﷽
އަލް-އިމާމް އަބޫ އުޘްމާނު އިސްމާޢީލް އައް-ޞާބޫނީ (373-449هـ) رَحِمَهُ للَّهُ ވިދާޅުވިއެވެ.
۞ وَمِنْ قَوْلِ أَهْلِ السُّنَّةِ وَالْجَمَاعَةِ فِي أَكْسَابِ الْعِبَادِ: أَنَّهَا مَخْلُوقَةٌ لِلَّهِ تَعَالَى، لَا يُنْكِرُونَ ذٰلِكَ، وَلَا يَعُدُّونَ مِنْ أَهْلِ الْهُدَى وَدِينِ الْحَقِّ مَنْ يُنْكِرُ هٰذَا الْقَوْلَ وَيَنْفِيهِ.
“އަދި އަހުލުއްސުންނަތި ވަލްޖަމާޢަތުގެ ބަސްފުޅުތަކުގެ (އަޤީދާގެ) ތެރެއިން، އަޅުތަކުން ކުރާ އެންމެހާ ޢަމަލުތަކަކީ މަތިވެރިވެގެންވާ الله އުފައްދަވާފައިވާ (ޚަލްޤުކުރައްވާފައިވާ) ކަންތައްތަކެއް ކަމުގައި ވެއެވެ. އެބޭކަލުން އެކަމާ ޝައްކު ނުކުރައްވާ އަދި އެކަމާ އިންކާރެއްވެސް ނުކުރައްވައެވެ. އަދި މި ބަސްފުޅާ އިންކާރުކޮށް، އެކަން ދޮގުކުރާ މީހަކީ ހިދާޔަތު ލިބިފައިވާ އަދި ޙައްޤު ދީނުގެ އަހުލުވެރިއެއް ކަމުގައި އެބޭކަލުން ނުބައްލަވައެވެ.” – މަޞްދަރު: (އައް-ޞާބޫނީގެ ސަލަފުން އަދި ހަދީޘްގެ އަޞްޙާބުންގެ އަޤީދާ عقيدة السلف وأصحاب الحديث للصابوني)
އައް-ޝައިޚް ޢަބްދުލްޢަޒީޒު ބިން ޢަބްދު الله އައްރާޖިޙީ حَفِظَهُ اللَّهُ އިމާމް އައް-ޞާބޫނީ ގެ ބަސްފުޅުގެ ޝަރަޙައިގަ ވިދާޅުވިއެވެ.
۞ أَهْلُ السُّنَّةِ يَقُولُونَ: إِنَّ اللَّهَ تَعَالَى خَلَقَ الْعِبَادَ وَخَلَقَ أَفْعَالَهُمْ، فَأَفْعَالُ الْعِبَادِ مَخْلُوقَةٌ لِلَّهِ، كَمَا قَالَ تَعَالَى ﴿وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ﴾ [الصافات:٩٦] “ސުންނަތުގެ އަހުލުވެރިން ވިދާޅުވެއެވެ. ހަމަކަށަވަރުން މަތިވެރިވަންތަ الله އަޅުތަކުން އުފެއްދެވިއެވެ. އަދި އެބައިމީހުންގެ ޢަމަލުތައްވެސް އުފެއްދެވިއެވެ. އެހެންކަމުން، އަޅުތަކުން ކުރާ ޢަމަލުތަކަކީ މަތިވެރިވަންތަ الله އުފައްދަވާފައިވާ ކަންތައްތަކެކެވެ. މަތިވެރިވަންތަ الله ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ﴾ (މާނައީ: އަދި الله ތިޔަބައިމީހުން އުފެއްދެވިއެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައްތައްވެސް (އެކަލާނގެ) އުފެއްދެވިއެވެ.)”
