ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ﴿وَكَذَٰلِكَ نُوَلِّي بَعْضَ الظَّالِمِينَ بَعْضًا بِمَا كَانُوا يَكْسِبُونَ﴾ [الأنعام: 129] ﴿ ހަމައެފަދައިން އެއުރެން ހޯދައިގަތް ކަމުގައިވީ ކަންތަކުގެ ސަބަބުން، ތިމަންރަސްކަލާނގެ އަނިޔާވެރިންގެ އެއްބަޔަކު އަނެއްބަޔަކާ މަތިކުރެއްވީމެވެ.﴾
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ (ވަފާތު 728هـ)، ﷲ އެބޭފުޅާއަށް ރަޙުމަތް ލައްވާށި ވިދާޅުވެފައިވެ އެވެ. ” އަދި މި ނޫން އެހެން ތަނެއްގައި އަހުރެން ބަޔާންކޮށްފައިވާނެ ފަދައިން، (ވެރިކަމުގެ) ކަންތައް ރަސްކަލުންނާއި އެމީހުންގެ ނައިބުންނަށް، ވެރިންނަށާއި، ޤާޟީންނަށާއި، އަމީރުންނަށް ޙަވާލުކުރެވިފައިވަނީ ހަމައެކަނި އެމީހުންގެ އުނިކަމުގެ ސަބަބުން އެކަންޏެއް ނޫނެވެ. އެހެނެއްކަމަކު، އެއީ ވެރިޔާއާއި ރައްޔިތުން ދެފަރާތުގެވެސް އުނިކަމުގެ ސަބަބުންނެވެ. “ތިޔަބައިމީހުން ޢަމަލުކުރާ ގޮތަކަށް ތިޔަބައިމީހުންނަށް ވެރިކަން ކުރެވޭނެއެވެ.” އަދި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وكذلك نولي بعض الظالمين بعضاً ﴾ [الأنعام: 129] ﴿އަދި އެފަދައިން ތިމަންރަސްކަލާނގެ އަނިޔާވެރިންގެ ތެރެއިން އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ވެރިކުރަމެވެ.﴾
އަދި މި ނޫން އެހެން ތަނެއްގައި ފުޅާކޮށް އައިސްފައިވާ ގޮތުގައި އަދި ސާބިތުވެގެންވާ ގޮތުގައި ނަބިއްޔާ ﷺ އަމުރުކުރެއްވީ ﷲ އަށް އުރެދުމެއް ނެތް ކަންކަމުގައި ވެރިންނަށް ކިޔަމަންތެރިވުމަށާއި، އެމީހުންނަށް ނަސޭހަތްތެރިވުމަށާއި، އެމީހުންގެ ޙުކުމްތަކުގައާއި، (މުދާ) ބެހުމުގައި ކެތްތެރިވުމަށާއި، އެމީހުންނާާއެކު ހަނގުރާމައަށް (ޖިހާދަށް) ދިއުމަށާއި، އެމީހުންގެ ފަހަތުގައި ނަމާދުކުރުމަށާއި، މިފަދަ އެހެނިހެން ކަންކަކަންކަމެވެ. އެމީހުންނާ ނުލައި ޤާއިމްނުކުރެވޭނެ ހެޔޮ ކަންކަމުގައި އެމީހުންނަށް ތަބަޢަވުމެވެ. އެހެނީ މިއީ ހެޔޮކަމާއި ތަޤްވާވެރިކަމުގެ މައްޗަށް އެހީތެރިވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
އަދި އެކަލޭގެފާނު މަނާކުރެއްވީ އެމީހުންގެ ދޮގުތައް ތެދުކުރުމާއި، އެމީހުންގެ އަނިޔާވެރިކަމަށް އެހީތެރިވުމާއި، ﷲ އަށް އުރެދުމުގައި އެމީހުންނަށް ކިޔަމަންތެރިވުމާއި، މިފަދަ އެހެނިހެން ކަންކަމެވެ. މިކަންކަމަކީ ފާފައާއި އަދާވާތްތެރިކަމުގެ މައްޗަށް އެހީތެރިވުމުގެ ތެރެއިން ހިމެނޭ ކަންކަމެވެ.
