرك في طاعته وربوبيته، القائلون:(عزير ابن الله)، والقائلون:(المسيح ابن الله)، المتخذون أحبارهم أربابًا من دون الله – قوله تعالى : {قُلْ هُوَ اللَّهُ أَحَدٌ (1) اللَّهُ الصَّمَدُ (2) لَمْ يَلِدْ وَلَمْ يُولَدْ (3) وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ (4)} [الإخلاص: 1 – 4]