لَكِنَّ الْعَبْدَ لَهُ اخْتِيَارٌ وَمَشِيئَةٌ وَفِعْلٌ، إِلَّا أَنَّ مَشِيئَتَهُ تَابِعَةٌ لِمَشِيئَةِ اللَّهِ. أَنْتَ الْآنَ مَوْجُودٌ مَثَلًا، تَأْتِي إِلَى الْمَسْجِدِ، وَتَسْتَطِيعُ أَنْ تَجْلِسَ فِي الْبَيْتِ، فَلَكَ اخْتِيَارٌ وَلَا أَحَدَ يَمْنَعُكَ، فَالْإِنْسَانُ يَفْعَلُ بِاخْتِيَارِهِ وَلَيْسَ مَجْبُورًا، إِلَّا أَنَّ مَشِيئَتَهُ وَاخْتِيَارَهُ تَابِعَانِ لِمَشِيئَةِ اللَّهِ. وَهُوَ مَخْلُوقٌ لِلَّهِ بِذَاتِهِ وَأَفْعَالِهِ، كَمَا قَالَ تَعَالَى ﴿وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ﴾ [الصافات:٩٦]، هَذِهِ عَقِيدَةُ أَهْلِ السُّنَّةِ وَالْجَمَاعَةِ.
“ނަމަވެސް، އަޅާއަށް އިޚްތިޔާރެއް، ކަންކަންކުރަން އެދޭ އެދުމެއް (އިރާދައެއް) އަދި ޢަމަލެއް ވެއެވެ. އެކަމަކު، އެއަޅާގެ އިރާދަކުރުން (ޤަޞްދުކުރުން، ނިޔަތް) الله ގެ އިރާދަކުރެވުމަށް ތަބަޢަވެގެންވެއެވެ. މިސާލަކަށް، ތިބާ މިހާރު ހާޒިރުވެފައިވާ ގޮތަށް، މިސްކިތަށް އާދެވޭނެއެވެ. އަދި ގޭގައިވެސް ތިބާއަށް ހުރެވޭނެއެވެ. ފަހެ ތިބާއަށް އިޚްތިޔާރެއް ވެއެވެ. އަދި އެކަކުވެސް ތިބާ ހުއްޓުވަން ނުއުޅޭނެއެވެ. އެހެންކަމުން، އިންސާނާ ޢަމަލުކުރަނީ އޭނާގެ އިޚްތިޔާރުންނެވެ. އަދި މަޖުބޫރުކުރެވިފައިވާ މީހެއް ނޫނެވެ. އެކަމަކު އޭނާގެ އިރާދަކުރުން އަދި އިޚްތިޔާރުވަނީ الله ގެ އިރާދަފުޅަށް ތަބާވެގެންނެވެ.” އަދި އެ (އަޅާ) އަކީ އޭނާގެ ޛާތާއި އޭނާ ކުރާ ޢަމަލުތަކާއެކު މާތް ﷲ އުފައްދަވާފައިވާ މަޚްލޫޤެކެވެ. މަތިވެރިވަންތަ الله ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ﴾ {އަދި الله ތިޔަބައިމީހުން އުފެއްދެވިއެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައްތައްވެސް (އެކަލާނގެ) އުފެއްދެވިއެވެ.} (ސޫރަތުއް ޞައްފާތު: 96) މިއީ އަހުލުއްސުންނަތު ވަލްޖަމާޢަތުގެ ޢަޤީދާއެވެ.”
وَهُنَاكَ طَائِفَتَانِ مُنْحَرِفَتَانِ فِي هَذِهِ الْمَسْأَلَةِ:
“އަދި މި މައްސަލާގައި މަގުފުރެދިފައިވާ ދެ ބަޔަކު ވެއެވެ.”