އަދި އެކަލޭގެފާނު އަމުރުކުރެއްވީ ވެރިންނާއި އެނޫން މީހުންނަށްވެސް ހެޔޮކަމަށް އަމުރުކޮށް ނުބައިކަމުން ނަހީކުރުމަށެވެ. އެއީ ޝަރުޢީ ގޮތުން ހުއްދަކުރެވިފައިވާ ގޮތުގައެވެ. އަދި މީގެ ތެރޭގައި ހިމެނެނީ ﷲގެ ރިސާލަތު އެމީހުންނަށް ފޯރުކޮށްދިނުމެވެ. އެއީ ހިއްވަރުނެތުމުގެ ސަބަބުން ނުވަތަ ދަހިވެތިކަމުގެ ސަބަބުން ނުވަތަ އެވެރިންނަށް ބިރުގަތުމުގެ ސަބަބުން ނުވަތަ ﷲގެ އާޔަތްތައް ކުޑަ އަގަކަށް ވިއްކާލުމުގެ ސަބަބުން މިކަން ދޫކޮށްނުލުމެވެ. އަދި އެމީހުންގެ މައްޗަށް ނުވަތަ އާންމު ރައްޔިތުންގެ މައްޗަށް ބާރު ހޯދުމަށްޓަކައި މިކަން ނުކުރުމެވެ. އަދި ހަސަދަވެރިކަމުގެ ސަބަބުން ނުވަތަ ބޮޑާވެގަތުމުގެ ސަބަބުން ނުވަތަ އެމީހުންގެ ކުރިމަތީގައި ނުވަތަ އާންމު ރައްޔިތުންގެ ކުރިމަތީގައި ދައްކާލުމުގެ ގޮތުން މިކަން ނުކުރުމެވެ.
ނުބައިކަމެއް އިންކާރުކުރުމުގައި އެއަށްވުރެ ބޮޑު ނުބައިކަމަކަށް މަގުފަހިވާ ގޮތަކަށް ނުކުރުމެވެ. އެގޮތުން ހަތިޔާރާއެކު އެބައިމީހުންނާއި ދެކޮޅަށް ނުނިކުތުމެވެ. އަދި ފިތުނަވެރިކަން ޤާއިމް ނުކުރުމެވެ.
މިއީ އަހްލުއްސުންނާ ވަލްޖަމާޢާގެ އުސޫލުތަކުން ފާޅުކަންބޮޑުކޮށް އެނގޭ ކަމެކެވެ. އަދި ނަބަވީ ޙަދީޘް ތަކުންވެސް މިކަމަށް އިޝާރާތްކުރެވިފައިވެއެވެ. އެހެނީ މިކަމުގައި އެކުލެވިގެންވާ ފަސާދައަކީ އެމީހުންގެ އަނިޔާވެރިކަމުގެ ސަބަބުން އުފެދުނު ފަސާދައަށްވުރެ މާ ބޮޑު ފަސާދައެކެވެ. އެހެންނަމަވެސް، ﷲ އަށް ކިޔަމަންތެރިވުމުގައި ވެރިޔާއަށް ކިޔަމަންތެރިވާންވާނެއެވެ. އަދި އެނޫން ކަންކަމުގައިވެސް އެފަދައިންނެވެ. އަދި އެކަލާނގެ އަމުރުކުރެއްވި ކަންތައްތައް ކުރަންވާނެއެވެ. އަދި އެކަލާނގެ ނަހީކުރެއްވި ކަންތައްތައް ދޫކޮށްލަންވާނެއެވެ. މިއީ ކުރު ގޮތަކަށް ބަޔާންކޮށްދެވުނު ވާހަކައެކެވެ. މިކަން ތަފްޞީލުކޮށް ބަޔާންކުރަން އެދޭނަމަ، ވަރަށް ދިގު ވާ ހަކައަކަށް ވެގެންދާނެއެވެ.” [1]
މި ބަސްފުޅުގެ މައްޗަށް އަލި އަޅުވައި ޝެއިޚް އަބޫ އިޔާޟް حَفِظَهُ الله ވިދާޅުވިއެވެ. “އިބްނު ތައިމިއްޔާ (رحمه الله) ގެ މި ކުރު އަދި އަސާސީ ވާހަކަފުޅުގައި ބަޔާންކޮށްދެއްވާފައިވަނީ މުސްލިމް ވެރިންނާއި ރައްޔިތުންގެ މެދުގައި އޮންނަންވާ ގުޅުމާއި މުޢާމަލާތުގެ ޠަބީޢަތެވެ.
ފުރަތަމަ، އެކަލޭގެފާނު (رحمه الله) ބަޔާންކޮށްދެއްވާފައިވަނީ ﷲ އިންސާނުންގެ މައްޗަށް ވެރިން ލައްވަވަނީ އެ އަޅުތަކުންގެ އަޚްލާޤާއި ޢަމަލުތަކާ އެއްގޮތަށް ކަމެވެ. އެހެންކަމުން، މީސްތަކުން ފާފަކޮށް އަނިޔާވެރިވާނަމަ، އެކަން އެމީހުންގެ މައްޗަށް ޢައްޔަންކުރެވޭ ވެރިންގެ ކިބައިން ފެންނާނެއެވެ.