الطَّائِفَةُ الْأُولَى: الْقَدَرِيَّةُ الْجَبْرِيَّةُ، قَالُوا: إِنَّ الْعَبْدَ مَجْبُورٌ عَلَى أَفْعَالِهِ وَلَيْسَ لَهُ اخْتِيَارٌ، كَالرِّيشَةِ فِي الْهَوَاءِ، وَقَالُوا: بِأَنَّ الْأَفْعَالَ أَفْعَالُ اللَّهِ، فَإِذَا صَلَّيْتَ فَهَذَا فِعْلُ اللَّهِ، وَاللَّهُ هُوَ الْمُصَلِّي وَالصَّائِمُ، فَالْأَفْعَالُ الَّتِي تَفْعَلُهَا إِنَّمَا هِيَ وِعَاءٌ لِلْأَفْعَالِ، وَإِلَّا فَاللَّهُ هُوَ الْفَعَّالُ، فَالْعِبَادُ بِمَثَابَةِ وِعَاءٍ لِلْأَفْعَالِ، وَاللَّهُ تَعَالَى هُوَ الَّذِي يَفْعَلُ بِهِمْ ذَلِكَ، وَقَالُوا: مَثَلُ اللَّهِ فِي ذَلِكَ مَثَلُ إِنْسَانٍ عِنْدَهُ كُوبٌ يَصُبُّ فِيهِ الْمَاءَ، فَالْعِبَادُ كَأَنَّهُمْ كُوبٌ، وَاللَّهُ كَصَبَّابِ الْمَاءِ فِيهِ، تَعَالَى اللَّهُ عَمَّا يَقُولُونَ.
“ފުރަތަމަ ބަޔަކީ ޤަދަރިއްޔާ އަލް-ޖަބްރިއްޔާ (މަޖުބޫރީން) އެވެ. އެބައިމީހުން ބުންޏެވެ. ހަމަކަށަވަރުން އަޅާއަކީ އޭނާގެ ޢަމަލުތަކުގެ މައްޗަށް މަޖުބޫރުކުރެވިފައިވާ މީހެއް ކަމަށާއި، އޭނާއަށް އިޚްތިޔާރެއް ނުވާ ކަމަށެވެ. އެއީ ވައިގައިވާ ދޫނިފަތެއް ފަދައިންނެވެ. އަދި އެބައިމީހުން ބުންޏެވެ. ޢަމަލުތަކަކީ الله ގެ ޢަމަލުތަކެވެ. ފަހެ ތިބާ ނަމާދުކޮށްފިނަމަ، މިއީ الله ގެ ޢަމަލެކެވެ. އަދި ނަމާދުކުރާ އަދި ރޯދަހިފާ ފަރާތަކީ الله އެވެ. ފަހެ ތިބާ ކުރާ ޢަމަލުތަކަކީ ހަމަކަށަވަރުން ޢަމަލުތައް އޭގައި ހިނގާ ތައްޓެއް ފަދައެވެ. ނުވަތަ އެހެންގޮތަކަށް ބުނާނަމަ، ޙަޤީޤީ ޢަމަލުކުރާ ފަރާތަކީ الله އެވެ. އަޅުތަކުންނަކީ ޢަމަލުތައް ހިނގާ ތައްޓެއްގެ ދަރަޖައިގައެވެ. އަދި މަތިވެރިވަންތަ الله އަކީ އެބައިމީހުން މެދުވެރިކޮށް އެކަންކަން ކުރައްވާ ފަރާތެވެ. އަދި އެބައިމީހުން ބުންޏެވެ. އެކަމުގައި الله ގެ މިސާލަކީ، އޭނާގެ އަތުގައި ތަށްޓެއް ހުރެ އެތަށްޓަށް ފެން އަޅާ މީހެއްގެ މިސާލެވެ. ފަހެ އަޅުތަކުންނަކީ ތަށްޓެއް ފަދައެވެ. އަދި الله އަކީ އެތެރެއަށް ފެން އަޅާ ފަރާތެވެ. އެބައިމީހުން ބުނާ ބަސްތަކުން މާތް الله ވަނީ މަތިވެރިވެގެންނެވެ.”
وَالطَّائِفَةُ الثَّانِيَةُ: الْقَدَرِيَّةُ النُّفَاةُ، قَالُوا: إِنَّ الْعِبَادَ خَالِقُونَ لِأَفْعَالِهِمْ، الطَّاعَاتِ وَالْمَعَاصِيَ، فَمَا خَلَقَهَا اللَّهُ وَلَا أَرَادَهَا وَلَا شَاءَهَا، وَالْعَبْدُ هُوَ الَّذِي يَخْلُقُ فِعْلَ نَفْسِهِ اسْتِقْلَالًا.