މިކަން ހަނދާނުގައި ބަހައްޓައިގެން، މީސްތަކުންނަށް އަމުރުކުރެވިގެންވަނީ:
• ﷲ އަށް އުރެދުމެއް ނެތް ކަންކަމުގައި އެމީހުންނަށް ކިޔަމަންތެރިވުމަށާއި، އެމީހުންގެ އަނިޔާވެރިކަމާއި ޖައްބާރުކަމުގެ މައްޗަށް ކެތްތެރިވުމަށެވެ.
• އެމީހުންގެ ދޮގުތަކާއި، އުރެދުންތަކާއި، އަނިޔާވެރިކަމުގައި އެމީހުންނަށް ކިޔަމަންތެރި ނުވުމަށާއި އެހީތެރި ނުވުމަށެވެ.
• ޝަރުޢީ ގޮތުން ހުއްދަކުރެވިފައިވާ ގޮތުގައި ހެޔޮކަމަށް އަމުރުކޮށް ނުބައިކަމުން ނަހީކުރުމަށެވެ. އެކަން ކުރަންވާނީ އިޚްލާޞްތެރިކަމާއެކު ﷲ އަށްޓަކައި އެކަނި، އެހެން އެއްވެސް ސަބަބަކަށްޓަކައި ނޫނެވެ.
• އެމީހުންގެ ނުބައިކަމަށް ނިމުމެއް ގެނައުމަށް މަސައްކަތްކުރުމުގައި އެއަށްވުރެ ބޮޑު ނުބައިކަމަކަށް މަގުފަހިވާ ގޮތަކަށް ނުކުރުމަށެވެ.
މި ހުރިހާ ކަމެއްގައިވެސް، ވެރިންނާ މެދު ކިޔަމަންތެރިވާންޖެހެނީ ﷲ އަށެވެ. އެގޮތުން އެކަލާނގެ އަމުރުކުރެއްވި ކަންތައްތައް ކުރަންވާނެއެވެ. އަދި އެކަލާނގެ ނަހީކުރެއްވި ކަންތައްތައް ދޫކޮށްލަންވާނެއެވެ.” [2]
ވުމާއެކު އަނިޔާވެރިކަމާއި، މުދާ ކެއުމާއި، ވައްކަން ކުރުމާއި، ފޭރުމާއި، ޓެކްސް ނެގުމާއި، ލޫޓުވުމާއި، ކޮރަޕްޝަން ވެރިންގެ ފަރާތުން ފެނުމުން ވެރިންނާއި، ވެރިކަމުގެ ވާހަކަ ރެއާއި ދުވާލު ދެއްކިއަސް، ރައްޔިތުންގެ ހާލަތު ބަދަލުނުވާނެއެވެ. ކޮންމެ މުސްލިމަކުވެސް، އަމިއްލައަށް ހެޔޮ ޞާލިޙު ޢަމަލުކޮށް އެމީހެއްގެ ހާލު ހެޔޮމަގަށް ބަދަލު ކުރުމަކީ އެމީހުންގެ މައްޗަށް ހެޔޮ ވެރިކަން އަންނާނެ ހަމައެކަނި މަގެވެ. ތިބާ ޖިހާދު ޤާއިމްކުރާނެ ވެރިން ބޭނުންވެ އެވެ. ތިބާ ޝަރީޢަތް އުފުއްލާނެ ވެރިން ބޭނުންވެ އެވެ. ތިބާ ﷲ ގެ ޙުކުމަށް ޙުކުމް ކުރާނެ ވެރިން ބޭނުމެވެ. ތިބާ ފަލަސްތީނު މިނިވަންކުރާނެ ވެރިން ބޭނުންވެ އެވެ. ތިބާ ޢަދުލާއި އިންސާފު ޤާއިމް ކުރާނެ ވެރިން ބޭނުންވެ އެވެ. އެހެނަސް، ތިބާގެ އަމިއްލަ ނަފްސު އިސްލާހުގެ މަގަަށް ނުގެންނަމެވެ. ތިބާ ވެސް އަނިޔާވެރިވަނީ އެވެ. ތިބާވެސް ޚިޔާނާތްތެރިވަނީ އެވެ. ތިބާ ވެސް ވައްކަން ކުރަނީ އެވެ. ތިބާވެސް ދޮގު ހަދަނީ އެވެ. ތިބާ ވެސް ﷲ ގެ ޝަރުޢަށް ޙުކުމް ނުކުރަމެވެ. ސުންނަތަށް، ހިދާޔަތަށް، ޝަރީޢަތަށް، ފުރިހަމަ ގޮތުގައި ޞަޙާބީން ދީން ފަހުމްވެ ތަބަޢަވިގޮތަށް ތަބަޢަ ނުމަވެ. އެކަމަކުވެސް، ތިބާ ނަތީޖާ ބޭނުންވެ އެވެ. އޭ ސަޢުދެވެ. ތިހެނަކުން ތިކަމެއް ނުވާނެއެވެ. ﷲ ތަޢާލާ ވަނީ އެކަނލާންގެ ރައްބުވަންތަ ކަމުގައި އިލާހީ ސުންނަތެއް ޤާއިމް ކުރައްވާފައެވެ. އަނިޔާވެރިންގެ މައްޗަށް