فَهَاتَانِ طَائِفَتَانِ مُنْحَرِفَتَانِ، وَتَوَسَّطَ أَهْلُ السُّنَّةِ وَالْجَمَاعَةِ، فَلَمْ يَقُولُوا بِقَوْلِ الْقَدَرِيَّةِ النُّفَاةِ، وَلَا بِقَوْلِ الْجَبْرِيَّةِ، فَلَمْ يَقُولُوا: بِأَنَّ الْعِبَادَ خَالِقُونَ لِأَفْعَالِهِمْ، بَلْ قَالُوا: إِنَّ اللَّهَ خَالِقُ الْعَبْدِ وَخَالِقُ فِعْلِهِ، وَلَمْ يَقُولُوا: إِنَّ الْعَبْدَ مَجْبُورٌ كَمَا قَالَتِ الْجَبْرِيَّةُ، بَلْ قَالُوا: إِنَّ الْعَبْدَ لَهُ اخْتِيَارٌ وَمَشِيئَةٌ، فَهُوَ يَفْعَلُ بِاخْتِيَارِهِ وَمَشِيئَتِهِ؛ لِأَنَّ اللَّهَ أَعْطَاهُ الْقُدْرَةَ عَلَى الْفِعْلِ، لَكِنَّ اللَّهَ خَلَقَهُ وَخَلَقَ قُدْرَتَهُ.
“އަދި (މި މައްސަލާގައި މަގުފުރެދިފައިވާ) ދެވަނަ ބަޔަކީ: ޤަދަރިއްޔާ އަލް-ނުފާތު (ނަފީކުރާ މީހުން) އެވެ. އެބައިމީހުން ބުންޏެވެ. ހަމަކަށަވަރުން އަޅުތަކުންނަކީ، ކިޔަމަންތެރިކަމުގެ ޢަމަލުތަކާއި ފާފަތަކާ އެކު، އެބައިމީހުންގެ ޢަމަލުތައް ހައްދަވާ ބަޔެކެވެ. ފަހެ، އެކަންކަން الله އުފެއްދެވީއެއް ނޫނެވެ. އަދި އެކަންކަމަށް އެކަލާނގެ އިރާދަކުރެއްވީއެއް ނޫނެވެ. އަދި އެކަލާނގެ ބޭނުންފުޅުވިވަޑައިގަތީއެއްވެސް ނޫނެވެ. އަދި އަޅާއަކީ އޭނާގެ ނަފްސުގެ ޢަމަލުތައް މިނިވަންކަމާއެކު (މުސްތަޤިއްލުކޮށް) އުފައްދާ ފަރާތެވެ.
ފަހެ، މި ދެބަޔަކީ (ވެސް) މަގުފުރެދިފައިވާ ދެ ބަޔެކެވެ. އަދި އަހުލުއްސުންނަތި ވަލްޖަމާޢަތުގެ ބޭކަލުން މެދުމިނުގައި (ޢަދުލުވެރިކަމުގައި) ދެމިތިއްބެވިއެވެ. ފަހެ، އެބޭކަލުން ޤަދަރިއްޔާ އަލް-ނުފާތުގެ ބަސް ވިދާޅުނުވެއެވެ. އަދި ޖަބްރިއްޔާގެ ބަސްވެސް ވިދާޅުނުވެއެވެ. ފަހެ، އަޅުތަކުންނަކީ އެބައިމީހުންގެ ޢަމަލުތައް (މުސްތަޤިއްލުކޮށް) ހައްދަވާ ބަޔެއް ކަމަކަށް ވިދާޅުނުވެއެވެ. އަދި އޭގެ ބަދަލުގައި އެބޭކަލުން ވިދާޅުވިއެވެ. ހަމަކަށަވަރުން الله އީ އަޅާ ހައްދަވާ އަދި އޭނާގެ ޢަމަލުތައްވެސް ހައްދަވާ ފަރާތެވެ.
އަދި އަޅާއަކީ ޖަބްރިއްޔާ ބުނި ފަދައިން މަޖުބޫރުކުރެވިފައިވާ މީހެއް ކަމަކަށް ވިދާޅުނުވެއެވެ. އަދި އޭގެ ބަދަލުގައި އެބޭކަލުން ވިދާޅުވިއެވެ. ހަމަކަށަވަރުން އަޅާއަށް އިޚްތިޔާރެއް އަދި އިރާދައެއް (ކަންކުރުމުގެ އެދުމެއް) ވެއެވެ. ފަހެ، އޭނާއަކީ އޭނާގެ އިޚްތިޔާރުންނާއި އިރާދައިން ޢަމަލުކުރާ މީހެކެވެ. އެއީ الله އޭނާއަށް ޢަމަލުކުރުމުގެ ކުޅަދާނަކަން ދެއްވީތީއެވެ. ނަމަވެސް، الله އޭނާ އުފެއްދެވިއެވެ. އަދި އޭނާގެ ކުޅަދާނަކަންވެސް الله އުފެއްދެވިއެވެ.”
وَالْخُلَاصَةُ: أَنَّ الْمَذَاهِبَ فِي أَفْعَالِ الْعِبَادِ ثَلَاثَةٌ:
“ޚުލާޞާއަކީ: އަޅުތަކުންގެ ޢަމަލުތަކާ ބެހޭގޮތުން މަޛްހަބުތައް ތިނަކަށް ބެހިފައި ވެއެވެ.”
مَذْهَبُ الْقَدَرِيَّةِ: وَهُوَ أَنَّ الْأَفْعَالَ خَلَقَهَا الْعِبَادُ مِنَ الطَّاعَاتِ وَالْمَعَاصِيَ لِأَنْفُسِهِمِ اسْتِقْلَالًا مِنْ دُونِ اللَّهِ.
ޤަދަރިއްޔާގެ މަޛްހަބު: އެއީ ހަމަކަށަވަރުން ކިޔަމަންތެރިކަމުގެ ޢަމަލުތަކާއި ފާފަތަކުގެ ޢަމަލުތައް، الله ގެ އިރާދަފުޅާނުލައި، މިނިވަންކަމާއެކު (މުސްތަޤިއްލުކޮށް) އަޅުތަކުން އެބައިމީހުންގެ ނަފްސަށް ހެއްދެވުނު ކަމެވެ.
وَمَذْهَبُ الْجَبْرِيَّةِ: وَهُوَ أَنَّ الْعَبْدَ مَجْبُورٌ عَلَى أَفْعَالِهِ، وَالْأَفْعَالُ أَفْعَالُ اللَّهِ، وَالْعَبْدُ مَجْبُورٌ كَالرِّيشَةِ فِي الْهَوَاءِ، وَكَحَرَكَةِ الْمُرْتَعِشِ وَالنَّائِمِ، وَكَنَبْضِ الْعُرُوقِ، وَكَحَرَكَةِ الرِّيَاحِ لِلْأَشْجَارِ.
“ޖަބްރިއްޔާގެ މަޛްހަބު: އެއީ ހަމަކަށަވަރުން އަޅާއަކީ އޭނާގެ ޢަމަލުތަކުގެ މައްޗަށް މަޖުބޫރުކުރެވިފައިވާ މީހެއް ކަމެވެ. އަދި (އޭނާގެ) ޢަމަލުތަކަކީ ﷲގެ ޢަމަލުތަކެވެ. އަދި އަޅާއަކީ ވައިގައިވާ ދޫނިފަތެއް ފަދައިން، އަދި ތުރުތުރުއަޅާ މީހެއްގެ އަދި ނިދާ މީހެއްގެ ހަރަކާތް ފަދައިން، އަދި ނާރުތައް މަސައްކަތްކުރާ ފަދައިން، އަދި ގަސްގަހަށް ވައިޖެހިގެން ހިނގާ ހަރަކާތްތައް ފަދައިން މަޖުބޫރުކުރެވިފައިވާ މީހެކެވެ.”