އަންނާނީ އަނިޔާވެރި ވެރިންނެވެ. ޞޯލިހުންގެ މައްޗަށް އަންނާނީ ޞޯލިހުވެރިންނެވެ. ކުއްފާރުން މުސްލިމުންގެ މައްޗަށް ބާރުގަދަވެގެން އުޅެނީ މުސްލިމުންގެ އަނިޔާވެރިކަމާއި ފަސާދައިގެ ސަބަބުންވެ. މުސްލިމުން އުޅެނީ ދުނިޔެ އާރާސްތު ކުރާށެވެ. ތަރައްޤީ ކުރާށެވެ. ފްލެޓު ހޯދާށެވެ. އިމާރާތްކުރާށެވެ. ރިބާ ކާށެވެ. ޑިމޮކްރަސީ ކުރިއެރުވުމަށެވެ. ޤައުމިއްޔަތުގެ ޙިޒްބިއްޔަތުގައެވެ. ޖިހާދަށް ޓެރަރިޒަމް ކިއުމުގައެވެ. ސުންނަތުގެ އަހުލުވެރިންނަކީ ހަރުކަށި މަގުފުރެދިފައިވާ ބައެއް ކަމުގައި ދެއްކުމުގައެވެ. މައްސަލައިގެ އަޞްލަށް ރުޖޫޢަވުމުގެ ބަދަލުގައި އެއްވެރިކަމެއް ވައްޓައި އަނެއް ވެރިކަމެއް ގެނެވިދާނެ އެވެ. އުންމަތް އިޞްލާހެއް ނުވާނެއެވެ. والله أعلم
[1] شيخ الإسلام ابن تيمية – رحمه الله – (728هـ) » وقد ذكرت في غير هذا الموضوع، أن مصير الأمر إلى الملوك ونوابهم من الولاة، والقضاة والأمراء، ليس لنقصٍ فيهم فقط؛ بل لنقصٍ في الراعي والرعية جميعاً؛ فإنه “كما تكونون، يولى عليكم”، وقد قال الله تعالى: ﴿وكذلك نولي بعض الظالمين بعضاً﴾. وقد استفاض وتقرر في غير هذا الموضع مأثُرٌ عن به صلى الله عليه وسلم: من طاعة الأمراء في غير معصية الله؛ ومناصحتهم، والصبر عليهم في حكمهم، وقسمهم، ونُزُوعهم، والصلاة خلفهم، ونحو ذلك من متابعتهم في الحسنات التي لا يقوم بها إلا هم ؛ فإنه من باب التعاون على البر والتقوى ، وما نهى عنه من تصدقهم بكذبهم ، وإعانتهم على ظلمهم وطاعتهم في معصية الله ونحو ذلك ؛ عما هو من ” باب التعاون على الإثم والعدوان “وما أمر به أيضا من الأمر بالمعروف والنهي عن المنكر : لهم ولغيرهم على الوجه المشروع ؛ وما يدخل في ذلك من تبليغ رسالات الله إليهم ؛ بحث لا يترك ذلك جبنا ، ولا إغلا ، ولا خشيةً لهم ، ولا اشتراء لثمنٍ قليل بآيات الله ؛ ولا يفضل أيضا الرئاسة عليهم ، ولا على العامة ، ولا الحسد ، ولا الكبر ولا الرياء ، ولا على العامة . ولا يزال المنكر يُعلم أنه منكر منه . بحث لا يخرج عليهم بالسلاح ؛ ولا تقام الفتن ، كما هو معروف من أصول أهل السنة والجماعة . كا دلت عليه النصوص النبوية ؛ التي تأمر بذلك من الفساد الذي يزول على فساد ما يكون من ظلمهم . بل يطاع الأمير في طاعة الله و في غيره ، و يفصل ما أمر به ، وما نهى عنه . وهذه جملة تفصيليها يطول إلى بسط كثير « مجموع الفتاوى (المجلد ٣٥ / الصفحتان ٢٠–٢١)
[2] https://abuiyaad.com/a/ibn-taymiyyah-rulers-subjects-advice