وَمَذْهَبُ أَهْلِ السُّنَّةِ: وَهُوَ أَنَّ اللَّهَ تَعَالَى خَلَقَ الْعِبَادَ وَخَلَقَ أَفْعَالَهُمْ، وَأَعْطَاهُمُ الْقُدْرَةَ عَلَى الْأَفْعَالِ، فَالْأَفْعَالُ أَفْعَالُهُمْ تُنْسَبُ إِلَيْهِمْ، وَالْعَبْدُ هُوَ الْمُصَلِّي وَالصَّائِمُ وَالْبَرُّ وَالْفَاجِرُ، فَالْأَفْعَالُ أَفْعَالُ الْعَبْدِ، وَاللَّهُ تَعَالَى خَلَقَ الْعَبْدَ بِذَاتِهِ وَصِفَاتِهِ وَأَفْعَالِهِ. كما قال ﴿وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ﴾ [الصافات:٩٦]
“އަހުލުއްސުންނަތުގެ މަޛްހަބަކީ: ހަމަކަށަވަރުން، މަތިވެރިވެގެންވާ الله އަޅުތަކުން އުފެއްދެވިއެވެ. އަދި އެބައިމީހުންގެ ޢަމަލުތައްވެސް އުފެއްދެވިއެވެ. އަދި އެކަލާނގެ އެބައިމީހުންނަށް ޢަމަލުތައް ކުރުމުގެ ކުޅަދާނަކަން ދެއްވިއެވެ. ފަހެ، ޢަމަލުތަކަކީ އެބައިމީހުންގެ ޢަމަލުތަކެވެ. އެ ޢަމަލުތައް އެބައިމީހުންނަށް ނިސްބަތްކުރެވެއެވެ. އަދި އަޅާއަކީ ނަމާދުކުރާ މީހާއެވެ. އަދި ރޯދަހިފާ މީހާއެވެ. އަދި ހެޔޮކަންތައްކުރާ މީހާއެވެ. އަދި ފާޖިރުކަންތައްކުރާ މީހާއެވެ. ފަހެ، ޢަމަލުތަކަކީ އަޅާގެ ޢަމަލުތަކެވެ. އަދި މަތިވެރިވެވޮޑިގެންވާ الله އަޅާ އުފެއްދެވީ އޭނާގެ ޛާތާއި ސިފަތަކާއި ޢަމަލުތަކާއެކުގައެވެ. {އަދި الله ތިޔަބައިމީހުން އުފެއްދެވިއެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައްތައްވެސް (އެކަލާނގެ) އުފެއްދެވިއެވެ.} (ސޫރަތުއް ޞައްފާތު: 96)
- شرح عقيدة السلف وأصحاب الحديث : عبد العزيز بن عبد الله بن عبد الرحمن الراجحي (ޝެއިޚުގެ ބަސްކޮޅު ނިމުނީއެވެ.)
فوائد السلف: މި ޝަރުޢީ މައްސަލައިގެ މުރާދަކީ، ކާފަރުންގެ ކުފުރުގެ ޢަމަލުތަކާއި، އީމާންކަމުގެ އަހުލުވެރިންގެ އީމާންކަމުގެ ޢަމަލުތައް ވެސް ހައްދަވާފައިވަނީ މަތިވެރިވަންތަ الله ކަމެވެ. ހަމައެފަދައިން، އެބައިމީހުން އުފައްދާ ބުދުތަކާއި، އެބައިމީހުން ކުރާ ކުފުރާއި ޝިރުކުގެ ޢަމަލުތައް ވެސް ވުޖޫދަށް ގެނެސް، ޚަލްޤުކުރެއްވީ އެކަލާނގެއެވެ. ﴿وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ﴾ އާޔަތުގައި މި ދައްކަނީ التوحيد الربوبية ގެ ވާހަކައެވެ. އަޅުތަކުންނަށް ޢަމަލުކުރުމުގެ ބާރާއި އިޚްތިޔާރު الله ދެއްވައިފައިވީނަމަވެސް، އެ ޢަމަލުތަކުގެ ޙަޤީޤީ ހެއްދުންތެރިފަރާތަކީ މާތް الله ކަމެވެ. ކައުނީ ގޮތުން، ރުބޫބިއްޔަތުގައި އަޅުތަކުން އެބައިމީހުންގެ ކުފުރުގައިވެސް ކައުނީގޮތުން ކިޔަމަންތެރިވެ ކައުނީ ގޮތުން އަޅުވެތިފައިވާ ރައްބަކީ، ޚާލިޤަކީ الله އެވެ. ވުމުން، ޝަރުޢީ ގޮތުން، ތައުޙީދުއް އުލޫހިއްޔަތުގައި، އަޅުކަންތަކުގައި އެކައުވަންތަ ކުރުމުގައި އެމީހުން އެކަލާނގެއަށް ކިޔަމަންތެރިވުން މާއުލާވެގެންވެއެވެ.
الله تعالى އަޑުފުޅަކާއި، އަކުރުފުޅުތަކަކުން ވާހަކަދެއްކެވި އުފެއްދިގެންނުވާ ބަސްފުޅުގައިވެ އެވެ.
﴿إِنْ كُلُّ مَنْ فِي السَّمَاوَاتِ وَالْأَرْضِ إِلَّا آتِي الرَّحْمَٰنِ عَبْدًا﴾ [ مريم: 93] “رحمن ވަންތަ الله އަށް އަޅެއްގެގޮތުގައި އަންނާނެ مخلوق އެއްމެނުވީ އުޑުތަކާއި ބިމުގައި ނުވެއެވެ.”
﴿وَلِلَّهِ يَسْجُدُ مَن فِي السَّمَاوَاتِ وَالْأَرْضِ طَوْعًا وَكَرْهًا وَظِلَالُهُم بِالْغُدُوِّ وَالْآصَالِ ۩ ﴾ [سورة الرعد: 15] “އަދި އުޑުތަކާއި ބިމުގައިވާހާބަޔަކު ރުހި ކިޔަމަންތެރިވެގެންވެސް އަދި ނުރުހި ނުކިޔަމަންތެރިވެގެންވެސް، ކިޔަމަންތެރިވުން ވާޖިބުވެގެންވަނީ ހަމަ الله އަށެވެ. އަދި ހެނދުނާއި ހަވީރު، އެމީހުންގެ ހިޔަނިތައްވެސް އެކަލާނގެއަށް سجدة ކުރެއެވެ. ކިޔަމަންވެގެންވެއެވެ.”
﴿إِنَّ رَبَّكَ فَعَّالٌ لِمَا يُرِيدُ﴾ [سورة هود – 107] “ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެއީ އެކަލާނގެ އެދިވޮޑިގަންނަވާ (އިރާދަކުރައްވާ) ކަމެއްވިއްޔާ ހަމަ ކޮންމެހެން ކުރައްވާ ކަލާނގެއެވެ.”
﴿ وَمَا تَشَاؤُونَ إِلَّا أَنْ يَشَاءَ اللَّهُ ﴾ [سورة التكوير: 29] “އަދި الله އިރާދަކުރެއްވިއްޔާމެނުވީ ކަލޭމެނަށް ކަމެއްކުރުމަށް ގަސްދުވެސްނުކުރެވޭނެއެވެ. އެކަލާނގެ އެއީ عَالَم ތަކުގެވެރި رَبُّ އެވެ.”
އަޅާއަށް مشيئة އެދުމެއް ނުވަތަ إرادة އިރާދައެއް ވާކަން ﷲ ބަޔާންކުރެއްވި އެވެ. ﴿ لِمَنْ شَاءَ مِنْكُمْ أَنْ يَسْتَقِيمَ ﴾ [سورة التكوير: 28] “ތިޔަބައިމީހުންކުރެން އެދޭމީހަކަށް އީމާންކަމާއި ޙައްޤުމަގަށް ކިޔަމަންތެރިވުމުގެ ސީދާމަގުވެއެވެ.”
އަޅާ އޭނާގެ އިޚްތިޔާރުކުރުމާއެކު ޢަމަލު ކުރެވެއެވެ. އަދި ހެޔޮ ނުވަތަ ނުބައިކަން ހޯދަގަނެވެއެވެ. ﴿ لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ ﴾ [سورة البقرة: 286] ” الله تعالى އެއްވެސް نفس އަކަށް އެ نفس އަށް އުފުލޭފަދަ تكليف އެއްނޫނީ ނުޖައްސަވައެވެ. އަދި އެ نفس އެއް ކުރިހެޔޮކަމެއްގެ ދަރުމަޔާ ސަވާބު އެ نفس އަކަށް قيامة ދުވަހުން ލިބޭހުއްޓެވެ. އަދި އެ نفس އެއް ކުރި ނުބައި عمل ގެ ނުބައި ޖަޒާވެސް އެ نفس އަކަށްވެއެވެ.”
އަޅާއަށް އޮތް އިޚްތިޔާރަކީ އީމާންވުމެވެ. ނުވަތަ ކާފިރުވުމެވެ. ﴿ وَقُلِ الْحَقُّ مِن رَّبِّكُمْ ۖ فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ ۚ إِنَّا أَعْتَدْنَا لِلظَّالِمِينَ نَارًا ﴾ [سورة الكهف: 29] ” (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު ވިދާޅުވާށެވެ! “حقّ އެވަނީ ކަލޭމެންގެ ربّ ގެ حضرة ންނެވެ. (هداية ދެއްކެވުމާއި މަގުފުރެއްދެވުން ވަނީ ހަމަ އެކަލާނގެ حضرة ގައެވެ. ތިމަންކަލޭގެފާނަކަށް ނޫނެވެ.) ފަހެ އީމާންވާން އެދޭމީހަކު އެމީހަކު إيمان ވާށެވެ! އަދި ކާފަރުވާން އެދޭމީހަކު ފަހެ އެމީހަކު ކާފަރުވާށެވެ! (އެމީހަކު އެދޭގޮތެކެވެ.) ހަމަކަށަވަރުން އަނިޔާވެރިންނަށް ތިމަންރަސްކަލާނގެ އަލިފާނެއް ތައްޔާރުކުރެއްވީމެވެ.“
އަޅާއަށް ހެޔޮ ޢަމަލު ކުރުން ނުވަތަ ނުބައި ޢަމަލު ކުރުމަށް ﷲ އިޚްތިޔާރު ދެއްވިއެވެ. ﴿ مَّنْ عَمِلَ صَالِحًا فَلِنَفْسِهِ ۖ وَمَنْ أَسَاءَ فَعَلَيْهَا ۗ وَمَا رَبُّكَ بِظَلَّامٍ لِّلْعَبِيدِ ﴾ [سورة فصلت: 46] ” އަދި إيمان ވެ صَالِحُ عَمَلُ ކޮށްފި މީހާ ދަންނައެވެ. އެމީހާ އެ ކުރި ހެޔޮކަމެއްގެ ދަރުމަ އޮންނާނީ ހަމަ އެމީހަކަށެވެ. އޭގެ ފައިދާ އޭނާއަށް ކުރާނެއެވެ. އަދި ނަފުސަށް ނުބައިކުރި މީހާގެ ނުބައިކަން ހުންނާނީވެސް ހަމަ އޭނާއަށެވެ. އޭގެ ބުރަ އޭނާ އުފުލާނެއެވެ. އަދި އަޅުތަކުންނަށް އަނިޔާވެރިވެ ވޮޑިގެންވާ (އަނިޔާ ކުރައްވާ) ކަލަކު ކަމުގައި ކަލޭގެފާނުންގެ رَبُّ ނުވެއެވެ.”
وصلى الله وسلم وبارك على نبينا محمد، وعلى آله وصحبه اجمعين. غفر الله لوالدي ولجميع المسلمين، ورحم الله والدي رحمة واسعة، واسكنه فسيح جناته. ووفقنا الله واياكم لما يحب ويرضى.
– 7 جمادى الآخرة 1447 هـ (18 ޑިސެންބަރ 2025) إِسْمَاعِيلُ بْنُ رَفِيقٍ مُحَمَّدٍ الْمَالْدِيفِي



